Roadha Mihaaru
ހުޅުމާލޭގައި ބޮޑު ފޭރުމެއް

ހުޅުމާލޭގައި މީހެއްގެ އަތުން 15،000 ޑޮލަރާއި 150،000ރ. ފޭރިގެންފި

29 މެއި 2019

ހުޅުމާލޭގައި މިރޭ މީހެއްގެ އަތުން 15،000 ޑޮލަރާއި 150،000ރ. ފޭރިގެންފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލޭގައި މިރޭ މީހެއްގެ އަތުން 15،000 ޑޮލަރާއި 150،000ރ. ފޭރިގެންފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލޭގެ ސިޓީ އޮންލައިން އޭޝިއާ ކައިރިން އެ ފައިސާތައް ފޭރިގަތީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ކަމަށް ފުލުހުން ބުންޏެވެ. ހެލްމެޓު އަޅައިގެން ތިބި އެ މީހުން ފޭރުނީ މާލެ އިން ހުޅުމާލެ އަށް ދިޔަ މީހެއްގެ އަތުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ހަތަރު މީހުން ފޭރުނީ ފުލުހުން ބުނިގޮތުގައި މާލެ އިން ހުޅުމާލެ އަށް ދިޔަ ސައިކަލްގެ މަޑިދަށުގައި ހުރި ފައިސާތަކެކެވެ. އެ ފައިސާތަކާ އެކު، އެ މީހާ ހުޅުމާލެ އަށް އެރިތަނުން އޭނާގެ ހެލްމެޓުގައި އެއްޗަކުން ޖަހައި ވައްޓާލުމަށް ފަހު، ސައިކަލްގެ މަޑި ހަލާކުކޮށް، ފައިސާތައް ފޭރުނީ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ބަޔަކު ހައްޔަރެއް ނުކުރެ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިރޭ 12:05 ގައި ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި ދާދި ފަހުން އާދަޔާ ޚިލާފަށް ބޮޑެތި އަދަދުތަކުން ފޭރުން ވަރަށް ބޮޑަށް އާންމުވި އެވެ. މިރޭ މި ފޭރުނީ އެފަދަ ކަމެއް އެތަނުގައި ނުހިނގާތާ ދުވަސްކޮޅެއް ފަހުންނެވެ.