އިންސާނާ ދިރިއުޅޭ މި ބިމުގައްޔާއި އިންސާނާގެ ބޯމަތީގައިވާ އުޑާއި ވަށައިގެންވާ މުޅި މާހައުލުގައި ވަނީ ﷲ ސުބްހާނަހޫ ވަތައާލާ އެ އިންސާނާއަށްޓަކައި ލައްވާފައިވާ ނިއުމަތްތަކެވެ. ދުނިޔަވީ ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި، އިންސާނާ އަށް ބޭނުންވާނެ އެންމެހައި ކަންކަން ފަހިކޮށްދެއްވައި، އޭނާގެ ބޭނުންތައް ފުއްދޭނެ ވަސީލަތްތައް ވަނީ ލައްވައިފަ އެވެ.
12 މާޗް 2025
އިންސާނާ ދިރިއުޅޭ މި ބިމުގައްޔާއި އިންސާނާގެ ބޯމަތީގައިވާ އުޑާއި ވަށައިގެންވާ މުޅި މާހައުލުގައި ވަނީ ﷲ ސުބްހާނަހޫ ވަތައާލާ އެ އިންސާނާއަށްޓަކައި ލައްވާފައިވާ ނިއުމަތްތަކެވެ. ދުނިޔަވީ ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި، އިންސާނާ އަށް ބޭނުންވާނެ އެންމެހައި ކަންކަން ފަހިކޮށްދެއްވައި، އޭނާގެ ބޭނުންތައް ފުއްދޭނެ ވަސީލަތްތައް ވަނީ ލައްވައިފަ އެވެ.
އެ ހުރިހައި ނިއުމަތްތަކެއްގެ ތެރެއިން ވެސް އެންމެ މަތިވެރި އަދި އެންމެ އަގުހުރި ނިއުމަތަކީ، އިސްލާމް ދީނުގެ މަތިވެރި ހިދާޔަތު އަޅުގަނޑުމެންނަށް ދެއްވުމެވެ. އެ މަތިވެރި ނިއުމަތާއިގެން، މި އުންމަތުގެ މާތް ނަބިއްޔާ މުހައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) މީސްތަކުންގެ ގާތަށް ފޮނުއްވެވީ، އަމިއްލަ އަތްތަކުން ކޮށާ މަށައިގެން ލަކުޑި އާއި ހިލައިން ހެދި ބުދުތަކަށް އަޅުކަން ކުރުމުގައި މަގުފުރެދިފައި ވަނިކޮށެވެ. އެކަން ބަޔާންކުރައްވައި، ﷲ ސުބްހާނަހޫ ވަތައާލާ ވަޙީ ކުރެއްވި އެވެ؛ (لَقَدْ مَنَّ اللَّهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ -ސޫރަތު އާލްޢިމްރާން 164) މާނައީ؛ ހަމަކަށަވަރުން، މުއުމިނުންގެ މައްޗަށް ﷲ ދަރުމަވަންތަވެ ވޮޑިގެންފި އެވެ. (އެއީ) އެއުރެންގެ ތެރެޔަށް، ހަމަ އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވި ހިނދުގަ އެވެ. އެކަލާނގެ އާޔަތްތައް އެއުރެންނަށް ކިޔަވައިދެއްވާ އަދި، އެއުރެން ތާހިރު ކުރައްވާ، އަދި ފޮތާއި ހިކްމަތް، އެއުރެންނަށް އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގަ އެވެ. އޭގެ ކުރިން އެއުރެންވީ، ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ.
މީސްތަކުންނަށް ތެދުމަގު ދެއްކެވުމުގައި، އިތުރު އެކަލޭގެފާނު ނަބީކަމުގެ ވާޖިބު އަދާކުރެއްވުމަށް ފަހު، މި ދުނިޔެ ދޫކުރައްވައި ވަޑައިގަތީ، އެ މަތިވެރި ނިއުމަތް ފުރިހަމަ ކޮށްދެއްވައިފަ އެވެ. މާތް ﷲ ވަހީކުރެއްވި އެވެ؛ (... الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ... -ސޫރަތުލް މާއިދާ 3) މާނައީ؛ މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިއުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.
