Roadha Mihaaru
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި

ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެ އަށް ހެޔޮ އަގުގައި، ފުރަތަމަ ބުރުގައި 7 ބޭސް ލިބޭނެ!

22 ޖުލައި 2024

ޔޫރަޕް ކޮލިޓީގެ ބޭސް ސަރުކާރުގެ ފަރާތުން ފުރަތަމަ ފަހަރަށް ރާއްޖެ އެތެރެކޮށް މިއަދުން ފެށިގެން ވިއްކަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޔޫރަޕް ކޮލިޓީގެ ބޭސް ސަރުކާރުގެ ފަރާތުން ފުރަތަމަ ފަހަރަށް ރާއްޖެ އެތެރެކޮށް މިއަދުން ފެށިގެން ވިއްކަން ފަށައިފި އެވެ.

ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިއްމު ރިޔާސީ ވައުދެއް ކަމަށެވެ.

އެކަން ކަށަވަ ރުކުރަން، ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން، އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ގެންނަން ޔޫއެންޑީޕީ އާއި އެސްޓީއޯއާ ހަވާލުކޮށް، އޭގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާ ކަމަށް ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އެންސްޕާ އާއި އާސަންދަ އާއި އެމްއެފްޑީއޭ އަދި އެސްޓީއޯ ގުޅިގެން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ، އެ ބަދަލުތައް ތަންފީޒު ކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާގެ ތެރޭގައި ޑޮކްޓަރުން ބޭސް ލިޔާ ގޮތް ބަދަލުކުރާނެ އެވެ. އެ ބަދަލުތަކުގެ މައުލޫމާތު ހުރިހާ ޑޮކްޓަރުންނަށް ފޯރުކޮށްދީ، އެ ބަދަލަށް އަހުލުވެރިވާން އިތުރު ވަގުތު ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ފަހު، އަންނަ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އެ ހުރިހާ ބަދަލަކަށް އަމަލީ ސިފަ ގެނެވޭނެ ކަމަށް ބުންޏެވެ.

ތަންފީޒުކުރާ މި ސިޔާސަތާ އެކު، އާސަންދަ ނިޒާމު ހިމެނޭހެން ގުޅުން ހުރި ހުރިހާ ކަމަކަށް ބަދަލުތައް ގެންނަން ފަށާނެ އެވެ. ބޭހަށް އާސަންދައިން ކަނޑައަޅާފައިވާ އަސާސީ އަގަށް ބަދަލު ގެނައުން އަދި އެ އަގަށް ވުރެ ބޮޑުވާ ނަމަ އަމިއްލަ ޖީބުން ބާކީ ބައި ދެއްކުމަކީ ދެ ވަނަ މަރުހަލާގައި ކުރަން ފަށާނެ ކަމެކެވެ.

އޭގެ ދަށުން އެސްޓީއޯއިން ވަނީ ޔޫރަޕް ކޮލިޓީގެ ހަތް ބާވަތެއްގެ އަސާސީ ބޭހަކާ އެކު، ފުރަތަމަ ޝިޕްމަންޓް މިއަދު ރާއްޖެ ގެނެސްފަ އެވެ. އިތުރު ތިން ބޭހެއް ވަރަށް އަވަހަށް ރާއްޖެ ގެނެސް، އިތުރު ބޭސްތައް ޕްރޮކިއު ކުރަން ފަށާނެ އެވެ. އެ އަށް ފަހު، ރާއްޖެއަށް ބޭނުންވާ އަސާސީ ހުރިހާ ބޭހެއް މި ނިޒާމުގެ ތެރެއިން ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ބުންޏެވެ.

ޔޫރަޕް ކޮލިޓީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަނީ، މިހާރު އަމިއްލަ ފަރާތްތަކުން އެ ބާވަތްތަކުގެ ބޭސް ވިއްކާ އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށެވެ. އެކަމަކު، އެސްޓީއޯ އިން ވިއްކާނީ ޔޫރަޕް ކޮލިޓީގެ "ލެވެލް 1" ގެ ބޭސްކަން ސަރުކާރުން ފާހަގަކުރި އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮލިޓީ ބޭސް ގެނައުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރާއިރު ޔޫރަޕްގެ ގައުމެއްގައި އުފައްދާ ބޭހަކަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ދީފައިވާނަމަ، ރާއްޖެއަށް ވެސް އެ ގެނެވޭނެ ގޮތެއް ހަމަޖައްސާނެ ކަމަށެވެ.

