އިދިކޮޅު އެމްޑީޕީގެ "އާދަޔާ ޚިލާފު" ކޮންގްރެސްއެއް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފި އެވެ.
08 އެޕްރީލް 2025
އިދިކޮޅު އެމްޑީޕީގެ "އާދަޔާ ޚިލާފު" ކޮންގްރެސްއެއް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލް ކޮށްފައިވާ ގައުމީ މަޖިލީހުގެ ޖަލްސާއަށް ވަނީ އާދަޔާ ހިޔާލު ކޮންގްރެސް ބޭއްވުމާ މެދު ގޮތެއް ނިންމުމަށް އެޖެންޑާކޮށްފަ އެވެ.
އެ ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައި ވާ ގޮތުން އާދަޔާ ހިލާފު ކޮންގްރެސްއެއް ވީ އެންމެ އަވަހަކަށް ބާއްވަން ނިންމައި، ތާރީޚެއް ކަނޑައެޅުން ވަނީ ހިމަނައިފަ އެވެ. އަދި އެކަމާ ގުޅިގެން އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަމަށް ކޮމިޓީއެއް ނެގުމަށް ވެސް ވަނީ ހިމަނައިފަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ކޮންގްރެސް ބާއްވަން ޖެހެނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެވެ. ނަމަވެސް، އެ މުއްދަތުގައި އާދަޔާ ހިލާފު ކޮންގްރެސް ބޭއްވުމުގެ ފުރުސަތު އޮވެ އެވެ.
އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބޭއްވީ އޮގަސްޓު، 2022 ގަ އެވެ. ގައުމީ މަޖިލީހުގެ މެންބަރުންނާއި މޭޔަރުންނާއި ގޮފިތަކުގެ ރައީސުންނާއި ކައުންސިލަރުން ހިމެނޭހެން އެ އަހަރުގެ ކޮންގްރެސްގައި 1،400 އަށް ވުރެ ގިނަ މެންބަރުން ވަނީ ބައިވެރިވެފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރަށް ފަސްކޮށްފި
މިތިބީ ތާށީގައި، އެކަމަކު ވައުދު އެބަފުއްދަން: ނަޝީދު
އެމްޑީޕީގެ ކެންޑިޑޭޓު ކަނޑައެޅުން ގައުމީ މަޖިލީހަށް
ފައްޔާޒުގެ ތާއީދު އިބޫގެ ކެންޑިޑޭޓް ގަޕޯއަށް
ޝާހިދު ހަނދާން ކޮށްދިނީ ވަހީދު އަމަލުކުރި ގޮތް!
ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ ވަހީދު ފަހަތަށް!
ވަގުތީ ޗެއާޕާސަން ހޮވަން ބޭއްވި ބައްދަލުވުން ހޫނުވެއްޖެ
ޗެއާޕާސަންގެ ޒިންމާ ހަވާލުކުރާނެ ބޭފުޅަކު ކަނޑައަޅަނީ
އޮގަސްޓްގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ
"އަޅުގަނޑު ޕާޓީ ހިންގަން ބޭނުންނުވާ މީހުން އުޅޭ"