މަސްތުވާތަކެތީގެ ފަރުވާއަށް ގާއިމްކޮށްފައިވާ ތިން ރިމާންޑް ސެންޓަރު، އިތުރު ފަރުވާތަކަކާ އެކު މިދިޔަ ހޮނިހިރުދުވަހު ހުޅުވައިފި އެވެ.
20 މެއި 2025
މަސްތުވާތަކެތީގެ ފަރުވާއަށް ގާއިމްކޮށްފައިވާ ތިން ރިމާންޑް ސެންޓަރު، އިތުރު ފަރުވާތަކަކާ އެކު މިދިޔަ ހޮނިހިރުދުވަހު ހުޅުވައިފި އެވެ.
އެ ހިދުމަތް އަލަށް ދޭން ފަށާފައި ވަނީ އައްޑު އާއި ފުވައްމުލަކާއި ގދ. ތިނަދޫގައި ހުންނަ ޑީޓޮކްސް ފެސިލިޓީގަ އެވެ.
- ގދ. ތިނަދޫ: ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރީހެބިލިޓޭޝަން
- ޏ. ފުވައްމުލައް: ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރީހެބިލިޓޭޝަން
- ސ. ހިތަދޫ: ވިލުނު ސެންޓަރު
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނީ ކުރިން އެ ތަންތަނުން ދެމުން ދިޔައީ ހަމައެކަނި ޑިޓޮކްސް އަދި ކޮމިޔުނިޓީ ޓްރީޓްމެންޓް ކަމަށެވެ. ނަމަވެސް އެ ތަންތަނުން މިހާރު ރިމާންޑް ސާވިސް ވެސް ލިބޭނެ ކަމަށް އެންޑީއޭން ބުންޏެވެ.
އެންޑީއޭ އިން ފަރުވާދެނީ ރެސިޑެންޝަލް އާއި ނޮން ރެސިޑެންޝަލް ފަރުވާ އެވެ. އޭގެ ތެރެއިން ރެސިޑެންޝަލް ފަރުވާގެ ތެރޭގައި ހިމެނެނީ ކ. ހިންމަފުށީގައި ހުންނަ ތެރަޕިއުޓިކް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއި ރެސިޑެންޝަލް ޑީޓޮކްސް އާއި ސެމީ ރެސިޑެންޝަލް ފެސިލިޓީ އާއި ރިމާންޑް ސެންޓަރެވެ.
މުޅި ރާއްޖޭގައި ޑްރަގު ފަރުވާ ދޭން ހަދާފައިވާ ތަންތަނުގެ ބެޑް ކެޕޭސިޓީއަކީ 350 އެވެ.
ޑްރަގް ރިމާންޑު ސެންޓަރު ބޭނުން ނުކުރެވޭތީ ކަންބޮޑުވަނީ
އެންމެ ސުވާލެއް: އެންޑީއޭއަށް ކުރެވެނީ ކީއް؟
ޑްރަގު ބޭނުންކުރި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލަ ފެންމަތިވެއްޖެ
ޕާޓީ ޑްރަގުން ފުރާނައަށް ނުރައްކާވޭ: އެންޑީއޭ
އެޑިކްޝަން ކައުންސިލަރުން ތަމްރީނުކުރަން ފަށަނީ
ސަލާންޖަހަން އުޅޭ 47 މީހަކު ފަރުވާއަށް ގެންގޮސްފި
ސަލާންޖަހާ މީހުން ފަރުވާ އަށް ބަންދުކުރަނީ
ކޮމިއުނިޓީ ފަރުވާއިން އެދެވޭ ނަތީޖާއެއް ނާދޭ: ރާޝިދު