Roadha Mihaaru
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ހައްޔަރުކޮށްފި

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ހައްޔަރުކޮށްފި

17 މާޗް 2017

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ތޮއްޔިބު ޝަހީމް ރޭ ހައްޔަރުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ތޮއްޔިބު ޝަހީމް ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝިލަކު ވިދާޅުވި ގޮތުގައި ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބު ހައްޔަރު ކުރީ ރޭ ދަންވަރު 12 ޖަހާކަންހާއިރު ކަމަށެވެ.

ނަމަވެސް ތޮއްޔިބު ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ތޮއްޔިބު ހައްޔަރުކުރީ މާލޭގެ ހޮޓަލެއްގެ ތެރޭގައި ކާން އިންދަ އެވެ.

ތޮއްޔިބަކީ ޓުވިޓާގައި ސަރުކާރަށް ފާޑު ކިޔައި، ސަރުކާރުން ހިންގާ އެކިއެކި ކަންކަމާއި ގުޅޭ ބައެއް މައުލޫމާތުތައް ހާމަކުރަމުން އަންނަ މީހެކެވެ. އޭނާ ހައްޔަރުކުރީ ފ. އަތޮޅުގައި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަކުން ހިންގަން އުޅޭ މަޝްރޫއާ ބެހޭ މައުލޫމާތުތައް ހާމަކުރަމުން ދަނިކޮށެވެ.

އެގޮތުން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ބަޔަކާ އެކު ދެއްކެވި ވާހަކަތައް ހިމެނޭ އޯޑިއޯއެއް ލީކް ކުރީ ވެސް ތޮއްޔިބެވެ.

ތޮއްޔިބު ހައްޔަރު ކުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، ތޮއްޔިބު ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު ހެލިކޮޕްޓަރުތަކެއްގައި ގެނައި ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު، އެމްއެމްއޭއަށް ވެއްދި ކަމަށް ތުޙުމަތުކޮށް ޓްވީޓްތަކެއް ކުރި ފަހުންނެވެ.

އެހެންވެ، ނަޝީދު ވަނީ ސަރުކާރުން ހިންގަމުން އަންނަ މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ތޮއްޔިބު ވަގުތުން ދޫކޮށްލުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.