އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމުން ހިންގާ ފޯނުތައް މާކެޓަށް ނެރުމުގެ ކުރިން، "ގޫގުލް ކްރޯމް" އަދި "ގޫގުލް ސާޗް" އަޅަން، ގޫގުލް އަށް މަޖުބޫރުނުކުރެވޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފި އެވެ. ގޫގުލް އިން އެ ގޮތަށް ކަންތައްކުރާ ނަމަ އެކަން އެ ގޮތަށް ކުރަން ދޫކޮށްނުލެވޭނެ ކަމަށް އިޔޫ އިން ވަނީ ބުނެފަ އެވެ.
12 ޖުލައި 2018
އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމުން ހިންގާ ފޯނުތައް މާކެޓަށް ނެރުމުގެ ކުރިން، "ގޫގުލް ކްރޯމް" އަދި "ގޫގުލް ސާޗް" އަޅަން، ގޫގުލް އަށް މަޖުބޫރުނުކުރެވޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފި އެވެ. ގޫގުލް އިން އެ ގޮތަށް ކަންތައްކުރާ ނަމަ އެކަން އެ ގޮތަށް ކުރަން ދޫކޮށްނުލެވޭނެ ކަމަށް އިޔޫ އިން ވަނީ ބުނެފަ އެވެ.
އެންޑްރޮއިޑް ފޯނުތަކުގައި "ގޫގުލް ޕްލޭ ސްޓޯ" ފުރިހަމަ އަށް ހިންގުމަށްޓަކައި، "ގޫގުލް ކްރޯމް" އަދި "ގޫގުލް ސާޗް" ފޯނުތަކަށް އަޅައި، އެއިން ކޮންމެ އެޕްލިކޭޝަނަކީ "ޑިފޯލްޓް" އެޕަކަށް ހަދަން ގޫގުލް މަޖުބޫރުކުރެ އެވެ. އެ ނޫން ގޮތެއްގައި ގޫގުލް ޕްލޭ ސްޓޯ އަށް ވަދެވޭ ގޮތެއް ނުވެ އެވެ.
ގޫގުލް އިން އަމިއްލަ ބްރައުޒާއެއް އަދި އަމިއްލަ ސާޗް އިންޖީނެއް ގެންގުޅުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ގޫގުލް އަށް ވާނެ ކަމަށް ދެކޭ ކަމަށް ބުނަމުން އީޔޫ އިން ބުނީ، މިނިވަން ވިޔަފާރީގައި، ވާދަވެރިންނަށް ނެތް މިންވަރަށް އަމިއްލަ އުފެއްދުންތަކަކަށް ވެސް ނުފޫޒުފޯރުވިގެން ނުވާނެ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން އަކީ ގޫގުލް އަށް ވަރަށް ބީރައްޓެހި އަދި އުނދަގޫ މާހައުލެކެވެ. އެ ގައުމުތަކުގައި ހިންދެމިލައިގެން ވިޔަފާރިކުރުން ގޫގުލް އަށް ވެފައި ވަނީ، ކިނބޫ ކޯރެއްގައި ފެތުމަށް ވުރެ ވެސް އުނދަގޫ އަދި ބިރުބޮޑު ކަމަކަށެވެ. ވާދަވެރިން ތަފާތުކުރާ ކަމަށް ބުނެ، އިޔޫ އިން 2016 ގައި 2.4 ބިލިއަން ޑޮލަރުން ގޫގުލް ޖޫރިމަނާ ވެސް ކުރި އެވެ.
ގޫގުލް އަށް މިހާރު އޮތް ގޮތަކީ ވާދަވެރިންނަށް ފަސޭހަކޮށްދިނުމެވެ. އަމިއްލަ ފައިދާ އަށް ވަކި އުސޫލުތަކެއް މަޖުބޫރުނުކޮށް، އެންޑްރޮއިޑް ސްމާޓްފޯނުތަކުގައި، އިންޓަނެޓް ޚިދުމަތްތައް ބޭނުންކުރެވޭނެ ހަރުދަނާ އުސޫލެއް އަމިއްލަ އިޚުތިޔާރުގައި ގާއިމުނުކޮށްފި ނަމަ، ގޫގުލްގެ މައްޗަށް އެކަން މަޖުބޫރުކޮށްފާނެ ކަމަށް ވެސް ބެލެެވެ އެވެ.
ޕިކްސެލް 4 އެކްސްއެލްގެ ފަހަތު ކަވަރު ނެއްޓެނީ
ޕްރައިވެޓް ބްރައުޒިން އަކީ ފޭކެއް ކަމަށް ބުނެ ދައުވާ
ގޫގުލް "އައިއޯ ކޮންފަރެންސް" މި އަހަރު ނުބާއްވާނެ
ގޫގުލް ޕްލޭ ސްޓޯރުގެ ނުފޫޒު ނައްތާލަން ތެދުވެއްޖެ
ގޫގުލް އެޕްތައް ދެން ބޭނުމެއް ނުކުރާނަން: ވާވޭ
ވަންޕްލަސް ފޯނުތަކަށް އެންޑްރޮއިޑް 10 ރިލީޒްކޮށްފި
ޕިކްސެލް ޑިވައިސްތަކަށް އެންޑްރޮއިޑް 10 ލޯންޗްކޮށްފި
ގޫގުލް އެސިސްޓެންޓް، އެންޑްރޮއިޑް ކްރޯމް އަށް
ގޫގުލް ޗިޕް ޑިޒައިންކުރަނާނެ މީހުން ހޯދަނީ
އީޔޫއާ ހެދި އެންޑްރޮއިޑަށް އަގުނަގަން ޖެހިދާނެ