އިސްލާމް ދީނުގެ ޝަރީއަތާއި އެ ޝަރީއަތާ ގުޅިފައިވާ އަޅުކަންތަކާއި މުއާމަލާތްތަކާއި އެންމެހައި ހުކުމްތައް، މާތް ﷲ ވަނީ އަޅުގަނޑުމެންނަށްޓަކައި ފުރިހަމަ ކޮށްދެއްވައިފަ އެވެ. އިސްލާމީ ޝަރީއަތަކީ މީސްތަކުންނަށް ލުއިފަސޭހަ ޝަރީއަތެކެވެ. އިސްލާމީ ޝަރީއާ އަށް އަމަލުކުރުމަށްޓަކައި ނުވަތަ ލިބިގަތުމަށްޓަކައި ބުރަތަކެއް ނުވަތަ އުނދަގޫތަކެއް އުފުލާކަށް ނުޖެހެ އެވެ. އެކަމުގެ އެންމެ ފުރިހަމަ މިސާލަކީ، އިސްލާމް ދީނުގެ އަލިކަމުގެ ތެރެއަށް ވަނުމަށްޓަކައި ކުރަންޖެހޭ ކަންކަމެވެ.
މި ރޯދަމަހު އިސްލާމީ މަރުކަޒުގައި މީހަކު ގުރުއާން ކިޔަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެ ކަންތައް ބަޔާން ކުރައްވައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރައްވާފައިވެ އެވެ؛ އިސްލާމް ދީން ބިނާވެފައިވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ، މާތް ﷲ ފިޔަވައި ހއްގު ވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާ ކަމަށް ހެކިވުމާއި އަދި މުޙައްމަދުގެފާނީ މާތް ﷲ ފޮނުއްވި ރަސޫލާ ކަމަށް ހެކިވުމާއި ނަމާދު ގާއިމު ކުރުމާއި ޒަކާތް ދިނުމާއި ރަމަޟާން މަހު ރޯދަ ހިފުމާއި ގެފުޅަށް ހައްޖުވުމެވެ.
މި ފަސް ކަމަކީ ވެސް، އޭގެ ޒާތުގައި ނުހަނު ލުއިފަސޭހަ ކަންކަމެވެ. އަދި ހާލިގުވަންތަ އިލާހަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރުމަށް އެންމެ އެކަށޭނަ ކަންކަމެވެ. މި އަޅުކަންތަކުގައި ހިމެނެނީ އަޅުތަކުންގެ ނަފްސު އިސްލާޙުކޮށްދީ، ނަފްސުތައް ތާހިރުކޮށްދޭ ކަންކަމެވެ. އަދި އަޅުތަކުންގެ އަގީދާ ފުރިހަމަކޮށްދީ، އަޅުތަކުންގެ އީމާންތެރިކަމާއި ދަރަޖަ މަތިވެރިކޮށްދޭނެ ކަންކަމެވެ.
މި ކަންކަމުގެ ތެރެއިން ދެ ޝަހާދަތް (މާތް ﷲގެ އެއްކައުވަންތަކަމަށް ހެކިވުމާއި މުޙައްމަދުގެފާނުގެ ރަސޫލުކަމަށް ހެކިވުން) އެއީ، އިސްލާމް ދީނުގެ ތަޅުދަނޑި އެވެ. އެ ތަޅުދަނޑިން ހުޅުވައިލެވޭ ހިދާޔަތުގެ ދޮރަކީ، މި ދީނުގެ އަސްލާއި ބިންގަލެވެ. އަދި މިދީނުގެ ކުރިތައް ފަޅައިގެން ހެދޭ ގަހެވެ. އިސްލާމް ދީނުގެ އެހެން ހުރިހާ ރުކުންތަކާއި އަޅުކަންތައް، ކުރިލައި ހެދެނީ މި ގަހުގެ ގޮފިތަކުންނެވެ.
