ގޫގުލް "އައިއޯ" ކޮންފަރެންސް ފެށެން މަދު ދުވަސްކޮޅަކަށް ވެއްޖެ އެވެ. އަހަރުގެ މި ހިސާބުގައި، ކޮންމެ އަހަރަކު ވެސް ގޫގުލް "އައިއޯ" ކޮންފަރެންސް އޮވެ އެވެ. ބޭނުމަކީ ޑިވެލޮޕަރުންނަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކައި، މަޝްވަރާކުރުމެވެ. ގޫގުލްގެ އުފެއްދުންތައް ތަރައްގީކުރުމަށް ޑިވެލޮަޕަރުންނަށް ފަސޭހަކޮށްދިނުމެވެ.
19 މާޗް 2017
ގޫގުލް "އައިއޯ" ކޮންފަރެންސް ފެށެން މަދު ދުވަސްކޮޅަކަށް ވެއްޖެ އެވެ. އަހަރުގެ މި ހިސާބުގައި، ކޮންމެ އަހަރަކު ވެސް ގޫގުލް "އައިއޯ" ކޮންފަރެންސް އޮވެ އެވެ. ބޭނުމަކީ ޑިވެލޮޕަރުންނަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކައި، މަޝްވަރާކުރުމެވެ. ގޫގުލްގެ އުފެއްދުންތައް ތަރައްގީކުރުމަށް ޑިވެލޮަޕަރުންނަށް ފަސޭހަކޮށްދިނުމެވެ.
"އައިއޯ" ސަމިޓް ޑިވެލޮޕަރުންނަށް ޚާއްސަ ނަމަވެސް، ސްމާޓް އިލެކްޓްރޯނިކްސް ބޭނުންކުރާ މީހުންނަށް ވެސް އެ ކޮންފަރެންސް މުހިންމު ވެ އެވެ. ބޭނުންކުރާ މީހުންނާ ގުޅުން ހުރި ގިނަ އުފެއްދުންތަކެއް ތަރައްގީވެ، އާންމުވާތީ އެވެ. އެ ގޮތުގައި މި ފަހަރު ގިނަ މީހުން ކަނުލައި އަޑުއަހަން ބޭނުން ވާނެ ކަމާށް ބެލެވެނީ "އެންޑްރޮއިޑް އޯ"އާ ބެހޭ ގޮތުން ހުރި ވާހަކަތަކެވެ.
އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގައި ދެން އޮތީ "އެންޑްރޮއިޑް އޯ" އެވެ. އޯ އަކީ "އޯރިއޯ" ކަމަށް ވެސް ވެދާނެ އެވެ. އޮރެންޖް، އޯޓްކޭކް ނުވަތަ "ބޮޅެއް" ގޮތުގަައި ދެ އިނގިލި ޖައްސައި ރަމްޒުކުރާ "އޯ" އަށް ވެސް ވެދާނެ އެވެ.
އެންޑްރޮއިޑް "އޯ" ބޯމަތިވެފައި ވާ ކަމަށް ބުނެވޭއިރު، އެންޑްރޮއިޑް "އެން" ނުވަތަ އެންޑްރޮއިޑް "ނޫގެޓް"ގެ ރަހަ ބަލާލެވޭ ވަރު އަހަރެމެންނަކަށް އަދި ނުވެ އެވެ. އެ އަޕްޑޭޓް ގިނަ މީހުންގެ ފޯނުތަކަށް އަދި ނާދެ އެވެ. އެކަމަކު ވެސް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގައި އެންޑްރޮއިޑް "އޯ" ކިޔާ އެއްޗެއް އުޅުކަން ހަނދާން ބަހައްޓަން ޖެހެ އެވެ.
ގޫގުލުން އެންޑްއިޑް ތަރައްގީކުރަނީ އަބަދު ވެސް ކުރި އަށް އޮންނަ އަދަދަށް ކޯޑު ނަމެއް ދީގެންނެވެ. އެ އަދަދެއް ފައިނަލްކޮށް އާންމުކުރާ ހިސާބުން ރަސްމީ ނަމެއް ކިޔަ އެވެ. އެހެންކަމުން "އޯ" އަކީ "އޯރިއޯ" ކަމަށް ނުވުމަކީ ވެސް އޮތް ފުރުސަތެކެވެ. އެކަމަކު ވެސް އެންޑްރޮއިޑްގެ ކޮންމެ އަދަދަކަށް ވެސް ފޮނި ކާއެއްޗެއްގެ ނަމުން ނަން ދޭކަން ހަނދާނުގައި ބަހައްޓާލުން ރަނގަޅުވާނެ އެވެ.
އެންޑްރޮއިޑް "އޯ" އަށް ގެންނާނެ ބަދަލުތަކާ ބެހޭ ގޮތުން ވެސް ވާހަކަ އެބަ ދެކެވެ އެވެ. ތުންތުންމަތިން ދެކެވޭ ވާހަކައިގައި ފެންވަރެއް ހުރި ނަމަ، އެންޑްރޮއިޑް "އޯ" ފައިނަލް ވާއިރު އެންމެ ބޮޑު ތަފާތެއް ފެންނާނީ "ނޮޓިފިކޭޝަން" އައިކަން ތަކުނެނެވެ. ވިޔަފާރި މުއާމަލާތްތަކުގައި އެންޑްރޮއިޑްގެ ދައުރު ފުޅާކުރުމަކީ ވެސް އެޖެންޑާގައި އޮތް ކަމެކެވެ. އެ ކަމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ވެސް އެންޑްރޮއިޑް "އޯ" އަށް ގެންނާނެ ކަމަށް ބުނެވެ އެވެ.
އެހެން ނަމަވެސް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ އަދި އިހަށް މަޑުކޮށްލުމެވެ. "އައިއޯ" ސަމިޓް ހިނގައި ދަންދެންނެވެ.
ޕިކްސެލް 4 އެކްސްއެލްގެ ފަހަތު ކަވަރު ނެއްޓެނީ
ގޫގުލް ޕްލޭ ސްޓޯރުގެ ނުފޫޒު ނައްތާލަން ތެދުވެއްޖެ
ގޫގުލް އެޕްތައް ދެން ބޭނުމެއް ނުކުރާނަން: ވާވޭ
ވަންޕްލަސް ފޯނުތަކަށް އެންޑްރޮއިޑް 10 ރިލީޒްކޮށްފި
ޕިކްސެލް ޑިވައިސްތަކަށް އެންޑްރޮއިޑް 10 ލޯންޗްކޮށްފި
ޔޫރަޕިއަން ޔޫނިއަނުން ގޫގުލް އަށް އިންޒާރުދީފި
އެންޑްރޮއިޑް އޯ: އަމިއްލަ އަށް ގެއްލޭ ނޮޓިފިކޭޝަންތައް
ގޫގުލްގެ "ލޮކްޑް ފޯލްޑާ" ޕިކްސެލް ނޫން ފޯނުތަކަށް
ޕިކްސެލް 6 ސީރީޒް އެންޑްރޮއިޑް 12 އާ އެކު
ދެކުނު ކޮރެއާ އިން ގޫގުލް އަށް ބޮޑު ޖޫރިމަނާއެއް