ޕެނަލްޓީ ޝޫޓްއައުޓްގައި ފުލަމް އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑަށް އެފްއޭ ކަޕް ދިފާއު ކުރުމުގެ ފުރުސަތު ގެއްލުނަސް އޭނާގެ އަމާޒަކީ ޕްރިމިއާ ލީގު ކާމިޔާބު ކުރުން ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ފުލަމް އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑަށް އެފްއޭ ކަޕް ދިފާއު ކުރުމުގެ ފުރުސަތު ގެއްލުނަސް އޭނާގެ އަމާޒަކީ ޕްރިމިއާ ލީގު ކާމިޔާބު ކުރުން ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން އެއްވަރު ވެގެން، އިތުރު ވަގުތުގައި ވެސް ލަނޑެއް ނުޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ފުލަމް މޮޅުވީ 4-3 އިންނެވެ.
"އަހަރެންނަށް ހީވަނީ އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ އަހަރެމެންނަށް ހެން. ޕެނަލްޓީގައި ދެކޮޅަށް ވެސް ނަތީޖާ ނުކުމެދާނެ، މިއީ އަހަރެމެންގެ ދުވަހެއް ނޫން،" މެޗަށް ފަހު އަމޯރިމް ބުންޏެވެ.
"މަގުސަދަކީ ޕްރިމިއާ ލީގު ކާމިޔާބު ކުރުން. އެނގޭ އަހަރެމެން ވަރަށް ގިނަ މެޗުތަކުން އެބަ ބަލިވާކަން، އެކަމަކު ގޯލަކީ ޕްރިމިއާ ލީގު އަލުން ނެގުން. އެކަމަށް ހޭދަވާނެ މުއްދަތެއް ބުނަން އަހަރެންނަކަށް ނޭނގޭ."
މިދިޔަ ސީޒަންގައި ޔުނައިޓެޑް އެފްއޭ ކަޕް ކާމިޔާބު ކުރީ އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކޮށްގެންނެވެ. ނަމަވެސް މި ސީޒަންގެ ކޮމިއުނިޓީ ޝީލްޑް މެޗުގައި އެޓީމަށް ސިޓީ ބަލިކުރެވޭ ގޮތެއް ނުވި އެވެ. އާ ކޯޗު ރުބެން އަމޯރިމް އާއެކު ލީގް ކަޕުގެ ކުއާޓާ ފައިނަލުން ކަޓާފައި ވާއިރު އިނގިރޭސި ލީގުގެ ބާކީ 11 މެޗު އޮއްވައި ޔުނައިޓެޑް މިވަގުތު އޮތީ ޓޭބަލްގެ 14 ވަނައިގަ އެވެ.
އަމޯރިމް އާއެކު ޔުނައިޓެޑަށް މި ސީޒަންގައި ތައްޓެއް ހޯދުމަށް ޖެހޭނީ ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކުރާށެވެ. ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓެޑް ނުކުންނާނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ.
ރޭގެ ޕެނަލްޓީ ޝޫޓައުޓްގައި ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އާއި ޑިއޯގޯ ޑަލޮޓް އަދި ކަސެމީރޯ، ޔުނައިޓެޑްގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބު ކުރި އިރު، ވިކްޓަ ލިންޑެލޯފް އާއި ޔޯޝުއާ ޒާކްޒީ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. ފުލަމްގެ ކީޕަރު ބާން ލެނޯ ވަނީ ލިންޑެލޯފް އާއި ޒާކްޒީގެ ޕެނަލްޓީ ވެސް މަތަކޮށްފަ އެވެ.
ފުލަމްގެ ޕެނަލްޓީތައް ޖަހައިދިނީ ރައުލް ހިމިނޭޒް އާއި ސެންޑާ ބާޖް އަދި ވިލިއަން އާއި އެންޓޮނީ ރޮބިންސަން އެވެ.
މި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ފުލަމް އެވެ. އެޓީމުން ލީޑު ނެގި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ކެލްވިން ބަސޭ އެވެ. ޔުނައިޓެޑުން އެއްވަރު ކުރި ލަނޑު ޑަލޯ ނަގައިދިން ހުރަހަކުން 71 ވަނަ މިނިޓުގައި ޖަހައިދިނީ ފެނާންޑޭޒް އެވެ.
މި މޮޅާ އެކު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ފުލަމް ދަތުރު ކޮށްފައި ވާއިރު، އެޓީމު ވާދަ ކުރަން ޖެހިފައި ވަނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. ރޭ ނިއުކާސަލް 2-1 އިން ބަލިކުރި ބްރައިޓަން ނުކުންނާނީ މިރޭ ނޮޓްނަމް ފޮރެސްޓާއި އިޕްސްވިޗް ޓައުން ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ކުއާޓާގައި މެންޗެސްޓާ ސިޓީ އާއި ބޯންމަތު ބައްދަލުކުރާއިރު، އެސްޓަން ވިލާ ނުކުންނާނީ ޕްރެސްޓަން ނޯތު އެންޑާ ދެކޮޅަށެވެ.
އާސެނަލް ކެޓުމުން ހަވާޓްޒްގެ އާއިލާއަށް މަރުގެ އިންޒާރު
އެކަކު މަދުކޮށް ކުޅެ ޔުނައިޓެޑުން އާސެނަލް ކަޓުވާލައިފި
އެފްއޭ ކަޕްގެ ތައްޓާ އެކު ޔުނައިޓެޑް ފެނުން މައްޗަށް
މެރަތަންއަށްވުރެ ޔުނައިޓެޑްގެ މެޗު ރެޓްކްލިފަށް ޕްރެޝަރު
ޓެންހަގަށް ޔުނައިޓެޑްގެ ވަޒީފާ ވެސް ސަލާމަތްވެއްޖެ
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
އެފްއޭ ކަޕާއެކު ސިޓީ "ޓްރެބަލް" ކާމިޔާބުކުރުމާ ގާތަށް
ޔުނައިޓެޑުން ވަނީ ކުރިއެރުން ހޯދާފައި: ގާޑިއޯލާ
މާޝިއަލްއަށް އަނިޔާވެ، އެފްއޭ ކަޕް ފައިނަލް ގެއްލިއްޖެ
އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ޑާބީއެއް