Roadha Mihaaru

މަޑުއްވަރިއަށް އުފުލަންދޫ އަދި މީދު އަށް ތާވަތާ ދީފި

ރ. މަޑުއްވަރި އަށް އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އުފުލަންދޫ އަދި އެ އަތޮޅު މީދު އަށް ތާވަތާ ސަރުކާރުން ދޫކޮށްފި އެވެ.

މަޑުއްވަރިއަށް އުފުލަންދޫ އަދި މީދު އަށް ތާވަތާ ދީފި

ރ. މަޑުއްވަރި އަށް އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އުފުލަންދޫ އަދި އެ އަތޮޅު މީދު އަށް ތާވަތާ ސަރުކާރުން ދޫކޮށްފި އެވެ.

މަޑުއްވަރީގެ ބައެއްގެ ގޮތުގައި އުފުލަންދޫ އަދި މީދޫގެ ބައެއްގެ ގޮތުގައި ތާވަތާ ހަމަޖައްސާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ. އެގޮތަށް ހަމަޖައްސަވައި ނެރުއްވި ގަރާރު މިއަދު ވަނީ ގެޒެޓުކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މަޑުއްވަރި އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީދު އާއި މަޑުއްވަރީގެ އިހުތިސާސްގެ ތެރެއަށް އެ ދެ ފަޅު ރަށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މީދު އާއި މަޑުއްވަރީއަކީ ވެސް ޖާގައިގެ ދަތިކަން ބޮޑު ދެ ރަށެވެ. އެހެންވެ، އެ ދެ ފަޅު ރަށް، މީދު އާއި މަޑުއްވަރި އަށް ހަމަޖެއްސުމުން، އެ ތަނުގައި އިގްތިސާދީ މަސައްކަތްތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއާ އެކު ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވެސް ކުޑަ ހައްލެއް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.