ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
20 ފެބުރުއަރީ 2025
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިޔާގެ ހެކްސްޓަ ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.
އެ މަޝްރޫއުއާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ހުރެ އެކަން ހައްލުކުރުމަށް މެލޭޝިއާގެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުގެ މަސައްކަތަށް މިމަހުގެ 28 ގައި އެ ކުންފުނީގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް އޭޕްރީލުގައި ފަށާނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި 55 ކައުންސިލް އިދާރާގެ ތެރެއިން 39 ކައުންސިލް އިދާރާ އިމާރާތް ކުރާނީ ދެބުރިއަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ތަވާލާ އެއްގޮތަށް ހިނގައްޖެ ނަމަ، ދެ އަހަރާ ބައިގެ ތެރޭގައި ކައުންސިލް އިދާރާތައް އިމާރާތްކޮށް ނިމޭނެ ކަމަށެވެ.
އެ ކުންފުންޏާ ގުޅިގެން ކުރިމަތިވާ ސުވާލުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ކުންފުންޏާ ގުޅޭ އިތުރު ކުންފުންޏެއް ރާއްޖޭގައި ނެތް ނަމަވެސް މަޝްރޫއުއާ ގުޅޭ ދިރާސާތަކާއި ގިނަ މުއާމަލާތްތަކެއް ކުރަންޖެހޭ ކަމަށެެވެ. އެހެންވެ، ކުންފުނީގެ ފަރާތުން ދިވެއްސަކު މަންދޫބެއްގެ ގޮތުގައި ހަމަޖެއްސި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަލީ ޝަރީފެވެ.
"އެ ބޭފުޅުން އަމިއްލައަށް އިހްތިޔާރުކުރީ ދިވެއްސަކު ދިވެހިރާއްޖޭގައި ކުންފުންޏެއް އެބަ އޮންނަންޖެހެއޭ. އެގޮތުން އަޅުގަނޑުމެންނާ އެކު މަޝްވަރާ ކުރެވި ހެކްސްޓާ ގްލޯބަލުން އެންގީ މަންދޫބަކު ކަނޑައަޅުއްވާނެ ކަމަށް. އެ ބޭފުޅަކީ އެ ދުވަހު ސޮއި ކުރެއްވި ބޭފުޅަކީ [އެއްބަސްވުމުގައި]. އެބޭފުޅާއަކީ އެހެން ކުންފުންޏެއްގެ ބޭފުޅަކަށް ވިޔަސް ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އަޅުގަނޑުމެންނަށް ހެކްސްޓާ ގްލޯބަލްގެ ޕަވާ އޮފް އެޓާނީއާ ހުރިހާ އެއްޗެއް ލިބުނީމަ،"
ހއ. އުލިގަމު ރަށު ކައުންސިލު އިދާރާގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި.-- ފޮޓޯ: ރައީސް އޮފީސް
އެ މަޝްރޫއުއާ އެކު އިތުރު 50 ކައުންސިލް އިދާރާގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ. ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފީޒަބަލް ސްޓަޑީގެ މަސައްކަތް ފެށުމަށް މި އަހަރުގެ އޭޕްރީލްގައި ޗައިނާގެ ޓީމު ރައްޖެ އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން ވެސް މި އަހަރުގެ މެދު ތެރޭގައި ލަސްވެގެން މަސައްކަތް ފެށޭނެ ކަމަށް ވަނީ އަންގާފައި."
ކައުންސިލް އިމާރާތްތަކުގެ މަސައްކަތްތައް މި ދައުރުގައި ނިންމައި ފައިސާގެ ހުރިހާ އިންތިޒާމެއް ވެސް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ތެރޭގައި 48 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.
މިނިސްޓަރު ވިދާޅުވީ 39 ރަށުގައި ކުޑަކުދިންގެ ޕާކު އަޅަނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށާއި ދެ ރަށެއްގައި ޕާކު އަޅަނީ އެސްޓީއޯގެ ސީއެސްއާރު ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ. އަދި މިނިސްޓްރީގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ޕާކު އަޅަނީ ހަތް ރަށެއްގަ އެވެ.
އެކަމަކު އެ މަސައްކަތްތައް ފެށޭނެ ވަކި ތާރީހެއް ވިދާޅެއް ނުވެ އެވެ.
އީދަށް 36 ރަށެއް ދިއްލަން ލައިޓު ގެންނަނީ
ހަނިމާދޫ ކައުންސިލަށް ފައިސާ ގިނަވީތަ؟
ތޮއްޑޫ ކައުންސިލުން ޓީއެލްއޭސީއަށް ވެހިކަލް ހަދިޔާކޮށްފި
ރައީސް ގުޅިއަށް ވަޑައިގެންފި
ދިޔަމިގިލީ ކައުންސިލުން 6 ލައްކަ ރުފިޔާ ގެއްލިއްޖެ
ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާ ކުރައްވައިފި
ބަޔާން ނެރުނީ އިންކުއަރީ ލަސްވެ މުއާލާތް ކެނޑޭނެތީ
ކައުންސިލްތަކަށް އަންނަ އަހަރު 1.7 ބިލިއަން ދެނީ
ލާމަރުކަޒީ ރާއްޖޭގެ ތަސައްވަރު ހަގީގަތަކާ ގާތަށް
ތަރައްގީގެ މުހިއްމު އެއް ފިޔަވަޅަކީ ލާމަރުކަޒީ އިސްލާހު