ދެ ޝަހާދަތަށް (ދެ ހެކިވުމަށް) ފަހުގައި ކުރުމަށް އޮންނަ ނަމާދަކީ، އިސްލާމް ދީނުގެ ތަނބެވެ. ނަމާދު ގާއިމު ކުރަން ޖެހެނީ، މާތް ﷲގެ އެއްކައުވަންތަކަމަށް، ތިމާ ހެކިވެފައިވާ ހެކިވުން، އަމަލާއި ބަހުން ސާބިތުކުރުމުގެ ގޮތުންނެވެ. ހިތުގެ ހެކިވުމުގައި، ތިމާގެ ހަށިގަނޑުގެ އެތެރެ ފުށާއި ބޭރުފުށުގެ އެންމެހައި ގުނަވަންތައް ބައިވެރިކޮށް، އެ ގުނަވަންތަކުން އެ ހެކިވުން ސާބިތު ކޮށްދިނުމަށެވެ.
ނަމާދުގައި އިންސާނާ ގިޔާމުގައި އެއްވެސް ހަރަކާތެއް ނެތި ހަށަން ބަނދެލައިގެން ކޮޅަށް ހުންނަ ހިނދު އެ ހުންނަނީ، ހާލިގުވަންތަ ﷲ ސުބްހާނަހޫ ވަތައާލާގެ މަތިވެރިވަންތަކަމަށް ހެކިވެ، ތިމާގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތް ކަމަށް އިއުތިރާފުވާ ހާލުގަ އެވެ. ރުކޫއުގައި އޮންނަ ހިނދު އެ އޮވެވެނީ، ނިކަމެތިކަމާއެކު ތިމާ ބޯލަނބައި ކުރުނީސް ކުރަންޖެހޭ ހަމައެކަނި އިލާއަކީ، ﷲ ސުބްހާނަހޫ ވަތައާލާ ކަމަށް ހެކިވެ، އެކަލާނގެ މަތިވެރިވަންތަކަމާއި ހައިބަވަންތަކުގެ މައްޗަށް ސަނާ ދެންނެވުމުގަ އެވެ.
ސަޖިދައިގައި އޮންނަ ހިނދު، އިންސާނާގެ އެންމެ މާތް އަދި އެންމެ ޝަރަފުވެރި ގުނަވަން ކަމަށްވާ މޫނު، ބިންމަތީގައި ޖައްސައިގެން ނިކަމެތިކަމާއި މަޑުމޮޅިކަމާ އެކު އޮންނަ އޮތުމަކީ، ﷲ ސުބްހާނަހޫ ވަތައާލާގެ ޙަޟްރަތަށް އިންސާނާ އެންމެ ބޮޑަށް ކުއްތަން ވެގެންވާ ހާލަތެވެ. ނަމަވެސް އެ ނިކަމެތިކަމުގެ ސަބަބުން އިންސާނާގެ ހިތަށް ލިބެނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރައްކާތެރިކަމާއި އަމާންކަމެވެ.
ޒަކާތަކީ، އޭގެ ބޭރުފުށަށް ބަލާއިރު، ތިމާގެ މާލީ ތަނަވަސްކަމުން އުނިވެގެންދާ އެއްޗެއް ކަމުގައި ހީކުރެވިދާނެ އެވެ. އެގޮތަށް ގަބޫލުކުރެވުނަސް، ޒަކާތުގެ ގޮތުގައި ތިމާ ނެރެންޖެހިފައި ހުރި މުދަލާއި ފައިސާއަކީ، ތިމާގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ﷲ ސުބްހާނަހޫ ވަތައާލާ ވަކި މުއްދަތަކަށް ބަހައްޓަވާފައި ހުރި، އެހެން ބައެއްގެ ހައްގެކެވެ. އެއީ ފަގީރުންނާއި މިސްކީނުންނާއި ނިކަމެތިންގެ ހައްގެކެވެ.
