މާލެ ސަރަހައްދުން ކޮތަރުތަކަށް ޖެހުނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލެ ސަރަހައްދުން ކޮތަރުތަކަށް ޖެހުނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މަރުވެ އަދި ބަލި ޖެހިފައިވާ ކޮތަރުތައް ފެންނަން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެއާއެކު، އެކަމުގެ ތަހުލީލުތައް ފެށި އެވެ.
މިނިސްޓްރީން ބުނީ ކޮތަރުތަކަށް ޖެހިފައިވަނީ އިންފެކްޝަން ކޮރައިޒް ކަމަށް، ތަހުލީލުތަކުން ދެނެގަނެވިފައިވާ ކަމަށެވެ. އެ ބައްޔަކީ އާއްމުކޮށް ދޫނީގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ.
ދޫންޏަށް ޖެހޭ އެ ބައްޔަކީ އިންސާނުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިކުރުވާނެ ބައްޔެއް ނޫން ވެސް ކަމަށް މިނިސްޓްރީން ބުންޏެވެ. އެކަމަކު، ރައްކާތެރި ގޮތަކީ މަރުވެފައިވާ ނުވަތަ ބަލިޖެހިފައިވާ ކޮތަރުތަކާ ކުޑަކުދިން ގާތް ނުކުރުން ކަމަށާއި އަދި ބޮޑެތި މީހުން ވެސް އެ ތަކެތީގައި އަތްލާއިރު ރައްކާތެރިކަމުގެ ވަސީލަތެއް ބޭނުންކުރަން އެ މިނިސްޓްރީން އެދެ އެވެ.
އެ ތަހުލީލު ބިނާކޮށްފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި ބަލީގެ އަލާމާތްތަކާއި ނެކްރޯޕްސީ ހޯދުންތައް އަދި ލެބޯޓްރީ ޓެސްޓުތަކުގެ މައްޗަށެވެ. އެއީ އެލިބެކްޓީރިއަމް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް ބަޔާނުގައިވެ އެވެ.
ޓެސްޓުތައް ހެދިއިރު އިތުރު ބެކްޓީރިއަލް އިންފެކްޝަންތައް ޖެހިފައިވާކަން ފާހަގަ ކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ކޮކްސިޑިއޯސިސް އަދި ކެންޑިޑިއޭސިސް ހިމެނެ އެވެ.
އިންފެކްޝަސް ކޮރައިޒްގެ އިތުރުން ސެކަންޑްރީ ބެކްޓީރިއަލް އިންފެކްޝަންތަކުގެ ސަބަބުން ބަލި ބޮޑުވެ، ދޫނި މަރުވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ބަލި ޖެހުމުން ދޫނީގެ ނޭފަތުން ފެން އައިސް، ކެއްސައި ނޭވާލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއުންބުއިމަށް އުނދަގޫވެ އެވެ.
"މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާނެ ބައްޔެކެވެ،" ބަޔާނުގައިވެ އެވެ.
ކޮތަރުތަކަށް ވިހަ ދީފައި ހުރިތޯ ޓެސްޓުކުރަނީ
މަރުވެފައިވާ ކޮތަރު މާލޭން ފެންނާތީ ތަހުލީލު ފަށައިފި
ފޮޓޯ ސްޓޯރީ: ކޮތަރުތަކުގެ އެންމެ ގާތް އެކުވެރިޔާ
ކޮތަރު ނަޖިހާހެދި ގަސް ކޮށާލި ގޮތުން ބޮޑު ސަމާލުކަމެއް
އެމެރިކާގެ އެކި ހިސާބުން "ތޮފި އެޅި" ކޮތަރު ފެންނަނީ
ކޮތަރުތަކަށް އިންސާނުންގެ އިސްތަށީގެ ތުރާ
އޮޅުހިޔާ އަށް ބުޅާތައް ގެންދަން ފަށައިފި
ތިންމަސްފަހުން ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
އެގްރިކަލްޗާގެ ދާއިރާތަކުން ކިޔަވަން ސްކޮލާޝިޕްތަކެއް
ފްލެމިންގޯ އުޅޭއިރު ކުޅީގައި ކެނޯ ދުއްވުން މަނާކޮށްފި