Roadha Mihaaru
ރިސޯޓުތައް ހުއްޓުވުމަކީ އާއިލާތަކަށް ދެވޭ އަނިޔާއެއް

ރިސޯޓުތައް ހުއްޓުވުމަކީ އެތައް އާއިލާއަކަށް ދެވޭ އަނިޔާއެއް: މާމިގިލީ ކައުންސިލް

20 ޖެނުއަރީ 2018

ރިސޯޓުތަކުގައި ހުރި މުދާތަކާއި ތަކެތި ގެންގޮސް، ރިސޯޓުތައް ހުއްޓުވުމަކީ ދިވެހި އެތައް އާއިލާއަކަށް ދެވޭ އަނިޔާއެއް ކަމަށް އދ. މާމިގިލީ ކައުންސިލުން ރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރިސޯޓުތަކުގައި ހުރި މުދާތަކާއި ތަކެތި ގެންގޮސް، ރިސޯޓުތައް ހުއްޓުވުމަކީ ދިވެހި އެތައް އާއިލާއަކަށް ދެވޭ އަނިޔާއެއް ކަމަށް އދ. މާމިގިލީ ކައުންސިލުން ރޭ ބުނެފި އެވެ.

މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އެތެރެ ކޮށްފައި ހުރި އޫރުމަހާއި ހުރިހާ ބަނގުރާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ ހަތަރު ރިސޯޓަކުން ގެންދާނެ ކަން ކަސްޓަމުން މިހާރު ވަނީ އެ ރިސޯޓްތަކަށް އަންގައިފަ އެވެ. އެ ރިސޯޓުތަކަކީ ސަން އައިލޭންޑް ރިސޯޓާއި، ޕެރަޑައިސް އައިލޭންޑް ރިސޯޓާއި ހޮލިޑޭ އައިލޭންޑް ރިސޯޓް އަދި ފަން އައިލޭންޑް ރިސޯޓެވެ.

މާމިގިލީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް އަންނަ ގޮތަށް ހަމައެއް ލަމަައެއްނެތި ކޯޓު އަމުރާ ވެސް ހިލާފަށް ތަނުގެ މުދަލާއި ތަކެތި ގެންދިއުމަކީ އަަނިޔަވާރިކަމާއި ގަަދަބާރުން ކަންކުރުމުގެ ސަގާފަތުގެ ތެރެއިން ހިންގާ ޖަރީމާއެއް ކަމަށެވެ.

އދ. އަަތޮޅުގެ ރިސޯޓުތަކަކީ އދ.އަތޮޅުގެ ގިނަަ މީހުން، ހާއްސަކޮށް މާމިގިލީގެ ގިނަ ރައްޔިތުން ވަަޒީފާ އަދާކުރާ ތަންތަން ކަމަށްވެފައި، އެ ރިސޯޓްތައް ހުއްޓުމަކަށް އައުމަކީ މާމިގިލީގެ އެތަކެއް އާއިލާތަކަށް ދެވޭނެ އަނިޔާއެއް ކަަމަށާއި، އޭގެ ސަބަބުން އަގު ނުކުރެވޭވަރުގެ ގެއްލުމާއި ހިތްދަތިކަަންވެސް ކުރިމަތިލާންޖެހޭނެ ކަމަށް ވެސް މާމިގިލީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ވިލާގެ ރިސޯޓްތަކަށް އަރައި އެތަނުގައި ތިބި ފަތުރުވެރިންނާއި މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ކަސްޓަމާއި ފުލުހުންގެ އޮފިޝަލުން ރިސޯޓުތަކަށް އަރައި ބަލައި ފާސް ކުރުމަކީ މާމިގިލީގެ ރައްޔިތުންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް ހުއްޓާލުމަށް ވެސް މާމިގިލީ ކައުންސިލްގެ ބަޔާނުގައި ގޮވާލި އެވެ. އަދި ގާސިމަށް ލިބޭ ކޮންމެ ގެއްލުމަކީ މާމިގިލީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް ދައުލަތުން ދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ދިނުމުގެ ބަދަލުގައި އެފަދަ ވިޔަފާރިތައް ނެތިކޮށްލުމަށް ކުރެވޭ އަނިޔާވެރި އަމަލެއްގެ ދަށުން އަދި ސިޔާސީ ވަކި މަގްސަދެއް ހާސިލްކުރުމަށް ވިލާ ކުންފުނީގެ ރިސޯޓުތަކަށް ސީދާ އަމާޒުކޮށް ހިންގަމުންދާ ދަށު ދަރަޖައިގެ އަމަލުތައް ކައުންސިލުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

ގާސިމްގެ ހަތަރު ރިސޯޓަކަށް ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮތީ ބާތިލްކޮށްފައި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. ކަސްޓަމުން ބުނި ގޮތުގައި ހިދުމަތް ދިނުން ހުއްޓާލީ މީރާ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ އެވެ.

އެ ހަތަރު ރިސޯޓުގެ އިތުރުން ވިލާ އިން ހިންގަމުން އަންނަނީ ރޯޔަލް އައިލެންޑް ރިސޯޓެވެ. ކަސްޓަމްސް އިން ރިސޯޓުތަކަށް އަރާ ފާސް ކުރީ، ރޯޔަލް އަށް ގެންދާ ރަލާއި އޫރުމަސް އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ އެވެ. އެކަމަކު ވިލާގެ ވަކީލުން ތަކުރާރުކޮށް ބުނަމުން އަންނަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ރިސޯޓުތަކަށް އެތެރެކޮށްފައި ނުވާނެ ކަމަށެވެ.