Roadha Mihaaru
އައްޑޫގައި އެކްސިޑެންޓްވި ޒުވާނަކު އައިސީޔޫގައި

އައްޑޫގައި އެކްސިޑެންޓްވި ޒުވާނަކަށް އައިސީޔޫގައި ފަރުވާ ދެނީ

18 މާޗް 2017

މިއަދު މެންދުރު ފަހު މަރަދޫ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި، ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއަދު މެންދުރު ފަހު މަރަދޫ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި، ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވި 29 އަހަރުގެ ހިތަދޫ ޒުވާނާގެ ބޯ ފަޅައިގެން ގޮސް، ސިކުނޑި އަށް ވެސް ވެސް ލޭ އެޅިފައިވެ އެވެ. އޭނާ ސައިކަލުން ވެއްޓި ބިންމަތީގައި ބޯ ޖެހި، ބޯ ފަޅައިގެން ގޮސް ގިނަ އަދަދަކަށް މަގުމައްޗަށް ލޭ ވެސް ފައިބައިފައިވެ އެވެ.

އޭނާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު، މިކަމާ ބެހޭ ގޮތުން އަދި ހޮސްޕިޓަލްގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެ ވެއްޓިގެންނެވެ.