ހުޅުމާލޭގައި ސީލައިފް އިން ހިންގި ހައުސިން މަޝްރޫއުގެ ފްލެޓްތަކަށް މީހުންގެ އަތުން ނެގި އެޑްވާންސް ފައިސާ އަނބުރާ ދައްކަން ޖެހުނު މައްސަލާގައި އެ ކުންފުނީގެ އަތުން 49 މިލިއަން ރުފިޔާ ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
12 ޖޫން 2025
ހުޅުމާލޭގައި ސީލައިފް އިން ހިންގި ހައުސިން މަޝްރޫއުގެ ފްލެޓްތަކަށް މީހުންގެ އަތުން ނެގި އެޑްވާންސް ފައިސާ އަނބުރާ ދައްކަން ޖެހުނު މައްސަލާގައި އެ ކުންފުނީގެ އަތުން 49 މިލިއަން ރުފިޔާ ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
ސީލައިފް އިން ހަދަން ހަވާލުވި ފްލެޓްތަކުގެ މަސައްކަތް ނުނިމި، އެ ފްލެޓްތަކުގެ ބުކިން ފީ އަދި ޑައުންޕޭމަންޓަށް މީހުން ދެއްކި ފައިސާ ނުލިބޭތީ 203 މީހަކު ސީލައިފް އާއި އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރި އެވެ. އެ ފައިސާ ދައްކަން ޖެހޭ ކަމަށް ސީލައިފް އިން އެއްބަސްވި ނަމަވެސް، ފައިސާ ދައްކައިފައެއް ނުވެ އެވެ.
އޭރު ދައުވާކުރި މީހުންނާއެކު އެޗްޑީސީން ސެޓެލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، 46 މިލިއަން ރުފިޔާ 180 މީހަކަށް އެޗްޑީސީން ދިނެވެ. އަދި މިހާތަނަށް 23 މީހަކަށް އަދިވެސް ފައިސާ ނުދެއްކެ އެވެ. އެހެންވެ، 46 މިލިއަން ރުފިޔާ އާއި 23 މީހުންނަށް ދޫކުރަން ޖެހޭ ދެ މިލިއަން ރުފިޔާ އަދި އިދާރީ ގޮތުންނާއި އެހެން ގޮތްގޮތުން އެކަމާ ގުޅިގެން ހަރަދުކުރަން ޖެހުނު ހަތަރު ލައްކަ ރުފިޔާއާ އެކު ޖުމްލަ 49 މިލިއަން ސީލައިފް އާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ އަތުން ހޯދަން އެޗްޑީސީން ދައުވާކުރި އެވެ.
ނަމަވެސް، އެ ދައުވާއަށް ސީލައިފް އަދި ޑިރެކްޓަރުންގެ ފަރާތުން ޖަވާބެއް ހުށަހަޅާފައެއް ނުވެ އެވެ.
ނަމަވެސް އެޗްޑީސީން ވަނީ އެ މައްސަލަ އަލުން ހުށަހެޅުމުގެ ހައްގު ލިބޭ ގޮތަށް އެ ދައުވާ އަނބުރާ ގެންދަން އެދި ކޯޓަށް ސިޓީއެެއް ފޮނުވައިފަ އެވެ. އެހެންވެ، ކޯޓުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ އެޗްޑީސީން އެދުނު ގޮތަށް ދައުވާ ބާތިލް ކުރުމަށެވެ.
ސީލައިފާއި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެޗްޑީސީން ބާތިލްކުރީ ރަނގަޅަށް ކަމަށާއި އަދި އެޗްޑީސީން ސީލައިފަށް އެކަމާ ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް މިދިޔަ މާޗް މަހު ސިވިލް ކޯޓުން ހުކުމްކުރި އެވެ.
ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ސޮއިކުރީ މާޗު 13، 2014 ގަ އެވެ. ނަމަވެސް، ސީލައިފުން އެ އެއްބަސްވުމާ ހިލާފްވެ އަދި އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ބުނެ އެޗްޑީސީން އެއްބަސްވުން ބާތިލްކުރީ ޑިސެމްބަރު، 2018 ގަ އެވެ.
ސީލައިފްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ ކޮށްފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.
ނުހައްގު ގޯތި ހޯދި ފަޒީލްގެ ބިމެއް މާލޭގައި އޮވޭ
މުއްދަތު ހަމަވިއިރު ވެސް ދެ އެޕާޓްމެންޓް ހުސްނުކުރި!
އެއްކޮށްލި ދެ ފްލެޓް އަތުލުން ހުއްޓުވަން އަމުރު ނުދިން
ހިޔާ ފްލެޓްގެ ކުލީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ލިބޭ ގެއްލުމުގެ ބަދަލު ސީ ލައިފުން ހޯދާނަން: އެޗްޑީސީ
ސީލައިފަށް ދައުވާކުރި މީހުންނަށް ދައުލަތުން ބަދަލުދެނީ
ބަދަލު ހޯދަން ޔުނިވަސިޓީން އެޗްޑީސީ އަށް ދައުވާކޮށްފި
އިންސާފު ހޯދަން ދުވަނީ، 'ބޮޑުން" ތިބީ ފިލައި!
ސީ ލައިފްއާ ދެކޮޅަށް އެޗްޑީސީން ފިޔަވަޅު އެޅި
ސީ ލައިފުން ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަނަށް