ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި މީގެ ދެ އަހަރު ކުރިން ކުޅުނު ލ. ގަމާއި ގދ. ވާދޫ ކަޓުވާލައި ހދ. ނައިވާދޫ އާއި ކ. ކާށިދޫ މިއަހަރުގެ މުބާރާތުގައި ތާރީހީ ފައިނަލަކަށް ތައްޔާރު ވެއްޖެ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި މީގެ ދެ އަހަރު ކުރިން ކުޅުނު ލ. ގަމާއި ގދ. ވާދޫ ކަޓުވާލައި ހދ. ނައިވާދޫ އާއި ކ. ކާށިދޫ މިއަހަރުގެ މުބާރާތުގައި ތާރީހީ ފައިނަލަކަށް ތައްޔާރު ވެއްޖެ އެވެ.
މިއީ ނައިވާދޫ އާއި ކާށިދޫ ވެސް މުބާރާތުގެ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނައިވާދޫ ވަނީ މިއަހަރުގެ ހއ. އަތޮޅާއި ޒޯން 1ގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ކ. އަތޮޅު ފައިނަލާއި ޒޯން 3ގެ ފައިނަލްގައި ވެސް ވާދަކޮށް ތަށި ނުހޯދުނު ނަމަވެސް ކާށިދޫ މިވަނީ ވަރުގަދަ ޓީމުތައް ސިއްސުވާލުމަށް ފަހު މުބާރާތުގެ ތަށި ހޯދުމުގެ ފުރުސަތު ވެސް ހޯދައިފަ އެވެ.
ހުޅުމާލޭ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ގަމާ ވާދަކޮށް ނައިވާދޫ މެޗު ކާމިޔާބު ކުރީ 3-1 އިންނެވެ.
ނައިވާދޫގެ ކެޕްޓަން ޔާމިން މުހައްމަދު. އޭނާ ވަނީ 2018 ވަނަ އަހަރު މާފަންނު ފުޓްސަލް ޓީމާ އެކު މި މުބާރާތުގެ ތަށި އުފުލާލައިފަ.-- ފޮޓޯ: އިމޭޖަސް އެމްވީ
ފުރަތަމަ ހާފުގައި މުހައްމަދު ޝާއިން ހިލޭޖެހުމަކުން ނައިވާދޫ އަށް ލީޑު ނަގައިދިން އިރު އަހުމަދު ހަލީމް (އަންމަޑޭ) ވަނީ ގަމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. މެޗުގެ 35 ވަނަ މިނިޓުގައި ނައިވާދޫގެ އަހުމަދު ހަލީމް އެޓީމަށް އަލުން ލީޑު ނަގައިދީފައި ވަނިކޮށް ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ތިންވަނަ ލަނޑު ޖަހައިދިނީ ޝާއިން އެވެ.
ވާދޫއާ ދެކޮޅަށް ކުޅެ ކާށިދޫ ސެމީގައި ވެސް ކާމިޔާބު ހޯދީ ފަހަތުން އަރައި، 4-2ގެ ނަތީޖާއަކުންނެވެ.
ނަޝާހު އަހުމަދު (ނައްޓު) ގެ ގޯލަކާ އެކު ތިންވަނަ މިނިޓުގައި ވާދޫ މެޗުގެ ލީޑު ނެގި އިރު އަހުމަދު އަޔާޒް (އަޔާ) ގައިގައި ޖެހިފައި ވަން ބޯޅައަކުން 13 ވަނަ މިނިޓުގައި ކާށިދޫ ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ.
