Roadha Mihaaru
މިތިބީ ތާށީގައި، އެކަމަކު ވައުދު އެބަފުއްދަން: ނަޝީދު

މިތިބީ ތާށީގައި، އެކަމަކު ވައުދު އެބަ ފުއްދަން: ނަޝީދު

07 ޖުލައި 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ބޮޑު ދައްޗަކާ ކުރިމަތިވެފައިވާ ކަަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ ވައުދުތައް އަންނަނީ ފުއްދަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ބޮޑު ދައްޗަކާ ކުރިމަތިވެފައިވާ ކަަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ ވައުދުތައް އަންނަނީ ފުއްދަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިހާރު މިތިބީ ތާށީގައި ކަމަށް އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 އާ ހެދި ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމަށް އިޝާރާތް ކުރައްވަ އެވެ. އެ ހާލަތުން އަރައިގަނެވޭނެ ކަމަށާއި ސަރުކާރުން އެކަމުގައި މަސައްކަތް ކުރަމުން އަންނަނީ ރަނގަޅަށް ކަމަށް ވެސް ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލްގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވައުދުތައް ރަނުން ރަނަށް ފުއްދައި ދޭނެ ކަމަށާއި ވެފައި ހުރި ބައެއް ވައުދުތައް މިހާރުވެސް ފުއްދާފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ދޭ ނާސްތާއާއި ކުދި އަދި ހިލޭ މަތީ ދޭ ތައުލީމު ދިނުމުގެ ވައުދުވެސް ފުއްދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ފުއްދާފައިވާ އަނެއް ވައުދަކީ ނަޝީދު ވިދާޅުވި ގޮތުގައި މަތީ ތައުލީމަށް ލޯނު ދޫކުުރުމުގެ ވައުދެވެ.

"ރައީސުލް ޖުމްހޫރިއްޔާ އަވަދިނެތި އެ އުޅުއްވާ އުޅުއްވުމަކީ މި މަސައްކަތް، އަޅުގަނޑުމެންގެ ވައުދުތައް ރަނުން ރަނަށް ރައްޔިތުންނަށް ފުއްދައިދިނުން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެމްޑީޕީގެ މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ލާމަރުކަޒީ ނިޒާމުގެ ވައުދު ވެސް ފުއްދަމުން އަންނަ ކަމަށް ވިދާޅުވެ އެމަނިކުފާނު ދެއްކެވި މިސާލަކީ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ބަޖެޓް ދޫކުރަން ފެށުމާއި އަމިއްލަ އަށް މަސައްކަތްތައް ޓެންޑާ ކުރެވޭ ގޮތް ހެދުމެވެ. އޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވާ ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް އެތެރެކުރާ މުދަލުން ޑިއުޓީ ކުޑަވާ ގޮތަށް މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަކީ ވެސް ލާމަރުކަޒު ވުމަށް އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިިފި އާދަޔާހިލާފު ނިންމުމެއް. މި ދިވެހިރާއްޖެއަށް އެތެރެކުރާ ކޮންމެ އެއްޗެއް ނަމަވެސް ޑިއުޓީއަށް ނަގާ ނިސްބަތް ފަންސާސް ޕަސެންޓުން ކުޑަވާނޭ އުތުރާ ދެކުނުގެ ބަނދަރަށް ބޭލީމާ. އެއަށް ވުރެ ބޮޑަށް ލާމަރުކަޒީ ނިޒާމުގެ އުސޫލެއް އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓެކްސްގެ ގާނޫނު އެގޮތަށް އިސްލާހުކުރުމުން އެ ދެ ބަނދަރު ފަތު އަޑުކިޔާފައި ހިނގާނެ އެވެ. އެހެންވެ މަސައްކަތާއި ވަޒީފާގެ ފުރުސަތު އެ ސަރަހައްދުގައި އުފެދޭނެ ކަމަށާއި ލާމަރުކަޒީ ނިޒަމަކީ އެއީ ކަަމަށް ވެސް ވިދާޅުވި އެވެ. ރާއްޖޭގެ އެންމެން މާލެއަށް ގެނެސް "އަވަދިކުރާކަށް އެމްޑީޕީއަކުން ނޫޅޭ" ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަަކަށް ނަޝީދު ރައްދު ދެއްވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ މުޅި މިރާއްޖެ ތަރައްގީ ކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެމްޑީޕީގެ މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ތެރެއިން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިންސާފު ހޯދައި ދިނުމަށް ވެފައިވާ ވައުދާ އެއްގޮތަށް ކޯޓްތައް އިސްލާހުކޮށްފައިވާ ކަމަށާއި އެގޮތުން ސުޕްރީމްކޯޓު ބަދަލުކޮށްލެއްވިއްޖެ ކަމަށާއި މިހާރު އެ ކޯޓުގެ ފަނޑިޔާރުން ތެދުވެރިކަމާ އެކު މަސައްކަތް ކުރަމުން އެބަދާކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އިންސާފުގެ މަގު އެގޮތުން ކާމިޔާބު ކުރެވެމުންދާތަން ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.