ކީރިތި ޤުރްއާނުގެ ސޫރަތުއް ތައުބާގެ 60 ވަނަ އާޔަތުގައި ﷲ ސުބްހާނަހޫ ވަތައާލާ ބަޔާންކުރައްވާފައިވާ ގޮތުން، އެ ތަކެތީގެ ހައްގުވެރިންނަކީ؛ (1) ފަގީރުން، (2) މިސްކީނުން، (3) ޒަކާތް ނެގުމާއި ބެހުމުގައި އުޅޭ އާމިލުން، (4) އަލަށް އިސްލާމްވީ މީހުން، (5) މުސްލިމް އަޅުން މިނިވަންކުރުމަށް، (6) ދަރަނިވެރިން، (7) ﷲގެ މަގުގައި ޖިހާދުކުރާ މީހުން، (8) ހާލުގައި ޖެހިފައިވާ ދަތުރުވެރިން، މި އެވެ.
ﷲ ސުބްހާނަހޫ ވަތައާލާ ބަޔާންކުރައްވާފައި މިވާ ޒަކާތުގެ ހައްގުވެރިންނަށް، އެބައިމީހުންގެ ހައްގު ރައްދުކުރުމުގެ ވަގުތު ޖެހުމުން، އެކަމާ ރުހެވުނަސް އަދި ނުރުހެވުނަސް، ﷲ ސުބްހާނަހޫ ވަތައާލާގެ އަމުރުފުޅަށް ކިޔަމަންވުމުގެ ގޮތުން، އެ ތަކެތި ޒަކާތުގެ ގޮތުގައި ނެރެންޖެހޭނެ އެވެ. ސަބަބަކީ އެއީ، ތިމާގެ ނަފްސު ތާހިރުކޮށްދީ މާލީ ތަނަވަސްކަން އިތުރުކޮށްދޭ އަޅުކަމަކަށް ވާތީ އެވެ.
އެހެން އަޅުކަންތަކާ ހިލާފަށް ހައްޖަކީ، މާލީ ބުރަތަކަކާއި ޖިސްމާނީ ތަކުލީފުތަކަކާ ގުޅިފައިވާ އަޅުކަމެކެވެ. އެހެންކަމުން، ހައްޖު ވާޖިބުވަނީ އެ ބުރަތަކާއި ތަކުލީފުތައް އުފުލުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ އެވެ. އަތްމަތި ދަތި ފަގީރު މީހާ، އެހެން މީހެއްގެ އަތުން ދަރަނި ނަގައިގެން ހައްޖުވުމެއް ނެތެވެ. އަދި ހައްޖަށް ދިޔުމުގެ މަގު އަމާންވެގެން ނުވާ ހާލަތުގައި ވެސް ހައްޖު ވާޖިބެއް ނުވެ އެވެ.
ރޯދައަކީ އެހެން އަޅުކަންތަކާ މުޅިން ތަފާތު އަޅުކަމެކެވެ. ސަބަބަކީ، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ކުރެވޭ ވަރަށް ގިނަ ކަންކަމާ ރޯދައާ ގުޅިފައިވުމެވެ. އެއީ، އެންމެހައި މުންކަރާތްތަކާއި ނޭދެވޭ އަމަލުތަކުން ދުރުހެލިވެގެން ނޫނީ ރޯދައިގެ އަޅުކަން ފުރިހަމަ ނުވުމެވެ. ރޯދައަށް ހުރުމުން ބަނޑުހައިވެ ކަރުހިއްކުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ވަރުބަލިކަމާ ގުޅިގެން ޝަހުވަތަށް ބޭނުންޖެހޭ މިންވަރު ދަށްކޮށްދެ އެވެ. ނަމަވެސް، އެ ބަނޑުހައިކަމާއި ވަރުބަލިކަމުގެ ސަބަބުން ކުރިމަތިވާ އެހެން ނުރައްކަލެއް އޮވެ އެވެ. އެއީ ރުޅި އިސްވުމެވެ. ނަތީޖާއަކަށް ވަނީ، ނަފްސު ކޮންޓްރޯލު ނުކުރެވި ތިމާގެ އަތްފައިން ގޯސް ހެދުމާއި ތިމާގެ ދުލުން ހަޑިހުތުރު ބަސްތައް ބޭނުންކުރަން ފެށުމެވެ. ކިތަންމެ ބަނޑުހައިވެ ރުޅި ގަދަވިޔަސް، އެފަދަ އަމަލެއް ކޮށްފި ނަމަ، އޭނާގެ ރޯދަ ފުރިހަމައެއް ނުވާނެ އެވެ.
ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ޙަދީޘްކުރެއްވިއެވެ؛ مَنْ لَمْ يَدَعْ قَوْلَ اَلزُّورِ وَالْعَمَلَ بِهِ وَالْجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ މާނައީ: ދޮގު ވާހަކަތައް ދެއްކުމާއި ނުބައި އަމަލުތައް ކުރުމާއި ޒުވާބުކޮށް ހަޑިހުތުރު އެއްޗެހި ގޮވުން ހުއްޓައި ނުލާ މީހާ، ކެއުން ބުއިމުން ދުރުވެގެން ހުރުމަކަށް މާތް ﷲ އެދިވޮޑިއެއްނުގަންނަވަ އެވެ.
ހައްޖުގެ އަޅުކަމަކީ އެހެން ދީންތަކުގެ މައްޗަށް އިސްލާމް ދީނުގެ ހައިބަތާއި މަހާމު މަތިވެރިވެގެންދާ އަޅުކަމެކެވެ. މުސްލިމުން ހައްޖުވާ ފަދައިން، އަދާކުރަންޖެހޭ އެއްވެސް އަޅުކަމެއް އެހެން ދީނަކުން ނުފެނެ އެވެ. ހައްޖުގެ އަޅުކަމަކީ ވެސް، ހާލިގުވަންތަ އިލާހާއި އެ ކަލާނގެ އަޅުތަކުންނާ ދެމެދު އޮންނަ ވަރުގަދަ ގުޅުން ރަމްޒު ކޮށްދޭ އަޅުކަމެކެވެ. ހަމައެފަދައިން، އަޅުތަކުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި އެ އަޅުތަކުން ހަމަހަމަވެގެންވާކަން، ހައްޖުވެރިން ލައިގެން ތިބޭ އިޙްރާމުން އެކަނިވެސް ކަށަވަރުވެ އެވެ.
އެހެން އަޅުކަންތަކާ ހިލާފަށް ހައްޖަކީ، މާލީ ބުރަތަކަކާއި ޖިސްމާނީ ތަކުލީފުތަކަކާ ގުޅިފައިވާ އަޅުކަމެކެވެ. އެހެންކަމުން، ހައްޖު ވާޖިބުވަނީ އެ ބުރަތަކާއި ތަކުލީފުތައް އުފުލުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ އެވެ. އަތްމަތި ދަތި ފަގީރު މީހާ، އެހެން މީހެއްގެ އަތުން ދަރަނި ނަގައިގެން ހައްޖުވުމެއް ނެތެވެ. އަދި ހައްޖަށް ދިޔުމުގެ މަގު އަމާންވެގެން ނުވާ ހާލަތުގައި ވެސް ހައްޖު ވާޖިބެއް ނުވެ އެވެ.
މީގެ އިތުރުން، ހައްޖުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ އަޅުކަންތަކުން ސާބިތުކޮށްދެނީ، ހާލިގުވަންތަ އިލާހުގެ އަމުރުފުޅެއް އަތުވެއްޖެ ނަމަ އެކަމެއް އެ ގޮތަކަށް ކުރުމަށް އަޅުތަކުން ރުހި ގަބޫލުވެގެން ތިބެން ޖެހޭނެ ކަމެވެ. ކިތަންމެ ބޮޑެތި ގުރުބާނީތަކެއް ވެގެން ވިޔަސް، އެކަލާނގެ އަމުރުފުޅެއް ތަންފީޒުކުރަން، އަޅުތަކުން ތައްޔާރަށް ތިބެން ޖެހޭނެ ކަމެވެ.
