Roadha Mihaaru

ރައީސްގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނަވާ މެންބަރު ބަދަލުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރައްވައި، އާ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސްގެ މެމްބަރެއްގެ ގޮތުގައި ޖޭއެސްސީއަށް ޔަޒްމީދު
ނާޒިމް ހަސަން
ނާޒިމް ހަސަން

23 ފެބުރުއަރީ 2025

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރައްވައި، އާ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސްގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީއަށް އަލަށް އައްޔަން ކުރައްވާފައިވަނީ ޔަޒްމީދު މުހައްމަދެވެ.

ރައީސް އޮފީހުން ވަނީ މި ބަދަލު ރައީސް މިއަދު ގެންނެވިކަން ހާމަކޮށްފަ އެވެ. ނަމަވެސް، އެ ބަދަލު ގެނައި ސަބަބެއް އެ އޮފީހުން ނުބުނެ އެވެ.

ޖޭއެސްސީއަށް ރައީސް ބަދަލު ގެންނަވާފައިމިވަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ސަރުކާރުން އިސްވެ ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

ޖޭއެސްސީގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވީ މާފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސެއިން ރިޒާ އެވެ. އޭނާއަކީ ޕީއެންސީއަށް ނިސްބަތްވާ މެންބަރެކެވެ. އޭގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ޖޭއެސްސީގައި އިންނަވަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން މިހާރު ޖޭއެސްސީގައި އިންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ކޮމިޝަންގައި ބަންޑާރަ ނައިބު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުން ޖަވާބުދާރީކުރުމުގެ ޒިންމާ އޮތް ކޮމިޝަން އެވެ.