ބަލި މީހުން ރޭޕްކުރުމާއި ޖިންސީ އަނިޔާ ދިނުމުގެ ތުހުމަތުގައި ފްރާންސްގެ ކުރީގެ ޑޮކްޓަރެއްގެ މައްޗަށް ހިންގާ ޝަރީއަތް އިއްޔެ ފަށައިފި އެވެ.
ބަލި މީހުން ރޭޕްކުރުމާއި ޖިންސީ އަނިޔާ ދިނުމުގެ ތުހުމަތުގައި ފްރާންސްގެ ކުރީގެ ޑޮކްޓަރެއްގެ މައްޗަށް ހިންގާ ޝަރީއަތް އިއްޔެ ފަށައިފި އެވެ.
ސާޖަންއެއް ކަމަށްވާ ޑޮކްޓަރު ޖޮއެލް ލެ ސްކޯއާނެކް، 74، ބަލި މީހުންނަށް އެކި ގޮތްގޮތުން ޖިންސީ އަނިޔާތައް ދީފައި ވާއިރު އޭނާގެ ޝިކާރައަކަށް އެންމެ ގިނައިން ވެފައިވަނީ ކުޑަކުދިންނެވެ. އަދި އަނިޔާ ލިބުނު މީހުންގެ އަދަދު 300 އާ ގާތްކުރެ އެވެ.
އޭނާގެ މައްޗަށް މި ޝަރީއަތް ފެށިއިރު ވެސް ހުރީ އޭނާއަށް ބޮޑުބޭބެ ކިޔާ ދެ އަންހެން ކުދިންނަށް ޖިންސީ އަނިޔާކުރި މައްސަލައެއްގައި 2020 ވަނަ އަހަރުން ފެށިގެން ޖަލުގަ އެވެ.
ލެ ސްކޯއާނެކްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި 1989 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު، ސާޖަރީތަކުގައި ހޭނެއްތުމަށް ފަހު ހޭ އެރުމުގެ ކުރިން އަދި ޗެކްއަޕްތައް ހެދިއިރު 299 މީހަކަށް ޖިންސީ އަނިޔާކޮށް ނުވަތަ ރޭޕްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އޭނާގެ ޝިކާއަރަކަށްވި މީހުންގެ އަދަދު 299 އަށް އަރާއިރު އޭހެ ތެރެއިން 256 އަކީ 15 އަހަރުން ދަށުގެ ކުދިން ކަމަށާއި އޭގެ ތެރެއިން އެންމެ ހަގު ކުއްޖާއަށް އެންމެ އަހަރެއް ކަމަށް ވެސް ދައުވާތަކުގައިވެ އެވެ. އަދި އޭނާ ބެހުނު އެންމެ ދުވަސްވީ މީހަކީ 70 އަހަރުގެ މީހެކެވެ.
ކުރީގެ ސާޖަން ވަނީ މީގެ ގިނަ އަމަލުތަކުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް އިއުތިރާފުވެފަ އެވެ.
މި ޝަރީއަތް ފަށާފައި މި ވަނީ ފްރާންސްގައި، ޑޮމިނިކް ޕެލިކޮޓް ކިޔާ މީހަކު އޭނާގެ އަނބިމީހާ އަށް ހޭވެރިކަން ނެތޭ ކަހަލަ ބޭސްތައް ދިނުމަށް ފަހު، އެކި ތަންތަނުން ފިރިހެނުން ގެނެސް އަނބިމީހާ ރޭޕްކުރި މައްސަލައިގައި ކުށް ސާބިތުވިތާ ދެ މަސް ފަހުންނެވެ. ޕެލިކޮޓް ވަނީ އޭނާގެ އަނބިމީއާ އަށް ޖިންސީ އަނިޔާ ދިނުމަށް ގެނައި މީހުންގެ މައުލޫމާތާއި ހިނގި ކަންކަން ނޯޓްކޮށް ރައްކާކޮށްފަ އެވެ. ހަމަ އެގޮތަށް މި ސާޖަން ވެސް ވަނީ އޭނާގެ ޝިކާރައަކަށް ހެދި އެންމެންގެ ނަމާއި އެޑްރެހާއި ކުރި ކަންކަމުގެ ވާހަކަ ވެސް ލިޔެފަ އެވެ.
ޑޮކްޓަރުގެ ނޯޓްތަކުގައި އޭނާއަކީ ޖިންސީ ކަންކަމުގައި ހައްދެއް ނެތް މީހެއް ކަމަށާއި ކުޑަކުދިންނާ ބެހޭ މީހެއް ކަމަށް އަމިއްލައަށް ލިޔެފައިވެ އެވެ. އަދި އެކަމާ އޭނާ އުފާކުރާ ކަމަށް ވެސް ލިޔެފައިވެ އެވެ.
އާންމުކޮށް ހުޅުވާލައިގެ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައި ވާއިރު ފުރަތަމަ ހަތް ދުވަސް ހާއްސަކޮށްފައިވަނީ ހެކިބަސް ނެގުމަށެވެ.
އާއިލާގެ ކުއްޖަކާ ބެހުނު މީހަކު 20 އަހަރަށް ޖަލަށް
ދަރިންނާ ބެހުނު ބައްޕަ 30 ދުވަހަށް ބަންދުކޮށްފި
އަމިއްލަ ދަރިންނާ ބެހުނު މީހަކު ހައްޔަރުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ މީހަކާ ބެހުނު މީހަކު ހައްޔަރު
ޖޫންގައި ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ގިނަ
ބަހުގެ ހަމަލާތަކާއި ނަފްސާނީ އަނިޔާ އިތުރުވެއްޖެ
އަނިޔާއަށް ފަހު ދަރިން އަތުލީ، އިންސާފެއް ނުލިބުނު!
އެއް ކަމެއް، ދެ ނިންމުމެއް: އޮޅުން ބޮޅުމަކަށް
އެއް ކަމެއްގައި ހައި ކޯޓުގެ ހުކުމް ދެ ގޮތަކަށް!
ކުއްޖަކާ ބެހުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި