ގައުމީ ޓީމުގެ ހާލަތު ބަދަލު ކުރެވޭނީ އެކުވެރިކަމުގެ ގިނަ މެޗުތައް ކުޅެން ލިބިގެން ކަމަށް ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
19 ނޮވެމްބަރ 2025
ގައުމީ ޓީމުގެ ހާލަތު ބަދަލު ކުރެވޭނީ އެކުވެރިކަމުގެ ގިނަ މެޗުތައް ކުޅެން ލިބިގެން ކަމަށް ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އިއްޔެ ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މޯހަން ބުނީ ރަސްމީ މެޗުތަކުގައި ގޯސްތައް މަދުކޮށް ކުޅެވޭނީ އެކުވެރިކަމުގެ މެޗުތައް ކުޅެގެން ކަމަށެވެ.
އޭނާ ބުނީ ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތުގެ ގޮތުން މެޗުތަކެއް އިންތިޒާމު ނުކުރެވެނީ ކަމަށް ވެދާނެ އެވެ. އެކަމަކު ޓީމަށް ބަދަލު ގެނެވޭނީ ކައިރިކައިރީގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެގެން ކަމަށް އޭނާ ބުންޏެވެ.
"ފްރެންޑްލީ (މެޗު) ތައް ކުޅުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ވެސް ކުރަންޖެހޭ ކަމެއް އެއީ. ދެން އަދި ހާލަތު ހުރި ގޮތުން ހުރިހާ ކަމެއް ހަމަނުޖެހި ދިޔަކަމުގައި ވީނަމަވެސް،" މޯހަން ވާހަކަ ދެއްކި އެވެ.
އޭނާ ބުނި ގޮތުގައޮ އިއްޔެގެ މެޗުގައި ވެސް ފުރުސަތުތައް އުފައްދަން ވެސް ކުޅުންތެރިން މަސައްކަތް ކުރި އެވެ. ގޭމް ކުޅެން މަސައްކަތް ކުރާ މަންޒަރު ވެސް ފެނުނުކަން އޭނާ ފާހަގަ ކުރި އެވެ. އެކަމަކު ތަނަވަސް ކުރި ފުރުސަތުތަކުގައި ބޭނުން ނުހިފެނީ ކައިރިކައިރިން ގިނަ މެޗުތަކެއް ކުޅެން ނުލިބޭތީ ކަމަށް މޯހަން ބުންޏެވެ.
"މިކަހަލަ ކަންތައްތައް ހަގީގަތުގައި މި ދިމާވަނީ ގިނަ މެޗުތަކެއް ކައިރިކައިރީގައި ކުޅެން ނުލިބޭތީ. ވަރަށް ދޭތެރެ ދުރުކޮށް ކުޅެން މި ޖެހުނީ،" މޯހަން ބުންޏެވެ.
މޯހަން އާއި ގައުމީ ޓީމުގެ ޒުވާން ފޯފާޑް އިލާން އިމްރާން ތީމުގެ ޕްރެކްޓިހުގައި --- ފޮޓޯ: އެފްއޭއެމް
އިއްޔެގެ މެޗުން މުޅިން އަލަށް ދެ ކުޅުންތެރިޔަކަށް މޯހަން ވަނީ ފުރުސަތު ދީފަ އެވެ. އެއީ ޑިފެންޑަރު ގާސިމް ތޯއިފާއި ފޯވާޑް އީތަން އިބްރާހިމް ޒަކީ އެވެ. ކޯޗު ބުނީ އެ ދެ ކުޅުންތެރިންނަށް ދިން ފުރުސަތުގައި ރަނގަޅަށް މަސައްކަތް ކުރިތަން ފެނުނު ކަމަށެވެ.
އެކަމަކު ރަސްމީ މެޗުތަކުގައި ގައުމީ ޖޯޒީގައި މުޅިން އާ ކުޅުންތެރިޔަކަށް ފުރަތަމަ ފުރުސަތު ދިނުމުގައި، އޭނާގެ އަމިއްލަ ނަފުސަށް ވެސް ޖެހިލުންވުމެއް ކުރިމަތިވާކަމަށް މޯހަން ބުންޏެވެ.
"(އެ ކުޅުންތެރިންނަށް ގައުމީ ޖޯޒީގައި ފުރަތަމަ ފުރުސަތު ދޭން) އެއްބައިފަހަރަށް އުނދަގޫވެގެންދޭ ރަސްމީ މެޗަކުން ވީމަ. މުބާރރާތުގެ މެޗަކުން ވީމަ. އެ ކުދިންނަށް ވެސް އަންނަ ވަރަށް ބޮޑު ޕްރެޝަރަކަށް ވެގެންދާނީ. އެ ކުދިންނަށް ޕްރެޝަރު ހޭންޑްލް ކުރެވޭނެތޯ. ނޫންތޯ. މިކަހަލަ ލެވަލްގެ ސުވާލު ކޮންމެވެސް ވަރަކަށް އުފެދޭ،" މޯހަން ބުންޏެވެ.
"އެހެންނަމަވެސް ފްރެންޑްލީ ކުޅޭއިރު މިސްޓޭކް ހެދުނަސް އޯކޭ. (އެ މެޗުތަކުގައި) ރިޒަލްޓެއް ނޫން އެންމެ މުހިންމީކީ. އެކަހަލަ މެޗުތައް އަޅުގަނޑުމެން ކުޅެގެން ގިނަ (އާ) ކުޅުންތެރިން ނެރެވޭނެ."
އޭނާ ބުނިގޮތުގައި ގައުމީ ޓީމު ސްކޮޑަށް އާ ކުޅުންތެރިން ނަގައި ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ކުޅެ މުޅި ޓީމު ބަދަލުކުރުމުގެ ފުރުސަތު ވެސް އެކުވެރިކަމުގެ މެޗުތަކުން ހޯދޭނެ ކަމަށެވެ.
ޓީމުގެ ދިފާއީ ޕްލޭނުގައި ހައްލުތަކެއް ހޯދިއްޖެ: މޯހަން
ކުޅުމަށް ބަލައި ނަތީޖާ ގަބޫލުކުރަން މޯހަންއަށް އުނދަގޫ
ހޯމް އެޑްވާންޓޭޖާއި ޕްރެޝަރު ވެސް އެބައޮތް: މޯހަން
ބަލިނުވެ ސަލާމާތްވާން ރާއްޖެއަށް ގޮތެއް ހަދާލެވިދާނެ
ގައުމީ ކޯޗުކަމުގައި މޯހަންގެ ފަހު މެޗުތަ؟
މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!
ކުރިމަގުގެ މެޗަށް ހަމްޕް އެދުނީ ސަޕޯޓަރުންގެ އެހީއަށް!
ފިލިޕީންސްގެ ކޯޗު ބުނީ ރާއްޖޭގައި ކުޅެން އުނދަގުކަމަށް
ކީޕަރު އަޝްވާނާއި ވެލެންސިއާގެ އީތަން ގައުމީ ޓީމަށް
ޔޫރަޕްގައި ކުޅެވޭނެ ކުޅުންތެރިން ރާއްޖޭގައި އެބަތިބި