29 ފެބުރުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން އެ ބަދަލުގެ ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވާނީ ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން އެ ބަދަލުގެ ފަހުން މަޖިލިހުން ފާސްކުރި ކަންކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވާނީ ގައުމީ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާގެ ގާނޫނީ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފެވެ. އެކަން މިއަދު ސުޕްރީމް ކޯޓުން ވެސް ޔަގީން ކޮށްދީފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު ބަންޑާރަ ނައިބުގެ ގާނޫނީ ލަފާ ރައީސް ހޯއްދަވަނީ https://t.co/Osr36yZ3x3
— Mihaaru (@Mihaarunews) February 29, 2024
ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅުމާ ގުޅިގެން، ރޯދަ މަސް ތެރޭ އިންތިހާބު ބޭއްވުން މަނާކޮށް ފާސްކޮށްފައިވާ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރުމާ މެދު ރައީސް ވަނީ ބަންޑާރަ ނައިބުގެ ގާނޫނީ ލަފާއަކަށް އެދިވަޑައިގެންފަ އެވެ.
އުޝާމް ވިދާޅުވީ މިއަދު ރައީސަށް އެކަމާ ގުޅޭ ގޮތުން ލަފާ އަރުވާނެ ކަމަށެވެ.
"ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަނގަޅު ކަމެއް ނޫން. ހުރިހާ ފަރާތްތަކުން ވެސް ކަންކަން ނިންމަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން. އަޅުގަނޑު ރައީސަށް ގާނޫނީ ލަދާ ދިނުމުގައި ވެސް ބަލާނީ މި ކަންކަމަށް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
ނަމަވެސް، މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ބާތިލްކޮށް އަލުން އެހެން މާއްދާތަކެއްގައި އެ އިސްލާހުތައް ލިޔެފައިވާތީ، މައްސަލާގައި ބަޔާންކޮށްފައިވާ މާއްދާތައް މިވަގުތު ވުޖޫދުގައި ނެތުމުން ކޯޓަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުންޏެވެ.
ޖުމްލަ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ގަވައިދަށް ގެނައި އިސްލާހުތައް ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ:
- ހުސް ގޮނޑިތައް ނުހިމަނައި ޖުމްލަ މެންބަރުން ގުނުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް
- ގާނޫނުއަސާސީ 71 ވަނަ މާއްދާއަކީ ހުސް ގޮނޑި ނުގުނަން ފަހިކޮށްދޭ މާއްދާއެއް ނޫން
- ހުސް ގޮނޑި ނުހިމަނައި ޖުމްލަ މެންބަރުން ގުނުމުގެ ނަތީޖާއަކީ ގާނޫނުއަސާސީގެ އޮނިގަނޑު ރޫޅިގެން ދިޔުން
- ޖުމްލަ މެންބަރުންގެ އަދަދު ގުނާކޮށް ބަދަލުކުރީ މަޖިލީހުގެ ހުދޫދުގެ ބޭރުން
- ފަހުން އިސްލާހު މަޖިލީހުން ބާތިލްކޮށްފައިވާތީ މިކަމުގައި އަޅާނެ ފިޔަވަޅެއް ނެތް
ހުސް ގޮނޑި ނުލައި ޖުމްލަ މެންބަރުން ގުނަމުން ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެގޮތަށް އަމަލު ކުރުން ފަސް ކުރަން އަމުރުކޮށްފަ އެވެ. ނަމަވެސް، މަޖިލީހުން އެ އަމުރަށް ތަބާނުވާން ނިންމައި ތަޅުމުން ފާސްކުރީ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަަލައިގެން ކުރިއަށްދާށެވެ. އޭގެފަހުން މަޖިލީހުގެ ގަވައިދުން އެ މާއްދާތައް އުނިކޮށް އަލުން އިތުރު މާއްދާތަކެއް ހަމަ އިސްލާހު އޮތް ގޮތަށް ލިޔުނެވެ.
އެ މާއްދާގެ ދަށުން ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރާ ބިލް ވެސް ވަނީ ރައީސް ތަސްދީގުނުކޮށް ފޮނުވާލެއްވުމުން މަޖިލީހުން އަލުން ވަނީ އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފަ އެވެ. މިހާތަނަށް ރައީސް އެ ބިލް ތަސްދީގުކޮށްފައިނުވާއިރު، ގާނޫނުއަސާސީއާ ހިލާފަށް މެންބަރުންގެ އަދަދު ގުނައިގެން ނިންމާ ނިންމުންތައް ބަލައިނުގަންނަ ކަމަށް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
އިންތިހާބު ފަސްކުރާ ބިލް ރައީސް ތަސްދީގު ކުރައްވައިފި
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"
ހެނދުނާ ވޯޓުލައި ތާރީހީ މޮޅެއް ހޯދައިދީ: ރައީސް
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
ޕީއެންސީގެ ޓިކެޓް ލިބުނު ކޫކުގެ ތާއީދު ޒަމީރަށް
"ކާމިޔާބުކަމާއެކު ސަރުކާރު ހިންގަން މަޖިލިސް ބޭނުންވޭ"
ބިލް ތަސްދީގު ނުކުރާނަމަ، ތާރީހު ބަދަލު ނުވާނެ: އީސީ
ހުކުމާ ގުޅިގެން ބަދަލެއް ގެންނަން ނުޖެހޭ: އެމްޑީޕީ