އދ. މާމިގިލީގައި ހަދަން ނިންމާފައިވާ ފުލުހުންގެ އިމާރާތް އެޅުން ވަރަށް ބޮޑަށް ލަސްވެފައިވާތީ، އެ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަންގެ ހަރަދުގައި އެ ތަން ހެދުމުގެ ހުއްދަ ދެއްވުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި އެވެ.
އދ. މާމިގިލީގައި ހަދަން ނިންމާފައިވާ ފުލުހުންގެ އިމާރާތް އެޅުން ވަރަށް ބޮޑަށް ލަސްވެފައިވާތީ، އެ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަންގެ ހަރަދުގައި އެ ތަން ހެދުމުގެ ހުއްދަ ދެއްވުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އަރިހުގައި ގާސިމް އެދިވަޑައިގެންފި އެވެ.
ޕޮލިސް ކޮމިޝަނަރަށް ގާސިމް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މާމިގިލީގައި ފުލުހުންގެ އިމާރާތެއް އެޅުމަށް މިދިޔަ ފަސް އަހަރު ވެސް ދައުލަތުގެ ބަޖެޓުގައި ފައިސާގެ އަދަދުތަކެއް ޖަހާފައިވާއިރު، އެ ކަމުގައި "އުޅެމުންދާ ދަތި ހާލު" އޭނާ އަށް ވަޒަން ކުރެއްވޭ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު ޝުޖާއު: ވިލާ ފައުންޑޭޝަންގެ ހަރަދުގައި މާމިގިލީ ޕޮލިސް ސްޓޭޝަން އެޅުމަށް ގާއިމް ވަނީ ޕޮލިސް ކޮމިޝަނަރުގެ ހުއްދައަށް އެދިވަޑައިގެންފައި.
"އަދި ދަންނަވަމެވެ. ކޮމިޝަނާ އޮފް ޕޮލިސް ހުއްދަ ދެއްވައިފި ނަމަ މާމިގިލީގައި އެޅުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު ވިލާ ފައުންޑޭޝަންގެ ސްޕޮންސާޝިޕްގެ ދަށުން އިމާރާތް ހެދުމަށް އަޅުގަނޑު ނިންމާފައިވާ ވާހަކަ ދެންނެވީމެވެ. ވީމާ އިމާރާތް ކުރުމަށް ބޭނުންވާ ކުރެހުމާއި އިމާރާތް ހެދުމަށް ސްޕޮންސަޝިޕް ގަބޫލުކުރި ކަމުގެ ލިޔުން ލިބޭނެ ގޮތް ހަމަޖައްވައި ދެއްވުން އެދެމެވެ،" އަމިއްލަ އުފަން ރަށް މާމިގިއްޔަށް ބޮޑެތި އެހީތަކެއް ވަމުން ގެންދަވާ ގާސިމްގެ ސިޓީގައި ވެ އެވެ.
ގާސިމް ވިލާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާސިމް މަޑުކޮށްލައްވައިގެން
އޭނާ ވިދާޅުވީ، މާމިގިއްޔަކީ ކ،އއ،އދ އަދި ވ. އަތޮޅު ހިމެނޭ ސަރަހައްދުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ވެސް އެންމެ ބޮޑު ރަށް ކަމަށެވެ. އަދި މާމިގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ އިތުރުން އެ ރަށުގެ ވަށައިގެން ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހިންގާތީ ހިދުމަތްތައް ހޯދަން ގިނަ ބަޔަކު މާމިގިއްޔަށް ޒިޔާރަތްކުރާ ކަން ވެސް ގާސިމްގެ ސިޓީގައި ފާހަގަކުރެއްވި އެވެ.
"އަދި ވަޒީފާ އާއި އެކިއެކި މަސައްކަތްތެރިން ހިމެނޭހެން މާމިގިލީގައި ދިރިއުޅޭ އާބާދީއަކީ ބޮޑު އާބާދީއެއްކަން ފާހަގަކުރަމެވެ،" އޭނާ ވިދާޅުވި އެވެ.
އދ. މާމިގިލި.--- ފޮޓޯ: މިހާރު
ފުލުހުންގެ ތަފާސްހިސާބަށް އަލިއަލުވައިލައްވަމުން ގާސިމް ވިދާޅުވި ގޮތުގައި އދ. އަތޮޅުގައި ކުށްކުރުން އެންމެ ގިނައީ ވެސް މާމިގިލީގަ އެވެ. އެހެންވެ، ފުލުހުންގެ ހިދުމަތް ދިނުމަށް ރީޖަނަލް ފެންވަރުގެ ސްޓޭޝަނެއް ގާއިމް ކުރުމަށް އެކި ފަހަރު މަތިން ވާހަކަތައް ދެއްކެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމް ކޮށްދީފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތް ގާއިމްނުކޮށް އޮތް 39 ރަށުގައި މި އަހަރު އެ ހިދުމަތް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ނަތީޖާއެއްގެ ގޮތުން މި އަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމް ކުރެވިފައި ނުވާ އެއްވެސް ރަށެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.
ރިސޯޓުތައް ހުއްޓުވުމަކީ އާއިލާތަކަށް ދެވޭ އަނިޔާއެއް
ގާސިމް ދޫކޮށްލަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ
ގާސިމް ހައްޔަރުކުރުމުން މާމިގިލީގައި މުޒާހަރާ ކުރަނީ
ޕޮލިސް ފްލެޓަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހޯދަނީ
ތަކަންދޫގެ ޕޮލިސް ޕޯސްޓް ރައީސް ހުޅުއްވައިދެއްވައިފި
މިއަހަރު ގިނަ ފުލުހުން ރަށްރަށަށް ބަދަލުކުރަނީ
މާލޭގައި 3 ތަނަކުން ވެލި ބަސްތާ ލިބޭނެ ގޮތް ހަދައިފި
ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމްގެ ތަހުގީގަށް ޕޯޓަލްއެއް
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް
އަލިފާނުގެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރަން އެދިއްޖެ