ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި 4-1 އިން ހދ. ނައިވާދޫ ބަލިކޮށް ކ. ކާށިދޫ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި 4-1 އިން ހދ. ނައިވާދޫ ބަލިކޮށް ކ. ކާށިދޫ ޗެމްޕިއަންކަން ހޯދައިފި އެވެ.
މެޗުގެ ހަތަރު ވަނަ މިނިޓުގައި އަޖުލާން އަބްދުލް ހަންނާން ކާށިދޫ އަށް ލީޑު ނަގައިދީފައި ވަނިކޮށް އަހުމަދު ހަމީދު ވަނީ ނައިވާދޫ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ނަމަވެސް އަބްދުﷲ ސުޒެއިރު ވަނީ އަލުން ކާށިދޫ އަށް ލީޑު ހޯދައިދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ލަނޑު ޖަހައިދިނީ އަޖުލާން އެވެ. ފަހު ލަނޑު މެޗުގެ އެންމެ ފަހު ވަގުތުކޮޅު ތެރޭގައި އިދިކޮޅު ގޯލް ކީޕަރު ކުރިއަށް ނުކުމެ ހުރުމުގެ ފައިދާ ނަގައި ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ސުޒެއިރެވެ.
މިއީ މި ދެ ޓީމު ވެސް މުބާރާތުގެ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ނައިވާދޫން އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދައިގެން ނޮކައުޓް ބުރުން ޖާގަ ހޯދި ނަމަވެސް، ކާށިދޫ ނޮކައުޓް ބުރަށް އައީ އަތޮޅާއި ޒޯންގެ ވެސް ރަނަރަޕް ޓީމުގެ ގޮތުގަ އެވެ.
މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމްގެ އެވޯޑް ހޯދީ ނައިވާދޫ އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވުނީ ޗެމްޕިއަން ކާށިދޫ އެވެ.
އެންމެ މޮޅު ކޯޗު ހައިސަމް، އުންމީދީ ކުޅުންތެރިޔާ ރަޔާން، ޓޮޕް ސްކޯރާ ޝާއިން އަދި ކިންގް ސަލީލް. -- ފޮޓޯ: އިމޭޖަސް އެމްވީ
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކާށިދޫގެ ކޯޗު އަލީ ހައިސަމް (ޗުމްޕު) އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޗުމްޕުގެ އިރުޝާދުގެ ދަށުން ކުޅުނު އެޓީމުގެ އިސްމާއިލް ރަޔާން އެވެ.
މިއާ އެކު ޗުމްޕު މި ވަނީ ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުގައި ވެސް މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އެންމެ ފުރަތަމަ 2015 ވަނަ އަހަރު ޗުމްޕު އަކީ މުބާރާތް ކާމިޔާބު ކުރި ބ. ހިތާދޫ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ކޯޗެއްގެ ގޮތުގައި އޭނާ ވަނީ ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ހއ. އުތީމަށް އަތޮޅާއި ޒޯން ޗެމްޕިއަންކަން ހޯދައިދީ، ކުއާޓާ ފައިނަލާ ހަމައަށް ގެންގޮސްދީފަ އެވެ.
މުުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ނާވައިދޫގެ މުހައްމަދު ޝާއިން އެވެ. އޭނާ ވަނީ މުބާރާތުގައި ޖުލްމަ 14 ގޯލު ޖަހައިދީފަ އެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޝާއިން އަށް އަނިޔާވުމުން މެޗުގެ ބޮޑު ބައިގައި ނައިވާދޫގެ ކޯޗު މުހައްމަދު އައްޒާމަށް އޭނާގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މީގެ އިތުރުން ނައިވާދޫގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ) ވެސް އަނިޔާގެ ސަބަބުން ފައިނަލްގައި ނުކުޅެ އެވެ.
މުބާރާތުގެ ގަދަ ހަ ކުޅުންތެރިން، (ކ-ވ)؛ އަޖުލާން، ސަލީލް، ޔާމިން، ސުޒެއިރު، އަހުމަދު، އަޔާޒް. -- ފޮޓޯ: އިމޭޖަސް އެމްވީ
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، ކާށިދޫގެ ގޯލްކީޕަރު މުހައްމަދު ސަލީލް އާއި އަބްދުﷲ ސުޒެއިރު އަދި އަޖުލާން އަބްދުލް ހަންނާންގެ އިތުރުން ނައިވާދޫގެ އަހުމަދު ހަމީދާއި ޔާމީން މުހައްމަދު އަދި ގދ. ވާދޫގެ އަޔާޒް އަހުމަދު (އަޔާ) އެވެ.
އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ކިންގް އޮފް ފުޓްސަލްގެ ތާޖު ހޯދީ ކާށިދޫގެ ގޯލްކީޕަރު ސަލީލް އެެވެ. މިއީ ގޯލްކީޕަރަކު މި މަގާމް ހޯދި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ މިރޭގެ ފައިނަލް މެޗުގައި ވެސް ނައިވާދޫން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.
ގޯލްޑަންގެ އެންމެ މޮޅު ފަސް ރެފްރީންނަށް ހޮވުނީ އަހުމަދު މުނީރު، އަލީ ނަދީމް، އަހުމަދު ހަސަން، އަބްދުﷲ އަފީފް އަދި އަލީ ފަހުމީ އެވެ.
ކާށިދޫ އަކީ މުބާރާތް ކާމިޔާބު ކުރި ހަތް ވަނަ ޓީމެވެ. ތިމަރަފުށިން ތިން ފަހަރު މުބާރާތް ކާމިޔާބު ކުރި އިރު ހިތާދޫ އާއި ބ. އޭދަފުށީގެ އިތުރުން ލ. ގަމާއި މާފަންނު އަދި ހެންވޭރުން ވެސް ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިދިޔަ މަހުގެ ފަސްވަނަ ދުވަހު ފެށި މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 128 ރަށަކުން ވާދަ ކުރި އެވެ.
ނައިވާދޫ އާއި ކާށިދޫ ތާރީހީ ފައިނަލަކަށް
ހޫނުވި މެޗުން އޭދަފުށި ބަލިކޮށް ގަން ސެމީ އަށް
ކުއާޓާގައި އޭދަފުއްޓާއި ގަން ވާދަކުރަން ޖެހިއްޖެ
އިނގުރައިދޫ، ވާދޫ، މަހިބަދޫ، ނައިވާދޫއަށް ޒޯން ތަށި
އަޖުފާންގެ ހުށިޔާރުކަމާއެކު އޭދަފުއްޓަށް ޒޯން ތަށި
ވަށަފަރު ކަޓުވާލައި ދިއްދުއާއި ނައިވާދޫ ފައިނަލަށް
އައްޑޫގެ ދެ ޓީމު ކަޓައިފި، ފައިނަލަށް ދަޑިމަގާއި ވާދޫ
ދަޑިމަގާއި ވާދޫ އަދި ހިތަދޫ އާއި ފޭދޫ ޒޯން ސެމީއަށް
ޗެމްޕިއަން އޭދަފުށި ޒޯން ބުރު ވެސް ފެށީ ގަދަކޮށް
ތިމަރަފުށި އަތުން ގަމަށް މުހިއްމު މޮޅެއް