ރާޒުވާއަކީ ގޭމްބްލިންއާ ގުޅުން ހުރި ކުޅިވަރެއްކަމަށް ބުނެ އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ސަރުކާރުން، މުއްދަތެއް ނެތް ގޮތަށް ގައުމުގައި ރާޒުވާ ކުޅުން މަނާކޮށްފި އެވެ.
ރާޒުވާއަކީ ގޭމްބްލިންއާ ގުޅުން ހުރި ކުޅިވަރެއްކަމަށް ބުނެ އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ސަރުކާރުން، މުއްދަތެއް ނެތް ގޮތަށް ގައުމުގައި ރާޒުވާ ކުޅުން މަނާކޮށްފި އެވެ.
"އިސްލާމީ ޝަރީއަތުގައި ރާޒުވާ ބެލެވެނީ ގޭމްބްލިންއާ ގުޅުން ހުރި ކަމެއް ގޮތުގައި. ކުޅިވަރެއް ގޮތުގައި ބެލެވިފައި އޮންނަ ރާޒުވާއާ ދީނީ ގޮތުން ފުށުއެރުންތަކެއް އެބަހުރި،" އެ ގައުމުގެ ސްޕޯޓްސް ޑިރެކްޓޮރޭޓް ސްޕޯކްސްޕާސަން އަތަލް މަޝްވާނީ ވިދާޅުވި އެވެ.
"މި ކަންކަމަށް ހައްލެއް ލިބެންދެން، އަފްޣާނިސްތާނުގައި ރާޒުވާ ކުޅުން ވަނީ މަނާ ކުރެވިފައި."
މަޝްވާނީ ވިދާޅުވީ އެ ގައުމުގެ ރާޒުވާ ފެޑެރޭޝަނުން ފާއިތުވި ދެ އަހަރު އެއްވެސް މުބާރާތެއް ބާއްވާފައި ނުވާ ކަމަށާއި ލީޑާޝިޕް ލެވެލްގައި ވެސް މައްސަލަތަކެއް ހުރި ކަމަށެވެ.
ރާޒުވާ މުބާރާތްތައް ބާއްވާ އަފްޣާނުގެ ކެފޭގައި ބަޔަކު ރާޒުވާ ކުޅެނީ.-- ފޮޓޯ: އޭއެފްޕީ
އެ ގައުމުގައި ނުރަސްމީ މުބާރާތްތައް ބާއްވަމުން އަންނަ ކެފޭ އަކުން ވަނީ ތާލިބާން ސަރުކާރުގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މުސްލިމް މެޖޯރިޓީ އޮންނަ އެހެން ގައުމުތަކުގައި ވެސް ރާޒުވާ ކުޅޭ. އަދި ބައިނަލްއަގުވާމީ ލެވެލްގައި ވެސް އިސްލާމީ ގައުމުތަކުގެ ކުޅުންތެރިން މި ކުޅިވަރުގައި ވާދަ ކުރޭ،" ކެފޭގެ ވެރިޔާ ބުންޏެވެ.
ތާލިބާނުން 2021 ވަނަ އަހަރު އެ ގައުމު ވެރިކަމަށް އައިސް ވަނީ ކުޅިވަރުތަކުގައި ވާދަ ކުރުމުގެ ފުރުސަތުތައް ވަރަށް ބޮޑަށް ހަނި ކޮށްފަ އެވެ. އެގޮތުން އަންހެނުންނަށް އެއްވެސް ކުޅިވަރެއްގައި ޝާމިލުވެ އުޅުމަކީ މިހާރު ވެސް މަނާ ކަމެކެވެ.
މިދިޔަ އަހަރު ތާލިބާނުން ވަނީ މިކްސްޑް މާޝަލް އާޓްސް ފަދަ ފްރީ ފައިޓިން މުބާރާތްތަކުގައި ބައިވެރިވުން މަނާ ކޮށްފަ އެވެ. ތާލިބާނުން ބުނީ އެއީ ނުރައްކާ ކުޅިވަރަކަށް ވެފައި، އިސްލާމީ ޝަރީއަތާ ވެސް ފުށުއެރުންތަކެއް ހުރި ކަމަށެވެ.
ކޮޕް ސަމިޓަށް ދައުވަތު ނުދޭތީ ތާލިބާނުން ޝަކުވާކޮށްފި
ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާދީ އެތައްބަޔަކު މަރު
އަފްޣާނިސްތާނުގައި މުއާސަލާތީ ހިދުމަތް އަލުން ދީފި
އަފްޣާނިސްތާނުން މުއާސަލާތީ ހިދުމަތް ކަނޑާލައިފި
އިންޑިއާ އަކީ މުހިންމު ބައިވެރިއެއް: ތާލިބާން
ތާލިބާނުންނަށް ހައިސިއްޔަތެއް ނުދޭން މަލާލާ ގޮވާލައިފި
ތާލިބާނުގެ މަންދޫބާ ސަފީރު ބައްދަލުކުރީ ހުއްދަނެތި
ތުނބުޅި ނެތުމުން 280 މީހަކު ވަޒީފާއިން ވަކިކުރި
އަފްޣާނިސްތާނުގައި ނަމާދު ނުކުރާ މުވައްޒަފުންނަށް އަދަބު
ތާލިބާނުން އަންހެން މުވައްޒަފުންގެ މުސާރަ ކުޑަކޮށްފި