ކާށިދޫ ގެ ފަހު ދެ ލަނޑު ޖެހި ރަޔާން.-- ފޮޓޯ: އިމޭޖަސް އެމްވީ
ފޯރި ގަދަ މި މެޗުގެ ފަހު ފަސް މިނިޓު ތެރޭ ގިނަ ގޯލުތަކެއް ޖަހައިފައިވެ އެވެ. އަޖުލާން އަބްދުލް ހަންނާން މެޗުގެ 34 ވަނަ މިނިޓުގައި ކާށިދޫއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައި ވަނިކޮށް މިނިޓެއްތެރޭ ނަޝާހު ވަނީ ވާދޫއަށް އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް 37 ވަނަ މިނިޓާއި 38 ވަނަ މިނިޓުގައި އިސްމާއިލް ރަޔާން ކާމިޔާބު ކުރި ގޯލުތަކުން ކާށިދޫ ވަނީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފަ އެވެ.
ވާދޫ މި މެޗުގައި ކުޅުނީ އެޓީމުގެ ޑިފެންސުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އިބްރާހިމް ޝައުފް މުހައްމަދު ނުހިމަނަ އެވެ. ތިން ކާޑު ހަމަވެގެން އޭނާ ހުރީ މި މެޗަށް ސަސްޕެންޑް ވެފަ އެވެ.
ނައިވާދޫ އަތޮޅު ފައިނަލް ތަށި ހޯދީ ހދ. ނޭކުރެންދޫ ބަލިކޮށްފަ އެވެ. އަދި ޒޯން ފައިނަލްގައި ވަނީ ހއ. ދިއްދޫ ބަލިކޮށްފަ އެވެ. ގަދަ 16ގައި މައްވަންގޮޅިއާ ވާދަކޮށް ބޮޑު ތަފާތަކުން ކުރި ހޯދި އިރު، ކުއާޓާގައި ވަނީ މަހިބަދޫ ކޮޅަށް ވެސް ގިނަ ގޯލުތަކެއް ޖަހައިފަ އެވެ.
ކ. އަތޮޅު ފައިނަލްގައި ކާށިދޫ ބަލިވީ މާފުއްޓާ ވާދަކޮށް އެންމެ ގޯލަކުންނެވެ. އަދި ޒޯން ފައިނަލްގައި ބ. އޭދަފުށި އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ނަމަވެސް ގަދަ 16ގައި އެޓީމުން ވަނީ ޕެނަލްޓީ ޖަހައިގެން މުބާރާތުގެ އެންމެ ކާމިޔާބު ތ. ތިމަރަފުށި ކަޓުވާލައިފަ އެވެ. އަދި ކުއާޓާގައި ވަނީ ވިލިމާލެއާ ވާދަކޮށް ފަހަތުން އަރައި މޮޅުވެފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ފައިނަލްގައި ނައިވާދޫ އާއި ކާށިދޫ ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 8:00 ގަ އެވެ.
ގޯލްޑަންގެ ޝަރަފްވެރި ޗެމްޕިއަންކަން ކާށިދޫ ހޯދައިފި
ހޫނުވި މެޗުން އޭދަފުށި ބަލިކޮށް ގަން ސެމީ އަށް
ކުއާޓާގައި އޭދަފުއްޓާއި ގަން ވާދަކުރަން ޖެހިއްޖެ
އިނގުރައިދޫ، ވާދޫ، މަހިބަދޫ، ނައިވާދޫއަށް ޒޯން ތަށި
އަޖުފާންގެ ހުށިޔާރުކަމާއެކު އޭދަފުއްޓަށް ޒޯން ތަށި
ވަށަފަރު ކަޓުވާލައި ދިއްދުއާއި ނައިވާދޫ ފައިނަލަށް
އައްޑޫގެ ދެ ޓީމު ކަޓައިފި، ފައިނަލަށް ދަޑިމަގާއި ވާދޫ
ދަޑިމަގާއި ވާދޫ އަދި ހިތަދޫ އާއި ފޭދޫ ޒޯން ސެމީއަށް
ޗެމްޕިއަން އޭދަފުށި ޒޯން ބުރު ވެސް ފެށީ ގަދަކޮށް
ތިމަރަފުށި އަތުން ގަމަށް މުހިއްމު މޮޅެއް