ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގު ބާސޫގެ އާ ފިލްމު "މެޓްރޯ އިން ދިނޯ" މި އަހަރު ސިނަމާއަށް ގެންނަން ނިންމައިފި އެވެ.
ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގު ބާސޫގެ އާ ފިލްމު "މެޓްރޯ އިން ދިނޯ" މި އަހަރު ސިނަމާއަށް ގެންނަން ނިންމައިފި އެވެ.
އެ ފިލްމުގެ ޓިމާ ހަވާލާދީ ބައެއް ނޫސްތަކުން ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ.
"މެޓްރޯ އިން ދިނޯ" މި އަހަރު ރިލީޒްކުރާނެ ކަމާ މެދުގައި ސުވާލު އުފެދުނީ އެ ފިލްމުގެ ކުރިން އަނޫރާގުގެ އެހެން ފިލްމެއް އަންނަ އޮކްޓޯބަރު މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކަމަށް އަޑުތައް ފެތުރުމުންނެވެ. އަދި ނަން ހާމަކޮށްފައި ނުވާ އެ ފިލްމަކީ ކާތިކް އަރްޔަން އާއި ސްރީލީލާ ލީޑު ރޯލު ކުޅޭ ފިލްމެކެވެ.
"މެޓްރޯ އިން ދިނޯ" ރިލީޒްކުރާ ސީދާ ތާރީހެއް އަދި އިއުލާން ނުކުރާއިރު، ފިލްމުގެ މަސައްކަތްތައް ކުރަމުން އަންނަތާ ވެސް މިހާރު ހައެއްކަ އަހަރު ވެއްޖެ އެވެ. ނަމަވެސް، އެ ފިލްމުގެ ޝޫޓިން ފެށީ މީގެ ދެ އަހަރު ކުރިންނެވެ. އަދި އެ ފިލްމު ރިލީޒްކުރާނެ ތާރީހުތައް އެކި ފަހަރު މަތިން އިއުލާންކުރުމަށް ފަހު ވަނީ ފަސްކޮށްފަ އެވެ.
"މެޓްރޯ އިން ދިނޯ" އަކީ އަނޫރާގު 2007 ވަނަ އަހަރު ގެނެސްދިން "ލައިފް އިން މެޓްރޯ"ގެ ސްޕިން އޮފް އެންތޮލޮޖީ ފިލްމެކެވެ.
ބޮޑު ސްޓާ ކާސްޓެއް ހިމެނޭ މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ އަދިތިޔަ ރޯއީ ކަޕޫރު، ސާރާ އަލީ ހާން، އަނުޕާމް ކޭރު، ނީނާ ގުޕްތާ، ޕަންކަޖު ތުރިޕާޓީ، ކޮންކޮނާ ސެންޝަރުމާ، އަލީ ފަޒާލް އަދި ފާތިމާ ސަނާ ޝެއިހް އެވެ.
މި ފިލްމު އިއުލާންކުރި ދުވަހު އަނޫރާގު ބުނީ ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފަހަރު ވެސް ގެނެސްދޭނީ އާންމުންނާ ވަރަށް ގުޅޭ ވާހަކަތަކެއް ކަމަށެވެ. އަދި އެ ފިލްމާ އެއްގޮތަށް ރީތި ލަވަތަކެއް ގެނެސްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ފިލްމަށް ވެސް މިއުޒިކް ޕްރޮޑިއުސްކޮށްދެނީ ފުރަތަމަ ފިލްމުގައި ވެސް އެ މަސައްކަތް ކުރި މިއުޒިކް ކޮމްޕޯސަރު ޕްރީތަމް އެވެ.
އަނޫރާގު ޑައިރެކްޓުކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާ އާއި އިންޑިއާގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޓީ-ސީރީޒްގެ މެނޭޖިން ޑައިރެކްޓަރު ބުޝަން ކުމާރެވެ.
ސާރާއަށް އެކްޓުކުރަން ނޭނގޭ ކަމަށް ބުނެ ފާޑުކިޔަނީ
ކަރިޝްމާގެ ފިލްމު އަންނަ މަހު ނެޓްފްލިކްސް އަށް
"މެޓްރޯ އިން ދިނޯ" އަންނަ އަހަރަށް ފަސްކޮށްފި
އަނުޕާމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކު
"މޭ ހޫ ނާ"ގެ ސީކުއެލްއެއްގެ މަސައްކަތް ފަށައިފި
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
"ސިތާރޭ ޒަމީން ޕަރު" ރިލީޒްކުރަނީ ޑިސެމްބަރުގައި
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟
ވިކީ އާއި އަނަންޔާއާ އެކު "ގަލީ ބޯއީ"ގެ ސީކުއެލްއެއް