އިޒްރޭލުން އަލުން ޣައްޒާއަށް ހަމަލާ ނުދިނުމަށާއި ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމަށް އިޒްރޭލުން ފުރިހަމަޔަށް ތަބާވުމަށް، ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހުންގެ ތެރެއިން މިނިވަންކުރި 50 އަށް ވުރެ ގިނަ މީހުން ގޮވާލައިފި އެވެ.
އިޒްރޭލުން އަލުން ޣައްޒާއަށް ހަމަލާ ނުދިނުމަށާއި ހަމަލާތައް ހުއްޓާލަން ވެފައިވާ އެއްބަސްވުމަށް އިޒްރޭލުން ފުރިހަމަޔަށް ތަބާވުމަށް، ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހުންގެ ތެރެއިން މިނިވަންކުރި 50 އަށް ވުރެ ގިނަ މީހުން ގޮވާލައިފި އެވެ.
"ބިޔަ އަލިފާނުގެ ތަޖުރިބާކޮށްފައިވާ ބަޔަކަށް ވާތީ އެއީ ބާކީ ތިބި ރަހީނުންގެ ފުރާނައަށް އޮތް ނުރައްކަލެއްކަން އަހަރެމެންނަށް އެނގޭ،" ހަމާސް އިން މިނިވަންކުރި 56 ރަހީނަކު އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވާ މެސެޖެއްގައިވެ އެވެ.
"މުޅި އެއްބަސްވުން، އެއްފަހަރާ ތަންފީޒުކުރަން ފަށާ،" އެ މީހުން ގޮވާލާފައިވެ އެވެ.
މި ގޮވާލުމުގައި ބައިވެރިވި މީހުންގެ ތެރޭގައި ޣައްޒާގައި ރަހީނުކޮށްފައި ވަނިކޮށް އަނބިމީހާ އާއި ތުއްތު ދެ ފިރިހެން ދަރިން މަރުވި ޔާޑަން ބިބާސް ވެސް ހިމެނެ އެވެ.
އިޒްރޭލާއި ހަމާސް އިން ހަމަލާ ބަދަލުކުރުން މެދުކަނޑާލުުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ މި މަހުގެ ފުރަތަމަ ދުވަހު ހަމަވެފައި ވާއިރު ބާކީ ތިބި ރަހީނުން މިނިވަންކުރުމާއި ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ މަޝްވަރާތައް ހިމެނޭ ދެ ވަނަ ފިޔަވަހި ތަންފީޒުކުރަން ފެށުމަށް އިޒްރޭލުން ދަނީ އިންކާރު ކުރަމުންނެވެ.
އިޒްރޭލުން މިހާރު ވަނީ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް މި ރޯދަ މަހާ އެކު ހުއްޓުވައިފަ އެވެ.
ނަތަންުޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެެރެފި
ޣައްޒާއަށް ހަމަލާދޭން ފަށަން ނަތަންޔާހޫ އަންގައިފި
ސުލްހައިގެ ފައުޖެއް އޮތަސް ހަމަލާދޭނަން: ނަތަންޔާހޫ
ޣައްޒާއަަށް ތުރުކީ ސިފައިން ވައްދަން ދެކޮޅު ހަދައިފި
ޣައްޒާ ސަމިޓުގެ ލީޑަރުން ނަތަންޔާހޫއަށް ނޫނެކޭ ބުނެފި
ޣައްޒާގެ ސުލްހައިގެ ސަމިޓުގައި ނަތަންޔާހޫ ބައިވެރިވޭ
ޣައްޒާގެ ހަމަލާ ހުއްޓުވަން ޓްރަމްޕުގެ ބޮޑު ހުށަހެޅުމެއް
ފަލަސްތީނުގެ ދައުލަތެއް އުފެދުނަކަ ނުދޭނަން: ނަތަންޔާހޫ
"ކުރަންއުޅޭ ކަމެއް ނަތަންޔާހޫއަށް ވެސް ނޭނގޭ"
ޣައްޒާ ބަނޑަށްނުޖެހޭކަން ދައްކަން ދޮގު ކެމްޕޭނެއް