މާފުށީ ކައުންސިލް އިދާރާ އަށް 2022 ވަނަ އަހަރު ލިބުނު އާމްދަނީގެ ހިސާބުތަށް ސައްހަ ނޫން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
25 މެއި 2025
މާފުށީ ކައުންސިލް އިދާރާ އަށް 2022 ވަނަ އަހަރު ލިބުނު އާމްދަނީގެ ހިސާބުތަށް ސައްހަ ނޫން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
އެ އޮފީހުން އާންމު ކޮށްފައިވާ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މާފުށީ ކައުންސިލުން 2022 ވަނަ އަހަރު ލިބުނު ފައިސާގެ ގޮތުގައި 14 މިލިއަން ރުފިޔާ ހިމަނާފައި ވެ އެވެ. ލޯކަލް ގަވަންމެންޓް އޮތޯރިޓީން ކައުންސިލްތަކަށް އަންގާފައިވަނީ ކައުންސިލް އިދާރާތަކުގެ ހުރިހާ ފައިސާއެއް ޖަމާކުރަން ޖެހެނީ "ވިޔަ މޮޑިއުލް" އަށް ކަމަށް ވިޔަސް އެކަމަކު އެ ކައުންސިލުން އެގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.
ގެސްޓް ހައުސް އާއި ހޮޓާތައް ހިންގުމުގައި ރާއްޖޭގެ އެންމެ ކާމިޔާބު ރަށުގެ ކައުންސިލުން ވިޔަ މޮޑިއުލްގެ އިތުރުން މައިކްރޯސޮފްޓް އެކްސެލްގައި ރެކޯޑު ކޮށްގެން ވެސް ފައިސާ ބަލައިގަނެފައިވެ އެވެ. އަދި ވިޔަ މޮޑިއުލްގެ ރެކޯޑުތައް ދައްކާ ގޮތުން އެ ކައުންސިލުން 2022 ގައި ބަލައި ގަނެފައިވަނީ 141،000ރ. އެވެ. އަދި މައިކްރޯސޮފްޓް އެކްސެލް މެދުވެރިކޮށް 1.6 މިލިއަން ބަލައިގަނެފައިވެ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، 1.6 މިލިއަން ރުފިޔާ ޖަމާކުރި ކަމަށް ކައުންސިލްގެ ރެކޯޑުތަކުން ދެއްކި ނަމަވެސް "ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި ވާ އަދަދާ ދެމެދު 12.2 މިލިއަން ރުފިޔާގެ ފަރަގެއް ހުރި ކަމަށެވެ. އެހާ ބޮޑު ފަރަގެއް ފެންނަ އިރު ހިސާބުތައް ރީކޮންސައިލްކޮށް ތަފާތު އައި ސަބަބު ބަޔާންކޮށްފައި ނުވާތީ، އެ ހިސާބުތަކުގެ ސަހައްކަން ކަށަވަރު ނުވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އާމްދަނީގެ އިތުރުން، ހަރަދުތައް ކުރުމުގެ ހިސާބުތަކުގައި ވެސް މައްސަލަތައް ހުރިކަން އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެ އެވެ. މާފުށީ ކައުންސިލްގެ މާލީ ހިސާބުތަކުގައިވާ ގޮތުން 2022 ވަނަ އަހަރު ހަރަދުގެ ގޮތުގައި 10 މިލިއަން ރުފިޔާ ރެކޯޑުކޮށްފައި އޮތަސް ވިޔަ މޮޑިއުލްގެ ހިސާބުތަކުން ހަރަދުގެ ގޮތުގައި 14 މިލިއަން ރުފިޔާ އަރަ އެވެ. އެހެންވެ، ކައުންސިލްގެ ހަރަދުތަކުގައި 4.2 މިލިއަން ރުފިޔާގެ ފަރަގެއް އެބަހުއްޓެވެ.
އޮޑިޓް އޮފީހުން ބުނީ، ހަރަދުތަކުގެ ހިސާބުތަކުގައި ވެސް ވިޔަ މޮޑިއުލްގައި ހުރި ބައެއް ހަރަދުތަކުގެ މާލީ ބަޔާންތައް ނެތުމުން އެ އަހަރު އެ ކައުންސިލުން ކުރި ހަރަދުތަކުގެ ސައްހަކަން ވެސް ނުބެލޭ ކަމަށެވެ.
މާފުށީ ކައުންސިލްގެ ހިސާބުތަކުން 13 މިލިއަނުގެ ފަރަގު
ސަން ފްރަންޓަށް ބަދަލުގެ ގޮތުގައި ދިނީ ދެގުނަ ބޮޑުކޮށް
ފުވައްމުލަކު ފެނުގެ މައްސަލަ: އޮޑިޓުގައި އެތައް ކަމެއް
"ހަރަދު ކުޑަކުރުން އިބިލީހުގެ ކައިވެންޏަށް ވެއްޖެ"
ވެށި ހިމާޔަތްކުރާ ފަންޑު ބަލަހައްޓާގޮތުން ސުވާލު އުފެދޭ
ގޯސްކޮށް މީހުން ވަކިކުރާނަމަ ފިޔަވަޅު އަޅަންޖެހޭ:އޮޑިޓް
މުވައްޒަފުން ނަގަން އިއުލާނެއް، އިންޓަވިއު ވެސް ނެތް!
ފެނަކައިގެ ޒިންމާ ފިނޭންސާއި ޕީސީބީން ނަގަންޖެހޭ!
ސެންޓާ އެންޓަޕްރައިސަސްގެ މައްސަލަ ޕޮލިހަށް
މަތީ ތައުލީމުގެ ލޯނުގެ 187 މިލިއަން ނުލިބި އެބަހުރި