ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގު ބާސޫ 2007 ވަނަ އަހަރު ގެނެސްދިން "ލައިފް އިން މެޓްރޯ"ގެ ސްޕިން އޮފް އެންތޮލޮޖީ ފިލްމު "މެޓްރޯ އިން ދިނޯ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގު ބާސޫ 2007 ވަނަ އަހަރު ގެނެސްދިން "ލައިފް އިން މެޓްރޯ"ގެ ސްޕިން އޮފް އެންތޮލޮޖީ ފިލްމު "މެޓްރޯ އިން ދިނޯ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
އެ ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރާ ގޮތަށް އޮތީ މި އަހަރު ޑިސެމްބަރު 8 ގަ އެވެ. ނަމަވެސް އިއްޔެ އިއުލާންކުރި ގޮތުގައި، މި ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ އަހަރު މާޗު 24 ގަ އެވެ.
ފިލްމު އަޅުވާ ތާރީހު ފަސްކުރަން ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ.
ބޮޑު ސްޓާ ކާސްޓެއް ހިމެނޭ މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ އަދިތިޔަ ރޯއީ ކަޕޫރު، ސާރާ އަލީ ހާން، އަނުޕާމް ކޭރު، ނީނާ ގުޕްތާ، ޕަންކަޖު ތުރިޕާޓީ، ކޮންކޮނާ ސެންޝަރުމާ، އަލީ ފަޒާލް އަދި ފާތިމާ ސަނާ ޝެއިހް އެވެ.
އަނޫރާގު ޑައިރެކްޓުކުރާ މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާ އާއި އިންޑިއާގެ މަޝްހޫރު ޕްރޮޑިއުސަރު ބުޝަން ކުމާރެވެ.
މި ފިލްމު އިއުލާންކުރި ދުވަހު އަނޫރާގު ބުނީ ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފަހަރު ވެސް ގެނެސްދޭނީ އާންމުންނާ ވަރަށް ގުޅޭ ވާހަކަތަކެއް ކަމަށެވެ. އަދި އެ ފިލްމާ އެއްގޮތަށް ރީތި ލަވަތަކެއް ގެނެސްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.
މި ފިލްމަށް ވެސް މިއުޒިކް ޕްރޮޑިއުސްކޮށްދެނީ ފުރަތަމަ ފިލްމުގައި ވެސް އެ މަސައްކަތް ކުރި މިއުޒިކް ކޮމްޕޯސަރު ޕްރީތަމް އެވެ.
"މެޓްރޯ އިން ދިނޯ"ގެ ފަސްޓް ލުކް ދައްކާލައިފި
އަނޫރާގުގެ "މެޓްރޯ އިން ދިނޯ" މި އަހަރު ގެނެސްދެނީ
ދަނުޝް އާއި ކްރިތީގެ ފިލްމަށް 100 ކްރޯޑް ރުޕީސް
އެކްޝޭގެ ކޮއްކޮގެ ދަރިފުޅު ވެސް ބޮލީވުޑަށް
ރަންވީރުގެ "ދުރަންދަރު" ރިލީޒްކުރުމުގެ ހުއްދަ ދީފި
ދަނުޝް އާއި ކްރިތީގެ ފިލްމަށް ރަނގަޅު ފެށުމެއް
ރަންވީރުގެ އާ ފިލްމު ރިލީޒްކުރުން ހުއްޓުވަން ކޯޓަށް
ދަރޭ ނެތަސް "އަޕްނޭ 2" ގެނެސްދޭނެ: ޕްރޮޑިއުސަރު
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަންދީޕާއި ޝްރައްދާ އެކުގައި ފިލްމެއް ކުޅެނީ