މަސްވެރިން ތަމްސީލުކުރާނެ މެމްބަރަކު މިފްކޯގެ ބޯޑަށް މިއަދު އައްޔަންކޮށްފި އެވެ.
09 އޮކްޓޯބަރ 2025
މަސްވެރިން ތަމްސީލުކުރާނެ މެމްބަރަކު މިފްކޯގެ ބޯޑަށް މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް އެ ކުންފުނީގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ މެމްބަރަކު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީވެ، އެ މަގާމަށް ބޭފުޅަކު މިހާރު އައްޔަން ކޮށްފައިވާ ކަމަށެވެ.
މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް އައްޔަންކުރީ ގދ.ތިނަދޫ، ރިހިވެލި، ރީޝަމް މުހައްމަދު ޝަރީފެވެ. އޭނާއަކީ ތިނަދޫގެ މަސްވެރިއެކެވެ.
މީގެ ކުރިން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އޮތް މިފްކޯ އަކީ ސީދާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކުރީ މި ސަރުކާރު އައި ފަހުން ޑިސެމްބަރު 2023 ގަ އެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިފްކޯ ތަރައްގީ ކުރުމުގަ އާއި ކުންފުނީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި ކުންފުނީގެ ޕްރޮގްރާމުތައް ހިންގުމުގައި ވެސް މަސްވެރިން ސީދާ ބަސް ކިޔައި، މަސްވެރިންގެ ހައްގުތައް ހޯދުމުގައި އެ މީހުން ބާރުވެރި ކުރެވޭނެ އެވެ.
އެގޮތުގެ މަތިން މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ މެމްބަރަކު އައްޔަން ކުރުމަށް އެ މަގާމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލީ ޑިސެމްބަރު 28، 2023 ގަ އެވެ. އެ މަގާމަށް ކުރިމަތިލާނެ މީހަކު ނުވެގެން އޭގެ ފަހުން އެކި ފަހަރު މަތިން އިއުލާން ކޮށްފައިވެ އެވެ.
ބޭނި ދެ ޓަނު މަސް ނުކިރި ކަނޑަށް އުކާލައިފި
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކޮންމެ މަސްދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދެނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
އައްޑޫ މަސްވެރިން ކޮންޓްރޯލް ނަގައި، ދަތިކުރަނީ!