އަސާސީ ގަވާއިދަށް ބަދަލު ގެނައުމުން، ފީފާ އިން ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުގެ ސަސްޕެންޝަން އުވާލައިފި އެވެ.
އަސާސީ ގަވާއިދަށް ބަދަލު ގެނައުމުން، ފީފާ އިން ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުގެ ސަސްޕެންޝަން އުވާލައިފި އެވެ.
ފީފާ އިން ސަސްޕެންޝަން އުވާލަން ޝަރުތުކުރި ބަދަލުތައް އަސާސީ ގަވާއިދަށް ފެޑެރޭޝަނުން ގެނައީ ލާހޫރުގައި މިދިޔަ ހަފުތާގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ. އެ މާއްދާތަކަކީ ފީފާގެ އުސޫލުތަކާ ފުށުއަރާ ގޮތަށް ހުރި މާއްދާތަކެވެ.
ފީފާ އިން ވަނީ 2017 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް ޕާކިސްތާން ސަސްޕެންޑްކޮށްފަ އެވެ. އެއީ ފެޑެރޭޝަނަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަނުމުންނެވެ.
ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ ގައުމުގެ ފުޓްބޯޅަ އަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމަށް ފީފާ އާއި އޭއެފްސީން ދެމުން އަންނަ ސަޕޯޓް ފާހަގަކޮށްފަ އެވެ.
މި ސަސްޕެންޝަން އުވާލުމުން ޕާކިސްތާނަށް މި މަހު ފަށާ އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުގައި ބައިވެރިވެވޭނެ އެވެ.
ޕާކިސްތާން ފެޑެރޭޝަނުން ވަނީ ސްޓެފަން ކޮންސްޓެންޓިންއާ އަލުން ގައުމީ ޓީމުގެ ކޯޗުކަން ހަވާލުކޮށް ކޮލިފައިން އަށް ތައްޔާރުވާން ފަށައިފަ އެވެ.
ޕާކިސްތާނުގެ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ސީރިއާއާ ދެކޮޅަށެވެ. މިއީ ސީރިއާގެ ހޯމް މެޗަކަށްވީ ނަމަވެސް އެ ގައުމުގައި މެޗު ކުޅެވޭނެ ހާލަތެއް ނެތުމުން މި މެޗު އޮންނާނީ ސައޫދީ އަރަބިއްޔާގަ އެވެ.
ޕާކިސްތާނާއި، ސީރިއާގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ އަފްގާނިސްތާނާއި، މިޔަންމާ އެވެ.
ޕާކިސްތާނަށް ފީފާގެ ސަސްޕެޝަނުގައި ހެޓްރިކެއް
ޕާކިސްތާނުގެ ފްރެންޗައިޒް ލީގު އަންނަ މަހު ލޯންޗުކުރަނީ
އަމިއްލަ ގައުމުގައި ނުކުޅެވުނު ދެ ޓީމަށް ޕޮއިންޓެއް
ޕާކިސްތާންވެސް ވަރުގަދަ، ރޭންކިން ހަނދާން ނައްތާލާ
ގަމުގައި ކުޅުނު މެޗުން ރާއްޖޭން ޕާކިސްތާން ބަލިކޮށްފި
ޔޫރަޕުގައި ކުޅޭ ދެ ކުޅުންތެރިއަކު ޕާކިސްތާން ޓީމަށް
ޕާކިސްތާނުގައި މެޗު ނުކުޅެން ރާއްޖެއިން ނިންމައިފި
ޕާކިސްތާނުން ރާއްޖެ ބަލިކޮށްފި، ބަންގްލަދޭޝަށް އެއްވަނަ
ޕާކިސްތާން އަނެއްކާ ވެސް ފީފާގެ ސަސްޕެންޝަނަކާ ދިމާލަށް
ޕާކިސްތާން ފުޓްބޯޅަ އަށް ކަކާ އާއި ފީގޯ އެހީވަނީ