Roadha Mihaaru

އެފްޓީއޭގެ ދަށުން އެންސިސްގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް

ރާއްޖެ އާއި ޗައިނާ އާ ދެމެދު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން އެންސިސް ފިޝަރީޒްގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް

ރާއްޖެ އާއި ޗައިނާ އާ ދެމެދު އަމަލުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން އެންސިސް ފިޝަރީޒްގެ މަހުގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެންސިސްގެ މަހުގެ އުފެއްދުންތައް ޗައިނާ އަށް އެކްސްޕޯޓު ކުރުމަށްޓަކައި، އެއްބަސްވުމެއްގައި ސޮއިކުރީ ބެއިޖިންގެ ޝިންގުއާންގް ޝޯ ކޮމާޝަލް މެނޭޖްމަންޓް ކުންފުންޏާ އެކު އެވެ.

އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޗައިނާގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަޒީލް ނަޖީބުގެ އިތުރުން ސްޓޭޓް ފިޝަރީޒް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މިއީ އެފްޓީއޭގެ ދަށުން ރާއްޖޭގެ މަހުގެ ބާވަތްތައް ޗައިނާ މާކެޓަށް ގެންދިޔުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި އަހަރުން ފެށިގެން އަމަލުކުރަން ފެށި އެފްޓީއޭގެ ދަށުން، ރާއްޖެ އިން ޗައިނާ އަށް އެކްސްޕޯޓްކުރާ މަހުގެ ހުރިހާ ބާވަތަކަށް ޑިއުޓީ މާފުވާނެ އެވެ. އޭގެ ތެރޭގައި ތާޒާ، ފިނިކޮށްފައި އަދި ގަނޑުކޮށްފައި ހުންނަ ކަޅުބިލަމަހާއި ފާނައިގެ ބާވަތްތަކާއި އަދި ކަންނެލީގެ ބާވަތްތަކާއި މަސްދަޅާއި ވަޅޯ މަހާއި ލޮނު މަހުގެ އިތުރުން ސީފުޑްގެ ބާވަތްތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން ވެސް، ސުން ޕަސެންޓު ޑިޔުޓީގައި 7،000 އަށް ވުރެ ގިނަ އައިޓަމް ޗައިނާ އަށް އެކްސްޕޯޓް ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެ އެވެ.