ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ ރެފްރީންނަށް ރިޝްވަތުގެ ތުހުމަތު ކުރުމުން އެ ކްލަބަށް ޑިސިޕްލިނަރީ ފިޔަވަޅު އަޅަން އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ ރެފްރީންނަށް ރިޝްވަތުގެ ތުހުމަތު ކުރުމުން އެ ކްލަބަށް ޑިސިޕްލިނަރީ ފިޔަވަޅު އަޅަން އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ އެސްޕަންޔޯލާ ވާދަކޮށް 1-0 އިން ރެއާލް ބަލިވި މެޗުގެ ރެފްރީންނަށް ކޮރަޕްޝަނާއި ނުފޫޒު ބޭނުން ކޮށްގެން ގިނަ ނިންމުންތަކެއް ނިންމާފައި ވާކަމަށް ތުހުމަތުކޮށް ރެއާލުން ވަނީ ފެޑެރޭޝަނަށް ސިޓީއެއް ފޮނުވައިފަ އެވެ.
މި ސިޓީއާ ގުޅިގެން ލީގުގެ ރެފްރީންގެ ސިސްޓަމުގެ އިންޓެގްރިޓީ ގެއްލޭތީ ރެއާލާ ދެކޮޅަށް ފިޔަވަޅު އަޅައިދޭން ފެޑެރޭޝަނުގައި އެދިފައި ވަނީ ލަ ލީގާގެ ފަރާތުން ރައީސް ހަވިއޭ ޓެބާސް އެވެ.
ނަމަވެސް މި މައްސަލަ ރިވިއު ކޮށް ރެއާލާ މެދު ފިޔަވަޅެއް އަޅަން ނިންމަން އަދި 8 ހަފްތާ ވަރު ނަގާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
ރެފްރީންގެ މައްސަލަ ޖެއްސުމުން ޓެބާސް ވަނީ ރެއާލަށާއި ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔައި އެއީ އަބަދު ކަންކަމާ ރޯ ކްލަބެއް ކަމަށް ބުނެފަ އެވެ. ހަމަ އެއާއެކު ޓެބާސް ވަނީ އޮފިޝަލުންނަށް ކޮރަޕްޝަންގެ ތުހުމަތުކޮށް މައްސަލަ ޖައްސާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ޓެބާސްގެ މި ކޮމެންޓާ ގުޅިގެން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ. އޭނާ ބުނީ ޓެބާސްގެ އަމަލުތަކާ ގުޅިގެން އެ ކްލަބްގެ ސަޕޯޓަރުން ތިބީ ނިކަމެތި ކޮށްލައިފައި ކަމަށެވެ.
"ރެއާލާ ގުޅޭގޮތުން ޓެބާސް މާ ގިނައިން ވާހަކަ ދައްކާ. އަހަރެން މި ކުލަބާ ހަވާލު ވީއްސުރެން އޭނާ އެހެން ވާހަކަ ދައްކާ، އެއީ މި ކްލަބުގެ ސަޕޯޓަރުންނަށް އޮތް އިހުރިރާމު ކުޑަވާ ކަމެއް،" އަންޗެލޮޓީ ބުންޏެވެ.
އެންޓޮނީގެ ރަތްކާޑު ކެންސަލް، ރެއާލާ ދެކޮޅަށް ކުޅެވޭނެ
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ރެފްރީއަށް ނުބައިކޮށް މާނަކުރެވި ބެލިންހަމަށް ރަތް ކާޑު
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
ރެފްރީންގެ މައްސަލަ އޮޅުންނުފިލާތީ އަންޗެލޮޓީ ކަންބޮޑުވޭ
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ
އެމްބާޕޭ ރައްދު ދިނީ "ވަރަށް ނުރައްކާ"ކޮށް
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