ސީރިއާގެ އާ ސަރުކާރުން ހިންގި މި ފަހުން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި އާންމުންގެ ތެރެއިން މަދުވެގެން 1،383 މީހަކު މަރުވެފައިވާ ކަމަށާއި މީގެ ތެރޭގައި ގިނައީ ކުރީގެ ރައީސް ބައްޝާރުލް އަސަދު ނިސްބަތްވާ އަލަވީ ފިރުގާގެ މީހުން ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
ސީރިއާގެ އާ ސަރުކާރުން ހިންގި މި ފަހުން ހިންގި އަސްކަރީ އޮޕަރޭޝަންތަކުގައި އާންމުންގެ ތެރެއިން މަދުވެގެން 1،383 މީހަކު މަރުވެފައިވާ ކަމަށާއި މީގެ ތެރޭގައި ގިނައީ ކުރީގެ ރައީސް ބައްޝާރުލް އަސަދު ނިސްބަތްވާ އަލަވީ ފިރުގާގެ މީހުން ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
އެ އޮބްޒަވޭޓަރީން ބުނީ މެޑިޓެރޭނިއަންގެ އައްސޭރިފަށުގައި ބައި މަދު އަލަވީންގެ އުޅޭ ސަރަހައްދުގައި ދިން ހަމަލާތަކުގައި ސަލާމަތީ ބާރުތަކުން އާންމުން މެރީ "ގަތުލްކުރާ" އުސޫލުން ކަމަށެވެ. ހަމަލާތައް މި ވަގުތު ހުއްޓާލާފައި ވިޔަސް މަރުވި މީހުންގެ އަދަދު އަދިވެސް މަތިވަމުންދާ ކަމަށާއި ދަނޑުބިންތަކާއި ގެތަކުގެ ތެރެއިން މީހުންގެ ހަށިތައް ފެންނަމުންދާ ކަމަށް ބުންޏެވެ.
އެ ޖަމާއަތުން ބުނީ މަރުވި މީހުންގެ އަދަދުތައް އެންމެ ފަހުން ލިބުނީ އައްސޭރިފަށުގެ ޕްރޮވިންސްތައް ކަމަށްވާ ލަޓާކިއާ އާއި ޓާޓަސް އާއި މެދުތެރޭގެ ޕްރޮވިންސް ހަމާ އިން ކަމަށެވެ.
ސަލާމަތީ ބާރުތަކާއި އެ މީހުންނާ ގުޅިފައިވާ ޖަމާއަތްތަކުން މީހުން ތަންތަނަށް އެއްކޮށް މަރާފައިވާ ކަމަށާއި މަޖުބޫރުކޮށްގެން ގެދޮރުން ނެރެ، ގެދޮރުގައި ހުޅުޖެހުން ފަދަ އަމަލުތައް ހިންގި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
މި ހަމަނުޖެހުންތައް ފެށުނީ ބައްޝާރަށް ތާއީދުކުރާ އަލަވީ ހަނގުރާމަވެރިންގެ ބަޔަކު ސަލާމަތީ ބާރުތަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި ސަލާމަތީ ބާރުތަކުގެ 231 މީހަކާއި ބައްޝާރަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ވެސް 250 މީހަކު މަރުވި ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.
ބައްޝާރުގެ ވެރިކަން ވައްޓާލި ސުންނީ އިސްލާމީ ޖަމާއަތެއް ކަމަށްވާ ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) ގައި އިސްކޮށް ހުންނެވި އިންތިގާލީ ރައީސް އަހްމަދު އަލް ޝަރާ ވަނީ "އާންމުންގެ ލޭ އޮހޮރުވުމުގެ" ފަހަތުގައި ތިބި މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ވިދާޅުވެ، ތަހުގީގު ކޮމިޓީއެއް އުފައްދަވައިފަ އެވެ.
ސީރިއާގެ ހަމަނުޖެހުންތަކުގައި ހާހެއްހާ މީހުން މަރު
ސީރިއާގެ ލީޑަރާއި ސައޫދީ ވަލީއަހުދުގެ ބައްދަލުވުމެއް
ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅު އުވާލަންޖެހޭ: ސައޫދީ
ސީރިއާއަށް އެހީވާން ބޮޑު ސަމިޓެއް ސައޫދީގައި ފަށަނީ
ސީރިއާގައި ޓެރަރިސްޓުންނަށް ޖާގައެއް ނެތް: އުރުދުޣާން
ސީރިއާ އަދި ޖޯޑަން މީހަކު ޑީޕޯޓްކުރަނީ
އެޗްޓީއެސްއަކީ ޓެރަރިސްޓުންކަމަށް ރާއްޖެއިން ބަލާނެ
"ސީރިއާގެ ޖަމާއަތްތަކުން ހަތިޔާރު ބަހައްޓަން އެއްބަސް"
ސީރިއާއާ ދެކޮޅު ފިޔަވަޅުތައް އުވާލަންޖެހޭ: ގަތަރު
ސީރިއާގެ ހަނގުރާމަވެރިންގެ ހަތިޔާރު ސަރުކާރަށް ނަގަނީ