މީގެ ނަތީޖާއެއްގެ ގޮތުން އެންމެ ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ފޯރުކޮށްދެވުމާއެކު، އާސަންދައިގެ ތެރެއިން ބޭހަށް ކުރެވޭ ބޮޑު ހަރަދު ވަރަށް ބޮޑު ތަނުން ސަލާމަތްކުރެވި، ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ފުރުސަތު ތަނަވަސްވާނެ އެވެ،"--- ސަރުކާރު

ސަރުކާރުން ބުނީ ކޮލިޓީ ބޭސްތަކަށް މިހާރެކޭ އެއްގޮތަށް އާސަންދައިގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެ ކަމަށެވެ. ނަމަވެސް، އެއީ އާސަންދަ ނިޒާމުގައި ހުރި ބޮޑެތި ލީކޭޖުތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލްކުރަން މަގުފަހިވާނެ ކަމެއް ކަމަށް ބުންޏެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން އެންމެ ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ފޯރުކޮށްދެވުމާއެކު، އާސަންދައިގެ ތެރެއިން ބޭހަށް ކުރެވޭ ބޮޑު ހަރަދު ވަރަށް ބޮޑު ތަނުން ސަލާމަތްކުރެވި، ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ފުރުސަތު ތަނަވަސްވާނެ އެވެ،" ބަޔާނުގައިވެ އެވެ.

މި ނިޒާމުގެ ތެރެއިން ބޭސް ގެންނާނީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރަން އެ ގައުމުތަކުގެ އިދާރާތަކުން ހުއްދަދީފައިވާ ބޭސްތަކެވެ. އަދި ބޭސް ގެންނާނީ ސީދާ ބޭސް އުފައްދާ ކުންފުނި އަތުން ބޭސް ގަނެގެން ކަމަށް ވާތީ، ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލި މީހާގެ އަތަށް ބޭސް ލިބުމާ ހަމައަށް ރައްކާތެރިކަން ކަށަވަރުކުރެވޭނެކަން ސަރުކާރުން ފާހަގަކުރެ އެވެ.

ބޭހަކީ އަމިއްލަ ކުންފުނިތަކުން ބޮޑު ފައިދާއެއް ނަގާ ވިޔަފާރިއެއްކަން ފާހަގަކުރެ އެވެ. ރާއްޖޭގައި ބޭހުގެ އަގު ދުނިޔޭގެ އެހެން ހިސާބުތަކަށް ވުރެ 15 ގުނަ އަދި މި ސަރަހައްދުގެ ގައުމުތަކަށް ވުރެ 70 ގުނަ ބޮޑެވެ.

ރާއްޖެ އަށް ބޭސް އެތެރެކުރަނީ އެމްއެފްޑީއޭ އިން ނެރެފައިވާ، އެޕްރޫވްޑް ޑްރަގް ލިސްޓުގައިވާ ބޭސްތައް، ހަމަ އެ ޕެކިންގަ އެވެ. އެ ލިސްޓުގައިވާ ގޮތުން ރާއްޖެއަށް 1،600 އަށް ވުރެ ގިނަ ބޭސް އެތެރެކުރުމަށް ހުއްދަދީފައި ވެ އެވެ.

އެމްއެފްޑީއޭގެ ގަވައިދު އޮންނަ ގޮތުން، ބޭހެއް އެތެރެކުރާ ނަމަ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންޖެހެ އެވެ. އެކަމަކު، ރާއްޖޭގެ އާބާދީ ކުޑަވުމުން، އެ މެނުފެކްޗަރާތަކުގެ ޝައުގުވެރިކަން ނުހުންނާތީ އެ ލިޔުންތަކެއް ނުލިބެ އެވެ.