ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގުނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލައްވައިފި އެވެ.
11 މާޗް 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގުނުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލައްވައިފި އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ، ހުށަހެޅުއްވި އެ ބިލް ފާސްކުރީ ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ބިލު ފާސްކުރިތާ 13 ދުވަސް ފަހުން، ރައީސް އޮފީހުން މިއަދު ބުނީ އެ ބިލާމެދު މަޖިލީހުން އަލުން ވިސްނުމަށް އެދިވަޑައިގެން ބިލު އަނބުރާ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
މަޖިލީހަށް ހުށަހެޅިތާ ދެ ދުވަސް ތެރޭގައި ފާސްކުރި އެ ބިލަށް ވޯޓަށް އެހީ ކޮންމެ މެންބަރެއްގެ އަރިހުގައި ވަކިން އަހައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.
އަނބުރާ ފޮނުވި ބިލުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު 12 ދުވަސް ތެރޭ މަގާމުން ވަކި ކުރަން ޖެހޭނެ އެވެ.
ދެ ދުވަސްތެރޭގައި އެ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖޭއެސްސީގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައި ވަނިކޮށެވެ.
އެ އިސްލާހު ގެނައީ މަޖިލީހަށް އިންތިހާބުކުރާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އެ މައްސަލައާ ގުޅިގެން، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރަކަށް އެދުމުން އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގައި އަޑުއެހުމެއް އެ ދުވަހު ތާވަލް ކޮށްފައި ވަނިކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.
އޭގެ ފަހުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ޖޭއެސްސީން މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
އިންތިހާބު ފަސްކުރާ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ރައީސަށް ދޭ ލަފާގައި އިސްކުރާނީ ގައުމީ މަސްލަހަތު:އޭޖީ
ތިނެސްކަން ގާނޫނީ ކޯޅުމެއްގައި ރައްޔިތުން ބެދިފައި
މެންބަރުންގެ އަދަދު މައްސަލައިގެ ހުކުމް އިއްވުން މާދަމާ
ކޯޓާއި މަޖިލިސް ވަކިވާ ހަނި ރޮނގުގެ ފުޅާ ބަހުސް!
ރައީސް ވަކިކުރުމާގުޅޭ އިސްލާހު ކޯޓުން ހުއްޓުވައިފި
އެމްޑީޕީއަށް އެކަނި ރައީސް ވަކިކުރެވޭ އިސްލާހު ކޯޓަށް!
ރުހުން ނުލިބޭ ވަޒީރުން އަލުން މަގާމަށް: ބޮޑުުު ސުވާލެއް