"އެންޑްރޮއިޑް ކިޔޫ"ގެ ނަމުގައި ބީޓާ މަރުހަލާތަކަކަށް ފަހު، އެންޑްރޮއިޑް 10 އާންމުކޮށްފި އެވެ. ތިޔަ ކިޔުނީ ރަނގަޅަށެވެ. އެންޑްރޮއިޑް 10 އެވެ. މި ފަހަރު ކޭކެއް، ޗޮކްލެޓެއް ނުވަތަ މެޓައެއްގެ ނަމެއް ނެތެވެ. އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ އަދަދުތަކަށް ނަންކިޔަމުން އައި ސަގާފަތް ގޫގުލް އިން ވަނީ އުވާލައިފަ އެވެ.
05 ސެޕްޓެމްބަރ 2019

އެންޑްރޮއިޑް 10 އެންމެ ފުރަތަމަ ލިބޭނީ ގޫގުލްގެ ޕިކްސެލް ޑިވައިސްތަކަށެވެ. އެއާ ވިދިގެން އެސެންޝަލް ފޯނަށް ވެސް ލަސްތަކެއް ނުވެ އެންޑްރޮއިޑް 10 ލިބޭނެ އެވެ. މިއީ އެންޑްރޮއިޑް 10 އެންމެ ފުރަތަމަ ލިބޭނެ ޑިވައިސްތަކެވެ.
ގޫގުލްގެ ޕިކްސެލް ފޯނެއް ގެންގުޅޭ ނަމަ، އިރުއިރުކޮޅާ ފޯނުގެ ނޮޓިފިކޭޝަން ފަރުދާ އަށް ބަލަބަލާ ތިބޭށެވެ. އެންޑްރޮއިޑް 10 އެންމެ ފުރަތަމަ ލިބޭ ފޯނަކީ ތިޔައީ ކަމަށް ވެސް ވެދާނެ އެވެ. ސެމްސަންގް، ވާވޭ އަދި ސްމާޓްފޯން މާކެޓްގެ ބާރުތަކަށް އެންޑްރޮއިޑް 10 ލިބޭނެ ދުވަހެއް އަދި ނޭނގެ އެވެ.
އެންޑްރޮއިޑް 10އާ ބެހޭ ގޮތުން ބުނެވެނީ، ގޫގުލުން ވަނީ އެންޑްރޮއިޑް މުޅިން ބަދަލުކޮށްލާފައި ކަމަށެވެ. މި ފަހަރު އެންމެ ބޮޑަށް ފާހަގަކުރެވޭ ފީޗާ އަކީ "ގޫގުލް ޕްލޭ ސިސްޓަމް އަޕްޑޭޓްސް" ކަމަށް ބުނެވެ އެވެ. މިއީ މޮބައިލް އޮޕަރޭޓަރެއްގެ އެހީތެރިކަމެއް ނެތި، އެންޑްރޮއިޑް ފޯނުތަކަށް "ސެކިޔުރިޓީ ޕެޗް"ތައް ފޮނުވަން ގޫގުލްއިން ފަހިކޮށްފައި އޮތް މަގެކެވެ.
ޕިކްސެލް 4 އެކްސްއެލްގެ ފަހަތު ކަވަރު ނެއްޓެނީ
ގޫގުލް ޕްލޭ ސްޓޯރުގެ ނުފޫޒު ނައްތާލަން ތެދުވެއްޖެ
ގޫގުލް އެޕްތައް ދެން ބޭނުމެއް ނުކުރާނަން: ވާވޭ
ވަންޕްލަސް ފޯނުތަކަށް އެންޑްރޮއިޑް 10 ރިލީޒްކޮށްފި
ޔޫރަޕިއަން ޔޫނިއަނުން ގޫގުލް އަށް އިންޒާރުދީފި
ގޫގުލް އެސިސްޓެންޓް އައިފޯނަށް
އެންޑްރޮއިޑް އޯ: އަމިއްލަ އަށް ގެއްލޭ ނޮޓިފިކޭޝަންތައް
އެންޑްރޮއިޑަށް އެހެން ރަހައެއް
ގޫގުލްގެ "ލޮކްޑް ފޯލްޑާ" ޕިކްސެލް ނޫން ފޯނުތަކަށް
ޕިކްސެލް 6 ސީރީޒް އެންޑްރޮއިޑް 12 އާ އެކު