Roadha Mihaaru

ކޮތަރުތައް އިންފްލުއެންޒާއަށް ނެގެޓިވް، ވިހަ ދީފައިތޯ ޓެސްޓުކުރަނީ

މަރުވެފައިވާ އަދި ބަލިވެފައިވާ ކޮތަރުތައް މާލޭގެ އެކި ހިސާބުތަކުން ފެންނާތި ހެދި އިންފްލުއެންޒާ ޓެސްޓަށް ކޮތަރުތައް ނެގެޓިވް ކަމަށާއި އެހެންވެ މިއީ ވިހައެއް ދީގެން ދިމާވާ ކަމެއްތޯ ބަލާނެ ކަމަށް ޖަނަވާރުތަކާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

ކޮތަރުތަކަށް ވިހަ ދީފައި ހުރިތޯ ޓެސްޓުކުރަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

25 ފެބުރުއަރީ 2025

މަރުވެފައިވާ އަދި ބަލިވެފައިވާ ކޮތަރުތައް މާލޭގެ އެކި ހިސާބުތަކުން ފެންނާތި ހެދި އިންފްލުއެންޒާ ޓެސްޓަށް ކޮތަރުތައް ނެގެޓިވް ކަމަށާއި އެހެންވެ މިއީ ވިހައެއް ދީގެން ދިމާވާ ކަމެއްތޯ ބަލާނެ ކަމަށް ޖަނަވާރުތަކާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އިންފްލުއެންޒާ ޓެސްޓު ހަދާފައިވާ ކަމަށެވެ.

"އިންފްލުއެންޒާ ނޫން ކަމަށް ދެއްކީ. ނެގެޓިވް ހުރިހާ ޓެސްޓެއް. އެހެންވެ މިހާރު ޓެސްޓު ހަދަނީ މީހަކު ވިހައެއް ކަހަލަ އެއްޗެއް ކާ އެއްޗިއްސަށް އަޅާފައި ދީފައި ހުރިތޯ ބެލުމަށް،" އޭނާ ވިދާޅުވި އެވެ.

ބަލިކޮށް ތިބި އަދި މަރުވެފައިވާ ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި އެއްޗެހިތަކެއް ނަގައިފައި ހުރެ އެވެ. ކޮތަރަށް ޖެހޭ އިންފްލުއެންޒާ އަދި ފްލޫ ފަދަ ބަލިތަކުގައި އާންމުކޮށް އެހެން ހުރެ އެވެ.

މިނިސްޓްރީން ބުނީ ކޮތަރުތަކުގެ ތެރޭގައި މި މައްސަލަ އާންމުވެފައި ވަނީ ކިހާ ވަރަކަށް ކަމެއް އަދި ނޭނގޭ ކަމަށެވެ.