Roadha Mihaaru

ޖެނުއަރީ މަހުގެ ކާބޯތަކެތީގެ އިންފްލޭޝަން 8.4 ޕަސެންޓުގައި

މިދިޔަ ޖެނުއަރީ މަހުގެ ކާބޯތަކެތީގެ އިންޕްލޭޝަން 8.4 ޕަސެންޓަށް އަރައިފި އެވެ.

ކާބޯތަކެތީގެ އިންފްލޭޝަން 8.4 ޕަސެންޓުގައި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

09 މާޗް 2025

މިދިޔަ ޖެނުއަރީ މަހުގެ ކާބޯތަކެތީގެ އިންޕްލޭޝަން 8.4 ޕަސެންޓަށް އަރައިފި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ކާބޯތަކެތީގެ އިންފްލޭޝަން ހުރި މިންވަރަށް ވުރެ 3.3 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރު ކާބޯތަކެތީގެ އިންފްލޭޝަން އެންމެ ބޮޑަށް މައްޗަށް އެރީ އޮގަސްޓް މަހު އެވެ. އެ މަހު އިންފްލޭޝަން ހުރީ 8.3 ޕަސެންޓުގަ އެވެ.

ކާބޯތަކެތީގެ އިންފްލޭޝަން މަތިވި އިރު ޖެނުއަރީ މަހުގެ ޖުމްލަ އިންފްލޭޝަން ހުރީ 5.3 ޕަސެންޓުގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ 4.4 ޕަސެންޓު މައްޗެވެ.

ރެސްޓޯރެންޓްތަކުގެ އިންފްލޭޝަން ހުރީ 29.3 ޕަސެންޓުގަ އެވެ. އަދި މަހުގެ އިންފްލެޝަން ހުރީ 13 ޕަސެންޓުގަ އެވެ.

އެމްއެމްއޭ އިން ބުނީ، އިންފްލޭޝަން އެހާ ބޮޑަށް އުފުލުނީ އިމްޕޯޓު ޑިއުޓީ އާއި ރެސްޓޯރެންޓްތަކުގެ އަގު އުފުލުމުގެ ސަބަބުން ކަަމަށެވެ. އަދި ކާބޯތަކެތީގެ އަގު އެހާ ބޮޑަށް އުފުލުނީ މަހާއި ތަރުކާރީ އާއި މޭވާގެ އަގު އުފުލުމުންނެވެ.

މިދިޔަ އަހަރު އެވްރެޖުކޮށް ކާބޯތަކެތީގެ އަގު ހުރީ 6.5 ޕަސެންޓުގަ އެވެ. އަދި ޖުމްލަ ތަކެތީގެ އަގު ހުރީ 1.4 ޕަސެންޓުގަ އެވެ.