Roadha Mihaaru

ލޯންޗު ބަންޑުން ޖަހާލި ވަގުތުކޮޅު: ނޭވާ ހިފަހައްޓާލައިގެން ފުންމާލީ ރާޅުތަކުގެ ތެރެއަށް1

އދ. ދިގުރަށުން 48 މީހުންނާ އެކު ފުރި "ހުވަން" ލޯންޗަށް ދުއްވުނީ ތިރީހަކަށް މިނެޓެވެ. ވިއްސާރައިގައި ކުރިއަށް ނުދެވި އުޅެނިކޮށް ލޯންޗަށް ޖެހި ބޮޑު ރާޅާ އެކު ދިޔަވީ އެވެ.

ނޭވާ ހިފަހައްޓާލައިގެން ފުންމާލީ ރާޅުތަކުގެ ތެރެއަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

05 މާޗް 2025

އދ. ދިގުރަށުން 48 މީހުންނާ އެކު ފުރި "ހުވަން" ލޯންޗަށް ދުއްވުނީ ތިރީހަކަށް މިނެޓެވެ. ވިއްސާރައިގައި ކުރިއަށް ނުދެވި އުޅެނިކޮށް ލޯންޗަށް ޖެހި ބޮޑު ރާޅާ އެކު ދިޔަވީ އެވެ.

ބޮޑު ވިއްސާރައިގައި ތިން ފަޅުވެރިންނާ އެކު ފުރި އެ ލޯންޗުގައި ތިބި މީހުންނަށް ދެން ކުރިމަތިވީ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުކޮޅެކެވެ. ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯ އިން ފެންނަ ގޮތުގައި، ލޯންޗުގެ ތެރެއިން ރާޅުގަނޑު އަރައިގެން ދިޔައީ އެވެ. ބިޔަ ރާޅުތަކުގެ ތެރެއަށް ފުންމާލުން ފިޔަވައި ހެދޭނެ ގޮތެއް ނެތެވެ.

މީހުންގެ ފައި ތިލައާ ހިސާބަށް އޭރު ފެން ހުއްޓެވެ. ބައެއް މީހުން ބިރުން ހަޅޭ ލަވަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ ޕެނިކް ނުވުމަށް އެ ބިރުވެރިކަމުގައި ވެސް ހިތްވަރު ދެމުންނެވެ.

އެކަމަކު ލޯންޗު ދެން އަޑިއަށް ދާނެހެން ހީވުމާ އެކު އެންމެން ލައިފް ޖެކެޓާ އެކު މޫދަށް ފުންމާލީ އެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އެ މީހުން، ގްރޫޕް ގްރޫޕަށް ބެހިގެން ތިބި މަންޒަރު ވެސް މޫދުގައި އޮވެގެން މީހަކު ނަގާފައިވާ ވީޑިއޯއަކުން ފެނެ އެވެ.

ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ދަންދެން އެ މީހުން ތިބީ ކަނޑުމަތީގަ އެވެ.

ދިގުރަށުގެ އެކިއެކި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކޮށްލުމަށް ފަހު ގައުމަށް އެނބުރި ދިއުމަށް މާލެ ދާން ކުރި މި ދަތުރުގައި އެ މީހުންނަށް ކުރިމަތިވި މި ބިރުވެރި ވަގުތުކޮޅު ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އަ އެވެ.

"ލޯންޗަށް ޖެހީ ރާޅެއް. ދެން ދިޔަވާން ފެށީމާ ލޯންޗުގައި ތިބި އެންމެން ފުންމާލީ މޫދަށް. އިރުގަނޑެއް ނުވަނީސް ދިޔަބޮޑުވެގެން އަޑިއަށް ދާން ފެށީ،" ދިގުރަށާއި މާލެއާ ދެމެދު ދަތުރުތައް ބާއްވާ "ލެޓްސް ގޯ ދިގުރަށް" ކުންފުނީގެ ހިއްސާދާރަކު ހާދިސާ ހިނގި ދުވަހު "މިހާރު" އަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޮޔާ ދިޔަ ނުދިނުމަށާއި އެ ސަރަހައްދަށް ދާ ބަޔަކަށް އެ މީހުން ސަލާމަތް ކުރަން ވެސް ފަސޭހަވާނެތީ، އެންމެން ކަނޑަށް ފުންމާލީ ގުރޫޕުތަކަކަށް ބެހިގެންނެވެ. އެ ލޯންޗުގައި ހަތަރު ކުޑަކުދިން ވެސް ދަތުރުކުރިއިރު އެ އެންމެން ވަނީ ސަލާމަތްކޮށްފަ އެވެ.