Roadha Mihaaru
އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

އައްޑޫގައި ސައިކަލެއް ކަހާލައިގެން ވެއްޓި މީހަކު މަރުވެއްޖެ

29 އޯގަސްޓް 2017

އައްޑޫ މަރަދޫގައި މިރޭ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި މީހަކު މަރުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައްޑޫ މަރަދޫގައި މިރޭ ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި މީހަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި މަރުވީ މަރަދޫ ވަލިގޭ، މުހައްމަދު ހަނީފެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ސްޕީޑް ބްރޭކަރު މަތިން ކަހާލުމުގެ ސަބަބުން ކަމަށާއި އެ ހާދިސާގައި މަރުވީ ސައިކަލު ދުއްވަން އިން މީހާ ކަމަށެވެ. ސައިކަލުގައި އެ ވަގުތު އިނީ ވެސް އަލީ އެކަންޏެވެ.

"1000 ބީސީ" ރެސްޓޯރަންޓް ކުރިމަތީ ހިނގި މި ހާދިސާގައި އަލީގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އޭނާ މަރުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.

މަގުމަތީގެ އެކްސިޑެންޓްތަކުގައި އައްޑޫން ގިނަ ބަޔަކު މަރުވެފައި ވާއިރު އެންމެ ގިނަ އެކްސިޑެންޓްތައް ހިނގަނީ ލިންކު ރޯޑުގަ އެވެ.