އިސްވެ މި ދެންނެވި އަޅުކަންތަކަށް އެކަނި ވިސްނައިލިޔަސް، އަޅުތަކުން ކުރުމަށް ވާޖިބު ކުރައްވާފައިވާ ކަންތައް ވަރަށް މަދެވެ. އަދި އެހާމެ ލުއި ފަސޭހަ އެވެ. އޭގެ އިތުރުން، ދިރިއުޅުމުގެ މުއާމަލާތްތަކުގެ ތެރެއިން ވަރަށް މަދު ކަމެއް ނޫނީ، އެހެން ހުރިހައި ކަމެއް އޮތީ ހުއްދަ ކުރައްވައި ދޫކޮށްލައިފަ އެވެ. މުއާމަލާތްތަކުގެ ތެރެއިން، ޝަރުޢީ ނައްސަކުން ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަމެއް ނޫނިއްޔާ، ދެން ހުރީ މުޅިން ވެސް ހުއްދަ ކަންކަމެވެ.
އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހަރާމް އަދި ހަލާލްގެ ދާއިރާ އަށް ބަލާއިރު ވެސް، ފެންނަނީ އަޅުތަކުންގެ އާންމު މަސްލަހަތު ހިމާޔަތް ކުރުމަށް އިސްކަން ދީފައިވާ މިންވަރެވެ. ކަމެއް ހަރާމް ކުރައްވާފައިވާ އިރު، އެ ކަމަކުން ނުކުންނަ ނަތީޖާ އެ އަށް ވުރެ ފުރިހަމަ އަށް ހާސިލު ކުރެވޭނެ ހަލާލު މަގެއް އޮތީ ދައްކަވައިފަ އެވެ. ރިބާ ހަރާމް ކުރެއްވި އިރު ވިޔަފާރި ހަލާލު ކުރެއްވި އެވެ. ޒިނޭ ހަރާމް ކުރެއްވި އިރު ކާވެނި ހަލާލު ކުރެއްވި އެވެ. ވައްކަން ހަރާމް ކުރެއްވި އިރު، ސަދަގާތާއި ޒަކާތާއި އެހީފޯރުވުން ހަލާލު ކުރެއްވި އެވެ. މި ދެންނެވި ހަމަތަކުން ބަލާއިރު ރަމަޟާން މަހުގެ ރޯދައަކީ ވެސް، އަޅުތަކުންގެ މައްޗަށް ހުރި ބުރައެއް ނޫނެވެ. ރަމަޟާން މަހުގެ ރޯދައަކީ ނިއުމަތްތަކެކެވެ. އެތައް ހާސް ފުރުސަތެކެވެ. ނަފްސު އިސްލުކޮށް، މުޅިން އައު ފޭރާމެއްގައި ހަޔާތުގެ ދަންފަޅި ފުރިހަމަކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ބުއްދިވެރިންނަކީ މިފަދަ ފުރުސަތުގެ ބޭނުން ހިފާ މީހުންނެވެ.
ތަރާވީހު، ދަމުނަމާދުގެ ރަކްއަތްތަކުގެ އަދަދަކީ ކޮބާ؟
ނުކައި ނުބޮއެ ހުރުމަކީ ރޯދަހިފުމެއް ނޫން
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ރޯދަމަހާއެކު، ނަފުސު ކޮންޓްރޯލްކޮށް، މީހާ ތަރުތީބުވޭ
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
މަރްޙަބާ ޔާ ރަމަޟާން
ރޯދަމަހުގައި ވެސް އުފެއްދުންތެރިކަން ދަށްވިޔަ ނުދިނުން
ހަތް އަހަރު ވުމުން ނަމާދު، ރޯދަހިފަން ބާރު އަޅަންޖެހޭ