Roadha Mihaaru
މޯލްޑިވްގޭސްގެ ފައިސާތަކެއް ހުޅުމާލޭން ފޭރިގެންފި

މޯލްޑިވް ގޭސްގެ ގިނަ އަދަދެއްގެ ފައިސާތަކެއް ހުޅުމާލެ އިން ފޭރިގެންފި

21 އޮކްޓޯބަރ 2018

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކައްކާ ގޭސް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ މޯލްޑިވްސް ގޭސްގެ ގިނަ އަދަދެއްގެ ފައިސާތަކެއް ހުޅުމާލެ އިން މިއަދު ފޭރިގަނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކައްކާ ގޭސް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ މޯލްޑިވްސް ގޭސްގެ ގިނަ އަދަދެއްގެ ފައިސާތަކެއް ހުޅުމާލެ އިން މިއަދު ފޭރިގަނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި މިއަދު ފޭރިގަތީ މޯލްޑިވް ގޭސްގެ ފައިސާތަކެއް ބޭންކަށް ޖަމާކުރަން ދިިޔަ މަގުމަތީގައި ހުޅުމާލެ ސެންޓްރޯ މޯލް ކައިރިންނެވެ. މި ހާދިސާގައި ފޭރިގަނެގެން ގެންދިޔައީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގޭ ކަމަށާއި މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މި ފޭރުމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވް ގޭސްގެ ފަރާތުން ބަހެއް ލިބިފައެއް ނުވެއެވެ.

މީގެ ދެ މަސް ކުރިން ޖުލައި މަހު ވެސް ހަމަ އެ ސަރަހައްދުން ވަނީ، މަސް އެކްސްޕޯޓް ކުރާ ކުންފުންޏެއް ކަމަށްވާ އެންސިސްގެ 2.7 މިލިއަން ރުފިޔާ ބަޔަކު ފޭރިގަނެފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ ތިން ވަނަ ދުވަހު ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.