Roadha Mihaaru
ފޮޓޯ ސްޓޯރީ: ކޮތަރުތަކުގެ އެންމެ ގާތް އެކުވެރިޔާ

ފޮޓޯ ސްޓޯރީ: ކޮތަރުތަކުގެ އެންމެ ގާތް އެކުވެރިޔާ

12 ފެބުރުއަރީ 2022

މިއީ ރާއްޖޭގައި ދިރިއުޅޭ ބަންގްލާދޭޝްގެ މީހެއް ކަމަށްވާ އަބޫބަކުރު ސިއްދީގް. ކަންނެލި ދޯންޏެއްގައި މަހަށް ގޮސްގެން އާމްދަނީ ހޯދާ ސިއްދީގު މާލޭގައި ހުންނަ ކޮންމެ ދުވަހަކު ވެސް ޖުމްހޫރީ މައިދާނަށް ގޮސް އެތަނުގައި އުޅޭ ކޮތަރުތަކަށް ކާން ދޭ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފަޔާޒް މޫސާ ފަޔާޒް މޫސާ

މިއީ ރާއްޖޭގައި ދިރިއުޅޭ ބަންގްލާދޭޝްގެ މީހެއް ކަމަށްވާ އަބޫބަކުރު ސިއްދީގް. ކަންނެލި ދޯންޏެއްގައި މަހަށް ގޮސްގެން އާމްދަނީ ހޯދާ ސިއްދީގު މާލޭގައި ހުންނަ ކޮންމެ ދުވަހަކު ވެސް ޖުމްހޫރީ މައިދާނަށް ގޮސް އެތަނުގައި އުޅޭ ކޮތަރުތަކަށް ކާން ދޭ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އުމުރުން 53 އަހަރުގެ ސިއްދީގް ކޮންމެ ދުވަހަކު ވެސް ކޮތަރުތަކަށް ކާން ދޭން 2-3 ކިލޯ ހަނޑޫ ގަނޭ. މިއީ އޭނާ ވަރަށް ލޯބިން، ގަޔާވެގެން ކުރާ ކަމެއް. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮތަރަށް ކާން ދިނުމަކީ ސިއްދީގުގެ އާދައަކަށް ހަަދައި އެކަން ގަވައިދުން ކުރަމުން އަންނަތާ މިހާރު ހަތަރު އަހަރު ވެދާނެ ކަމަށް އޭނާ ބުނޭ. އެހެންވެ ސިއްދީގު ފެނުމާ އެކު ކޮތަރުތައް ގޮސް އޭނާ ވަށާލާ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސިއްދީގަކީ ކޮތަރުތަކުގެ ގާތް އެކުވެރިއަކަށްވެ ކޮތަރުތައް ސިއްދީގުގެ އަތުން ކައި އުޅެނީ ޖެހިލުމެއް ނެތި. ކޮތަރުތައް ސިއްދީގާ ވަރަށް އޮޅު. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮތަރުތަކަށް ކާންދޭން ޖުމްހޫރީ މައިދާނަށް ގޮސް އުޅޭ މީހުން ކޮތަރުތަކަށް އަތުން ކާން ދިނުމަކީ އެހާ އާންމު ކަމެއް ނޫނަސް ސިއްދީގު އަތުން ކޮތަރުތައް ކެއުމަކީ އާންމުކަމެއް. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސިއްދީގު ބުނި ގޮތުގައި އޭނާއާ ވަރަށް އޮޅުކޮށް އުޅޭ ހައެއްކަ ކޮތަރު ފާހަގަވޭ. އެ ކޮތަރުތައް ސިއްދީގު ފެނުމުން ގޮސް އޭނާގެ އަތާއި ބޮލުގައި ވެސް އިށީނދެގެން ތިބެ ސިއްދީގުގެ އަތުން ކައިގެން ދޭ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސިއްދީގު، ކޮތަރުތަކާ އެކު ހޭދަކުރާ ވަގުތަކީ އޭނާ އަށް އުފާވެރި ވަގުތުކޮޅެއް. ސިއްދީގުގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ކޮތަރުތައް އުޅޭ ގޮތުން އެ ގުޅުމުގެ ހާއްސަކަން ފެނޭ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޖުމްހޫރީ މައިދާނަށް ސިއްދީގު ދިއުމުން ހުރިހާ ކޮތަރުތައް އޭނާ ކައިރިއަށް ޖަމާވޭ. ސިއްދީގު ކޮތަރުތަކަށް ބަހައްޓާ ގާތްކަން ކޮތަރުތައް އުޅޭ ގޮތުން ވެސް ފާހަގަވޭ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސިއްދީގު ބުނީ އޭނާ ކޮތަރުތަކަށް ކާން ދެނީ އަމިއްލަ އުފަލަކަށް ކަމަށް. ކޮތަރަށް ކާން ދޭން ދާ މީހުން ވެސް ކޮތަރުތަކަށް ގޯނާ ނުކޮށް، އެސޮރުމެންގެ މިނިވަންކަމުގައި އުފަލުގައި އުޅެން ފުރުސަތު ދޭން އޭނާ އެދުނު. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮތަރަށް ކާންދޭން ގޮސް، ކާއެއްޗެހި ހުސްވުމުން އެތަނުން ދާން އުޅުނަސް ކޮތަރުތައް ހައިވެފައި ތިބޭ ނަމަ ސިއްދީގުގެ ފަހަތުން ކޮތަރުތައް އަންނަ ކަމަށް އޭނާ ބުނި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކޮތަރުތަކަށް ސިއްދީގަކީ ހާއްސަ މީހަކަށްވެ، އޭނާގެ އިންތިޒާރުގައި ތިބޭ. އޭނާ އެދެނީ ކޮތަރުތައް އުފަލުގައި މިނިވަންކަމާ އެކު އުޅެން ދޫކޮށްލައި އެސޮރުމެންނަށް ގޯނާ ނުކުރަން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު