Roadha Mihaaru
މަރަދޫ ކަންނެލި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

މަރަދޫ ކަންނެލި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަނީ

13 މާޗް 2017

ކަންނެލި މަސްވެރިކަމަށް 13 މީހުންނާ އެކު ނުކުމެ އުޅުނު އައްޑޫ މަރަދޫ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ހޯދަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަންނެލި މަސްވެރިކަމަށް 13 މީހުންނާ އެކު ނުކުމެ އުޅުނު އައްޑޫ މަރަދޫ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ހޯދަން ފަށައިފި އެވެ.

ދޯނީގެ ވެރިމީހާ އާ ހަވާލާދީ، އެމްއެންޑީއެފުން ބުނީ "އޮއިވަރު" ނަމަކަށް ކިޔާ އެ ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.

އެކަމަކު ދޯނީގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހަވީރެވެ. "އޮއިވަރު" ދޯންޏަކީ 78 ފޫޓުގެ ދޯންޏެކެވެ. އެ ދޯނީގެ ބޭރުގައި ހުދު ކުލައިގެ ދަވާދު ލާފައިވާއިރު، ދޯނީގެ ގެ ގަނޑުގައި ފެހި ކުލައިގެ ދަވާދު ލާފައިވާ ކަމަށް އޭގެ ވެރިމީހާ އާ ހަވާލާދީ ކޯސްޓް ގާޑުން ބުންޏެވެ. "އޮއިވަރު" ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ހިއްސާ ކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.