އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓްނަމް ފޮރެސްޓުން އަމިއްލަ ދަނޑުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ވާދަކޮށް 1-0 އިން މޮޅުވި އިރު، ލިވަޕޫލުން 3-1 އިން ސައުތެމްޓަން ބަލިކޮށް، ލީގުގެ އެއް ވަނައިގައި 16 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓްނަމް ފޮރެސްޓުން އަމިއްލަ ދަނޑުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ވާދަކޮށް 1-0 އިން މޮޅުވި އިރު، ލިވަޕޫލުން 3-1 އިން ސައުތެމްޓަން ބަލިކޮށް، ލީގުގެ އެއް ވަނައިގައި 16 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ލީގު ފުލުގައި އޮތް ސައުތެމްޓަން ވަނީ ފުރަތަމަ ހާފު ނިމެނިކޮށް ވިލް ސްމޯލްބޯން ޖަހައިދިން ގޯލަކުން ލީޑު ހޯދައިފަ އެވެ. ނަމަވެސް ފަހު ހާފުގައި ޑާވިން ނޫނޭޒް ޖަހައިދިން ގޯލުން އެއްވަރުކޮށް، މޮޅުވީ މުހައްމަދު ސަލާހު ކާމިޔާޔާބު ކުރި ދެ ޕެނަލްޓީ އިންނެވެ.
ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި ސަލާހު ވަނީ 27 ގޯލު ހަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތީ 20 ލަނޑޔ ޖަހައިފައިވާ ސިޓީގެ އާލިން ހާލަންޑެެވެ. މިދިޔަ މަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި ހާލަންޑް ވަނީ މިހާތަނަށް ލީގުގައި ސިޓީ ކުޅުނު ހުރިހާ މެޗެއް ކުޅެފަ އެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 29 މެޗުން 70 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އާސެނަލް އަށް ލިބިފައި ވަނީ 27 މެޗުން 54 ޕޮއިންޓެވެ. ތާވަލްގެ 15 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އާސެނަލް މިރޭ ނުކުންނާނެ އެވެ.
އޮޑޯއި (ވ) ސިޓީ ބަލިކުރި ލަނޑު ޖެހުމަށް ފަހު. -- ފޮޓޯ: އޭއެފްޕީ
ފޮރެސްޓް މޮޅުވި ލަނޑު 83 ވަނަ މިނިޓުގައި ޖަހައިދިނީ ކެލަމް ހަޑްސަން އޮޑޯއި އެވެ. މިއީ 1997 ވަނަ އަހަރަށް ފަހު ފޮރެސްޓުން ލީގުގައި މެންޗެސްޓާ ސިޓީގެ މައްޗަށް ގަދަވި ފުރަތަމަ ފަހަރެވެ.
މި ނަތީޖާއާ އެކު ފޮރެސްޓް ވަނީ 28 މެޗުން 51 ޕޮއިންޓް ހަމަކޮށް ލީގު ތިން ވަނައިގައި ސިޓީއަށް ވުރެ ހަތަރު ޕޮއިންޓް ކުރިއަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި ސިޓީ އޮތީ 47 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗަކީ އެންމެ ފަހުން ސިޓީ ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ތިން ވަނަ މެޗެވެ.
"ޗެމްޕިއަންސް ލީގަށް ކޮލިފައިވާން އަހަރެމެންނަށް އަދި 10 މެޗު އެބަ އޮތް. އަންނަ ސީޒަނުގެ މުބާރާތަށް ކޮލިފައި ވާން އަހަރެމެން އެބަ ޖެހޭ މެޗުތައް ނަގަން،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
ލީގުގެ ފަސް ވަނައިގައި އޮތް ޗެލްސީ ވަނީ 27 މެޗުން 46 ޕޮއިންޓް ހޯދައިފަ އެވެ. މިރޭ އަމިއްލަ ދަނޑުގައި ލެސްޓަ ސިޓީއާ ދެކޮޅަށް ޗެލްސީ ނުކުންނާނެ އެވެ.
ޗެލްސީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، ބްރައިޓަން ވަނީ ރޭ އެންމެ ފަހު ވަގުތުކޮޅު ތެރޭ ލިބުނު ޕެނަލްޓީގެ އެހީގައި 2-1 އިން ފުލަމް ބަލިކޮށް 46 ޕޮއިންޓް ހަމަކޮށްފަ އެވެ. ބްރައިޓަންގެ ފަހަތުގައި އޮތް އެސްޓަން ވިލާ ވަނީ ރޭ 1-0 އިން ބްރެންޓްފޯޑް ބަލިކޮށް، 29 މެޗުން 45 ޕޮއިންޓް ހޯދައިފަ އެވެ.
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ސިޓީއަށް ލިބުނީ ލުޔެއް، އެކަމަކު ލިވަޕޫލް ދޫނުދިން
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލިވަޕޫލް ސަޕޯޓަރުންނަށް ގާޑިއޯލާ ރައްދުދިނީ ނަމްބަރުން
ސިޓީ އާއި އާސެނަލަށް ވުރެ ކުރީގައި އަދިވެސް ލިވަޕޫލް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ލިވަޕޫލަށް މަގާމު ގެއްލިއްޖެ، ތަށި ނަގަނީ އާސެނަލްތަ؟
ގާޑިއޯލާ ވަރުގެ ކޯޗެއް އަހަރެން ނުދެކެން: ކްލޮޕް
ސިޓީއަށް ތިންގަޑިއިރު، ލިވަޕޫލް އަލުން އެއްވަނައަށް