ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގު ބާސޫގެ އާ ފިލްމު "މެޓްރޯ އިން ދިނޯ"ގެ ފަސްޓް ލުކް އިއްޔެ އާންމުކޮށްފި އެވެ.
ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގު ބާސޫގެ އާ ފިލްމު "މެޓްރޯ އިން ދިނޯ"ގެ ފަސްޓް ލުކް އިއްޔެ އާންމުކޮށްފި އެވެ.
އެއް މިނެޓާއި 13 ސިކުންތުގެ ކުރު ފަސްޓް ލުކް ޓީޒާއާ އެކު ވަނީ އެ ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފަ އެވެ. އެ ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ފަސްޓް ލުކް ޓީޒާގައި ވަނީ މި އެންތޮލޮޖީ ފިލްމުގައި މުހިންމު ރޯލުތައް ކުޅޭ އަދިތިޔަ ރޯއީ ކަޕޫރް، ސާރާ އަލީ ޚާން، އަނުޕާމް ކޭރު، ނީނާ ގުޕްތާ، ޕަންކަޖު ތުރިޕާޓީ، ކޮންކޮނާ ސެންޝަރުމާ، އަލީ ފަޒާލް އަދި ފާތިމާ ސަނާ ޝެއިހްގެ ބައެއް މަންޒަރުތައް ހިމަނައިފަ އެވެ.
އަނޫރާޖްއާ އެކު މި ފިލްމު ޑައިރެކްޓުކުރަނީ އޭނާގެ އަންހެނުން ތާނީ ބާސޫ އެވެ.
"މެޓްރޯ އިން ދިނޯ" އަކީ އަނޫރާގު 2007 ވަނަ އަހަރު ގެނެސްދިން "ލައިފް އިން މެޓްރޯ"ގެ ސްޕިން އޮފް އެންތޮލޮޖީ ފިލްމެކެވެ.
މި ފިލްމުގެ މަސައްކަތްތައް ކުރަމުން އަންނަތާ ވެސް މިހާރު ހައެއްކަ އަހަރު ވެއްޖެ އެވެ. ނަމަވެސް، ފިލްމުގެ ޝޫޓިން ފެށީ މީގެ ތިން އަހަރު ކުރިންނެވެ.
މި ފިލްމު އިއުލާންކުރި ދުވަހު އަނޫރާގު ބުނެފައި ވަނީ ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފަހަރު ވެސް ގެނެސްދޭނީ އާންމުންނާ ވަރަށް ގުޅޭ ވާހަކަތަކެއް ކަމަށެވެ. އަދި އެ ފިލްމާ އެއްގޮތަށް ރީތި ލަވަތަކެއް ގެނެސްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ފިލްމަށް ވެސް މިއުޒިކް ޕްރޮޑިއުސްކޮށްދެނީ ފުރަތަމަ ފިލްމުގައި ވެސް އެ މަސައްކަތް ކުރި މިއުޒިކް ކޮމްޕޯސަރު ޕްރީތަމް އެވެ.
މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާ އާއި އޭނާގެ އަންހެނުން އަދި އިންޑިއާގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޓީ-ސީރީޒްގެ ވެރިޔާ ކްރިޝަން ކުމާރް އާއި މެނޭޖިން ޑައިރެކްޓަރު ބުޝަން ކުމާރެވެ.
އަނޫރާގުގެ "މެޓްރޯ އިން ދިނޯ" މި އަހަރު ގެނެސްދެނީ
ސާރާއަށް އެކްޓުކުރަން ނޭނގޭ ކަމަށް ބުނެ ފާޑުކިޔަނީ
ކަރިޝްމާގެ ފިލްމު އަންނަ މަހު ނެޓްފްލިކްސް އަށް
"މެޓްރޯ އިން ދިނޯ" އަންނަ އަހަރަށް ފަސްކޮށްފި
ރަންވީރުގެ އާ ފިލްމު ރިލީޒްކުރުން ހުއްޓުވަން ކޯޓަށް
ދަރޭ ނެތަސް "އަޕްނޭ 2" ގެނެސްދޭނެ: ޕްރޮޑިއުސަރު
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަންދީޕާއި ޝްރައްދާ އެކުގައި ފިލްމެއް ކުޅެނީ
އަނުޝްކާގެ ކްރިކެޓް ފިލްމު ރިލީޒްކުރަނީ؟
ޝާހުގެ "ކިންގް"ގެ ފުރަތަމަ ޓީޒާ ނެރެފި