ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ސްރީ ލަންކާގެ ދެ މަސްބޯޓެއް ކޯސްޓް ގާޑުން ރޭ ހިފަހައްޓައިފި އެވެ.
23 ޖޫން 2025
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ސްރީ ލަންކާގެ ދެ މަސްބޯޓެއް ކޯސްޓް ގާޑުން ރޭ ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި، ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް ސިފައިންގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ދެ މަސްބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް، އެ ބޯޓުތައް ފެނުނު ސަރަހައްދު ސިފައިން އަދި ނުބުނެ އެވެ. ސިފައިން އާންމުކުރި ފޮޓޯތަކުން އެނގޭ ގޮތުގައި، އެ ދެ މަސްބޯޓު ލޮކޭޓް ކުރަން އެމްއެންޑީއެފުން އަސްކަރީ ޑްރޯން ބޭނުންކޮށްފައިވެ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން ސްރީ ލަންކާގެ ދެ މަސްބޯޓު ޑްރޯން އިން ލޮކޭޓްކޮށްފައި.-- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީފެއުން ބުނީ، އެ ދެ މަސްބޯޓާ މެދުގައި ގާނޫނުގައިވާ ގޮތުގެ މަތިން އަމަލު ކުރުމަށްޓަކައި ފުލުހުންނާ ހަވާލު ކުރުމަށް މިހާރު މާލެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅޭ ބޭރުގެ މަސްބޯޓުތައް ދޭތެރެދޭތެރެއިން ކޯސްޓްގާޑުން ހިފަހައްޓަ އެވެ.
ރާއްޖެ ސަރަހައްދަށް ވަން ލަންކާ ބޯޓެއް އަތުލައިގެންފި
ހާލުގައި ޖެހުނު ލަންކާގެ މަސް ބޯޓަކަށް އެހީތެރިވަނީ
"ދޯސްތީ"ގެ ތަމްރީނުތައް މާދަމާ ރާއްޖޭގައި ފަށަނީ
ގެއްލިގެން އުޅުނު ލަންކާގެ މަސްބޯޓު ހޯދައިފި
ލަންކާއަށް ދިވެހިން ދިން ބޮޑު ހަދިޔާ!
މަސްވެރިކަންކުރަމުން ދިޔަ ލަންކާ ބޯޓެއް އަތުލައިގެންފި
މާފުށިން ވަދާ ދިޔަ ދުވަސްވީ މީހާ ފެނިއްޖެ
ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު ކުޑަ
ފަހުން އަތުލައިގަތް ހަތް މަސް ބޯޓެއް ދޫކޮށްލައިފި
ދާއަޅަން އުޅުނު ލަންކާގެ ބޯޓުތަކެއް ހިފަހައްޓައިފި