މުޅި ދުނިޔެ ކަވަރުވާ ގޮތަށް މެޓަ ކުންފުނިން 50،000 ކިލޯމީޓަރު (31،000 މޭލު) ގެ ކަނޑުއަޑީގެ ކޭބަލެއް އަޅަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
މުޅި ދުނިޔެ ކަވަރުވާ ގޮތަށް މެޓަ ކުންފުނިން 50،000 ކިލޯމީޓަރު (31،000 މޭލު) ގެ ކަނޑުއަޑީގެ ކޭބަލެއް އަޅަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގެ ވެސް މައި ކުންފުނި ކަމަށްވާ މެޓަ އިން ބުނީ އެމެރިކާ، އިންޑިއާ، ދެކުނު އެފްރިކާ، ބްރެޒިލް އަދި އެހެން ސަރަހައްދުތައް ގުޅުވައިދޭ "ޕްރޮޖެކްޓް ވޯޓާވޯތު" ނިމޭއިރު އެއީ މުޅި ދުނިޔޭގައި ވެސް އެންމެ ދިގު ސަބްމެރިން ކޭބަލަށް ވާނެ ކަމަށެވެ.
މެޓަ އިން ވަނީ ސޯޝަލް މީޑިއާގެ ބޭރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އެކަމަށް އެހީތެރިވެދޭ އިންފްރާސްޓްރަކްޗާ ފަދަ ދާއިރާތަކުން މަސައްކަތް ފުޅާކުރަން ބޭނުންވާކަން ކުރިން ހާމަކޮށްފަ އެވެ.
އެ ކުންފުނިން ބުނީ އާ ކޭބަލް ޕްރޮޖެކްޓްގެ ސަބަބުން މައިގަނޑު ފަސް ކޮންޓިނެންޓަކަށް "އިންޑަސްޓްރީ ލީޑިން ކަނެކްޓިވިޓީ" ލިބި، އޭއައި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
"މި ޕްރޮޖެކްޓްގެ ސަބަބުން އިގްތިސާދީ ބައިވެރިވުން އިތުރުވެ، ޑިޖިޓަލް އިންކްލޫޝަން އަށް މަގުފަހިވެ، މި ސަރަހައްދުތަކުގައި ޓެކްނޮލޮޖީގެ ކުރިއެރުމަށް ފުރުސަތު ހުޅުވިގެންދާނެ،" މެޓަގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މި ކޭބަލް ވެގެންދާނީ މިހާތަނަށް 24 ފައިބަ ޕެއާ ސިސްޓަމެއް ބޭނުންކުރާ އެންމެ ދިގު ކޭބަލަށް ކަމަށާއި އޭގެ ސަބަބުން އިތުރު ކެޕޭސިޓީ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަނޑު އަޑީގެ ކޭބަލްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޑިޖިޓަލް ހިދުމަތްތަކުގެ ހަކަތައަށްވެ، ސްޕީޑްގައި ޑޭޓާ ޓްރާންސްފާ ކުރެވޭނެ ވަސީލަތްތަކަށް ވާތީ އޭގެ ބޭނުންވަނީ ވަރަށް ބޮޑުވެފަ އެވެ.
ދުނިޔޭގެ އިންޓަނެޓް ޓްރެފިކްގެ 95 ޕަސެންޓަށް ވުރެ މަތީ މިންވަރެއް ޓްރާންސްފާ ވަނީ ކަނޑުއަޑީގެ ކޭބަލްތަކުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ޓެލެކޮމިއުނިކޭޝަން މާކެޓް ރިސާޗް ފާމް ޓެލެޖިއޮގްރަފީން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް، އާންމުކޮށް އެނގޭ، 600 އަށް ވުރެ ގިނަ ކަނޑުއަޑީގެ ކޭބަލް ސިސްޓަމް ގާއިމުކޮށްފައިވެ އެވެ.
ހޮންގް ކޮންގް-ލޮސް އެންޖަލިސް ކޭބަލް ނާޅަން ނިންމައިފި
ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ
މާބޮޑަށް ސެންސަރުވާތީ ފޭސްބުކްގެ ފެކްޓް ޗެކް ހުއްޓާލަނީ
"ފްރޮމް ރިވަ ޓު ދަ ސީ" ފޭސްބުކްގައި ހުއްދަކޮށްފި
ޕޯސްޓްތައް ރިމޫވްކުރާތީ މެލޭޝިއާއިން މެޓައާ ސުވާލުކޮށްފި
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް ޑައުންވެއްޖެ
ފޭސްބުކް/އިންސްޓަގްރާމްގައި އޭއައި ފޮޓޯތައް ލޭބަލްކުރަނީ
އާ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލައިފި
ހަފުތާއެއް ނުވަނީސް ތުރެޑްސްއަށް 100 މިލިއަން މީހުން