Roadha Mihaaru

ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި އެެވެ.

ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ދީފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

03 މާޗް 2025

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާ ކޮށްފި އެެވެ.

ރޯދަމަހަށް ހާއްސަކޮށްގެން ސައުދީ ސަރުކާރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު ހަދިޔާކުރި އެވެ. އެ ކަދުރުތައް މިހާރު ވަނީ ބަހައި ނިންމައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފަހުން ހަދިޔާކުރަން ނިންމި 10 ޓަނުގެ ކަދުރު ރަސްމީކޮށް ރާއްޖެއާ ހަވާލު ކުރީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަަމަށެވެ.

ރާއްޖެއަށް ކަދުރު ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީ އެވެ. ރާއްޖެއިން ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އެމްބަސީގެ ބޭފުޅުންނާ ސަލާމް ކުރަނީ-- ފޮޓޯ: މިނިސްޓްރީ

ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސައުދީ އެމްބަސީގެ ބޭފުޅުންނާ ސަލާމް ކުރަނީ-- ފޮޓޯ: މިނިސްޓްރީ

ޝަހީމް ވިދާޅުވީ ކަދުރު ހަދިޔާ ކުރެއްވުމަކީ ރާއްޖެ އާއި ސައުދީ ދެމެދު އޮންނަ ގުޅުމުގެ ބަދަހިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިނިސްޓަރު ވަނީ އެ ގައުމުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖެ އަށް ފުރަތަމަ ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.

އެ މިނިސްޓްރީން ވަނީ ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމިއްޔާތަކަށް ވެސް ކަދުރު ބަހައިފަ އެވެ.