ގަލޮޅު ދަނޑުގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި މާޒިޔާ އާއި އޮޑި ސްޕޯޓްސް އަދި ޓީސީ އާއި ކްލަބް އީގަލްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.
ގަލޮޅު ދަނޑުގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި މާޒިޔާ އާއި އޮޑި ސްޕޯޓްސް އަދި ޓީސީ އާއި ކްލަބް އީގަލްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.
މި މަހުގެ 13 ވަނަ ދުވަހު ޖުމްލަ ނުވަ ޓީމާ އެކު ފެށި މި މުބާރާތް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އޭ ގައި ހަތަރު ޓީމު ވާދަ ކޮށްފައި ވާއިރު ގުރޫޕް ބީގައި ފަސް ޓީމު ވާދަ ކުރި އެވެ.
ގުރޫޕް ސްޓޭޖުގެ މެޗުތައް އިއްްޔެ ނިމުނީ ގުރޫޕް އޭގެ ދެ މެޗުންނެވެ. ހަވީރު އީގަލްސް އިން 5-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލި ކުރި އިރު، ރޭ މާޒިޔާ ވަނީ 2-1 އިން ވެލެންސިއާ ބަލިކޮށްފަ އެވެ.
މިއާ އެކު ގުރޫޕް އޭގެ އެއް ވަނަ ޔަގީން ކުރީ ހަތަރު މެޗު ވެސް ކާމިޔާބު ކުރި މާޒިޔާ އެވެ. މާޒިޔާ ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ. ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިޔައީ ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށްގެން ނުވަ ޕޮއިންޓް ހަމަކުރި އީގަލްސް އެވެ. ވެލެންސިއާ އަށް ހަ ޕޮއިންޓް ލިބުނު އިރު ބުރު ސްޕޯޓްސް ކްލަބް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. ގްރީން ސްޓްރީޓްސް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
ގުރޫޕް ބީގެ ކުޅުން ހޮނިހިރު ދުވަހު ވަނީ ނިމިފަ އެވެ. އެ ދުވަހުގެ ހަވީރު އޮޑި ސްޕޯޓްސް ކްލަބް ވަނީ މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް 4-0 އިން މޮޅުވެފަ އެވެ. އަދި ރޭގަނޑު ކުޅުނު މެޗުގައި ޓީސީ ވަނީ 6-1 އިން ވިކްޓަރީ ބަލިކޮށްފަ އެވެ.
ޓީސީ އާއި އޮޑި އަށް ވެސް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައި ވާއިރު، ޓީސީ އަށް ގުރޫޕްގެ އެއް ވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ. ތިން ޕޮއިންޓާ އެކު ސަސް މުބާރާތް ނިންމާލި އިރު ވިކްޓަރީ އަށް މެޗެއް ކާމިޔާބެއް ނުކުރެވެ އެވެ.
ސެމީ ފައިނަލްގެ ދެ މެޗު ވެސް މާދަމާ ކުޅޭނެ އެވެ. ހަވީރު މާޒިޔާ އާއި އޮޑި ބައްދަލުކުރާ މެޗަށް ފަހު، ރޭގަނޑު ކުޅޭނީ ޓީސީ އާއި އީގަލްސް އެވެ. ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެރެ އެވެ.
19 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ އަށް
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ
ޔޫތު ޗެމްޕިއަންޝިޕް: ސަސް، ޓީސީގެ ފައިނަލް މާދަމާ ރޭ
މާޒިޔާ ފަހަތުން އަރައި އީގަލްސް ސިއްސުވާލައިފި
މުބާރާތް ފެށި ފަހުން ރޭގަނޑު ކުޅެން ހުއްދަ ދީފި
ޔޫތު މުބާރާތް ހެނދުނާއި ހަވީރަށް، ފެށުން އާދިއްތައަށް
މެޗަކުން ބަލިނުވެ އީގަލްސް ތަށި ހޯދައިފި
އީގަލްސް އާއި ސަސް އަށް ނިލަންދޫން ހޫނު މަރުހަބާއެއް
އީގަލްސް އާއި ސަސް ވެސް ސެމީ ފައިނަލަށް
14 އަހަރަށްފަހު މާޒިޔާއަށް ޔޫތު ޗެމްޕިއަންޝިޕުގެ ތަށި