މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.
25 މެއި 2025
މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.
އެ އިދާރާ އިން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ 1 ގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
އެ އޮޕަރޭޝަންގައި ފުރަތަމަ ފަހަރަށް އިމިގްރޭޝަން އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރި ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު އިމްގްރޭޝަނުން ވަނީ އިމިގްރޭޝަން ވޮޗް އިން ބިދޭސީންނާއި ގުޅޭ ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.
ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ވެސް ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ. ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން އެ މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ.
ދިވެހި ފުލުހުން ވެސް 2022 ވަނަ އަހަރު ވަނީ ބޯޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފަ އެވެ. މުޒާހަރާތަކާއި ބޮޑެތި އޮޕަރޭޝަން ތަކުގައި ފުލުހުން މިހާރު އެ ކެމެރާތައް ބޭނުން ކުރެ އެވެ. ޖަލު އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާފައި ވަނީ 2023 ގަ އެވެ.
25 ދުވަސް ތެރޭ 340 ބިދޭސީން ޑީޕޯޓުކޮށްފިން:ރައީސް
4 މަސްތެރޭ އިމިގްރޭޝަން ވޮޗްއަށް 1،017 މައްސަލަ
ގަވާއިދާ ހިލާފަށް އުޅުނު 14 ބިދޭސީއަކު އިމިގްރޭޝަނަށް
އަރަފާތު ހައްޔަރުކުރީ ސިފަބަދަލުކުރަން ސެލޫނުގައި ހުއްޓާ
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ
ވިސާ ނެތް ބިދޭސީ އަންހެނަކު ސްޕާއަކުން ހައްޔަރުކޮށްފި
ދެ މާރުކޭޓް ރެއިޑްކޮށް ރޭ ވެސް ބިދޭސީން އަތުލައިގަތް!
ހުއްދަ ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވާލަނީ!
ގަވާއިދުން ބޭރުން ވިޔަފާރިކުރާ 24 މީހަކު ޑީޕޯޓުކުރަނީ
ގަވާއިދާ ހިލާފު ވިޔަފާރި ހުއްޓުވަން ބޮޑު އޮޕަރޭޝަނެއް