އެމްޑީޕީން މިހާރު ކޮންމެ ރެއަކު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ކަމުގައި ހަރަކާތްތެރިވާ އިސް ދެ ބޭފުޅަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
11 މާޗް 2025
އެމްޑީޕީން މިހާރު ކޮންމެ ރެއަކު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ކަމުގައި ހަރަކާތްތެރިވާ އިސް ދެ ބޭފުޅަކު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާތައް ފަށާފައިވަނީ ފްލެޓު ލިސްޓުން ގިނަ ބަޔަކު އުނިކުރި ކަމަށް ބުނެ އެކަމާ މެދު އަޑުއުފުލުމަށެވެ.
މިގޮތުން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުރި މުޒާހަރާގެ މައްސަލާގައި ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެވެ.
މާދަމާ މެންދުރު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގައި ދެ ބޭފުޅުންނަށް ފޮނުވި ޗިޓުގައިވާ ގޮތުން، ފުލުހަށް ހާޒިރުކުރަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވުމުގެ ސަބަބުންނެވެ.
އާދިއްތަ ދުވަހުގެ ރޭ ކުރި މުޒާހަރާއަށް ފުލުހުން ހުރަސް އަޅާފައި -- ފޮޓޯ: އެމްޑީޕީ
އެ ގާނޫނާ ހިލާފަށް މަގުތަކަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާ ކުރުމުގެ ސަބަބުން އާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ހުރަސް އެޅި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ރާއީ އާއި މޫކޭ އަކީ މުޒާހަރާތަކުގައި ލައުޑްސްޕީކަރުން ވާހަކަ ދައްކަވައި، ބައިވެރިން ގޮވައިގެން އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ބޭފުޅުންނެވެ.
އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީން މުޒާހަރާ ކުރީ އަލިކިލޭގެފާނު މަގުން ވަދެގެން، ރައީސްގެ ގެކޮޅު މުލިއާގެ ކައިރިއަށް ދިއުމަށެވެ. އެކަމަށް ހުރަސް އެޅި ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާމެދު ހަމަނުޖެހުން ވެސް އެ ރޭ ހިނގައި، ފުލުހުން ވަނީ ބާރުގެ ބޭނުން ވެސް ކޮށްފަ އެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހުން ވަނީ ފަހުން ދޫކޮށްލައިފަ އެވެ.
އެމްޑީޕީން ބާއްވަން އުޅުނު މުޒާހަރާ ފަސްކޮށްފި
އެލްއާރުއޭޑީ ކުރިން ވެސް ބޭނުންކުރި: އިހުސާން
ނޮވެމްބަރު 17 ގައި އެމްޑީޕީ އަނެއްކާވެސް މުޒާހަރާއަށް
މުޒާހަރާއިން ހައްޔަރުކުރި ހަތް މީހަކު ބަންދަށް
މުޒާހަރާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެނީ
ތޫނު އަޑު ފޮނުވާ ހަތިޔާރެއް ބޭނުންކުރުމުން ކަންބޮޑުވުން
ސިޔާސީ ބަދަލު އަންނަން ޖެހޭނީ ވޯޓުން: ޕީއެންސީ
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
ފުލުހުންނަށް ހުރަސްއެޅި މީހުންނަށް ފިޔަވަޅު އަޅަނީ
"އެމްޑީޕީގެ އެއްވުމަކީ ސުލްހަވެރި ހަރަކާތެއް ނޫން"